12 ފެބުރުއަރީ 2017
ރާއްޖޭގައި ކުށް ސާބިތުވާ މައްސަލަތަކުގެ 97 ޕަސެންޓަކީ ހެއްކާއި ގަރީނާ އަށް ބިނާކޮށްގެން ކުށް ސާބިތު ކުރެވޭ މައްސަލަތައް ކަމަށް އެޓާނީ ޖެނެރަލް މުހައްމަދު އަނިލް މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ކުށް ސާބިތުވާ މައްސަލަތަކުގެ 97 ޕަސެންޓަކީ ހެއްކާއި ގަރީނާ އަށް ބިނާކޮށްގެން ކުށް ސާބިތު ކުރެވޭ މައްސަލަތައް ކަމަށް އެޓާނީ ޖެނެރަލް މުހައްމަދު އަނިލް މިއަދު ވިދާޅުވެއްޖެ އެވެ.
ޖިނާއީ އިޖްރާއާތުގެ ގާނޫނަށް ކަމާ ބެހޭ އިދާރާތައް އަހުލުވެރި ކުރުވަން ބޭއްވި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަނިލް ވިދާޅުވީ މީގެ އަހަރުތަކެއް ކުރިން ރާއްޖޭގައި 97 ޕަސެންޓް މައްސަލައިގައި ކުށް ސާބިތު ކުރެވެނީ ތުހުމަތު ކުރެވޭ މީހުންގެ އަމިއްލަ އިއުތިރާފަށް ބިނާކޮށް ކަމަށެވެ. އޭގެ ސަބަބުން ގިނަ މައްސަލަތަކެއް ދިމާވި ކަމަށާއި، ތަހުގީގު މަރުހަލާގައި މަޖުބޫރު ކުރުވުމާއި ގަދަކަމުން ބަޔާން ހޯދުން ފަދަ ތުހުމަތުތައް އޭރު އިތުރު ވެގެންދިޔަ ކަން އަނިލް ފާހަގަ ކުރެއްވި އެވެ.
"ހަނދުމަފުޅު ހުންނާނެ 2003 ވަނަ އަހަރު ޖަލުގައި ހިނގައިދިޔަ ހާދިސާ. އޭގެ ފަހުން މީހުންނަށް އަނިޔާ ކުރުމުގެ ތުހުމަތުތަކެއް ކުރެވި، ތަހުގީގު މަރުހަލާގައި މިފަދަ ކަންތައްތަކެއް ހިނގާ ކަމަށް ތުހުމަތު ކުރެވުނު،" އަނިލް ވިދާޅުވި އެވެ.
އެކަމަކު މިހާރު 97 ޕަސެންޓް މައްސަލައަކީ ހެއްކާއި ގަރީނާ އަށް ބިނާކޮށްގެން ކުށް ސާބިތުވާ މައްސަލަތައް ކަމަށާއި އެއީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އަނިލް ވިދާޅުވި އެވެ. ހެއްކަށް ބިނާކޮށް ކުށް ސާބިތު ކުރާ ނަމަ ފުލުހުންނާއި ތަހުގީގުކުރާ ފަރާތްތަކުގެ ދައުރު ބޮޑުވެގެންދާ ކަމަށާއި ޖިނާއީ އިޖްރާއާތުގެ ގާނޫނަކީ އެކަމުގެ އުސޫލުތައް ބަޔާންކުރާ ގާނޫނެއް ކަމަށް އަނިލް ވިދާޅުވި އެވެ.
އަނިލް ވިދާޅުވި ގޮތުގައި ޖިނާއީ އިޖްރާއާތުގެ ގާނޫނާ އެކު ފުލުހުންނާއި ތަހުގީގުކުރާ އިދާރާތަކުގެ މަސައްކަތްތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭނެ އެވެ. މިހާރު ވަކި މުއްދަތެއްގެ ތެރޭގައި ތަހުގީގު ނިންމަން ލާޒިމް ނުވިޔަސް، އެ ގާނޫނަށް އަމަލު ކުރަން ފެށުމާ އެކު އެންމެ ބޮޑެތި މައްސަލަތަކުގެ ތަހުގީގު ވެސް ހަތަރު މަސް ތެރޭގައި ނިންމަން ޖެހޭނެ ކަމަށާއި އެކަމަކީ ތަހުގީގުކުރާ ފަރާތްތަކުގެ ކަންބޮޑުވުމަކަށް ވިޔަސް ވިސްނުން ބަދަލުކޮށް، ގާނޫނާ އެއްގޮތަށް ކުރިއަށް ގެންދަން އަނިލް އިލްތިމާސް ކުރެއްވި އެވެ.
"އަޅުގަނޑުމެންގެ މިހާރު ހުރި ވިސްނުން ބަދަލު ކުރަން އެބަޖެހޭ. ކޮންމެ މައްސަލައެއްގައި ކޮންމެ މީހަކީ ހައްޔަރު ކުރަންޖެހޭ މީހެއް ނޫންކަން އަޅުގަނޑުމެން ބަލައިގަންނަންޖެހޭ. މީހަކު ހައްޔަރު ކުރުމާ ހަމަ އަށް ގެންދަން ޖެހޭނީ ތަހުގީގު ކުރެވޭނެ އެންމެ ބޮޑުމިނަކަށް ތަހުގީގު ކުރުމަށް ފަހު ކަން އަޅުގަނޑުމެން ވިސްނާލީމަ އެނގޭ،" އަނިލް ވިދާޅުވި އެވެ.
"މިގޮތަށް ވިސްނުމަށް ނުވަތަ މަސައްކަތަށް ބަދަލުތަކެއް ގެންނަން އެބަޖެހޭ،" އޭނާ ވިދާޅުވި އެވެ.
އޭޖީ އަނިލް ވިދާޅުވި ގޮތުގައި ޖިނާއީ އިޖްރާއާތުގެ ގާނޫނެއް ނެތުމުން ދިމާވި އެންމެ ބޮޑު މައްސަލައަކީ ޖިނާއީ ބޮޑެތި މައްސަލަތަކުގެ ޝަރީއަތްތައް ލަސްވުމުން، ހެކި ގެއްލުމާއި އިންސާފަށް ހުރަސް އެޅުމެވެ. އެކަމަށް ހައްލު ގެންނަން މަސައްކަތްތަކެއް ކުރިން ކުރިޔަސް އޭގެ ނަތީޖާތަކެއް ނުފެނުނު ކަމަށާއި އެކަމަކު އެ ގާނޫނަށް އަމަލު ކުރަން ފެށުމާ އެކު އެކަމަށް ހައްލު އަންނާނެ ކަމަށް އަނިލް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އޭރު އެދުނިން އެޓްލީސްޓް ބޮޑެތި މައްސަލަތަކުގައި ކޮންޓިނިއަސް ހިއަރިންތަކެއް ކުރިއަށް ގެންގޮސް ދެއްވާށޭ. އެކަމާ މެދު އެއްބަސްވުންތަކަކަށް އާދެވުނު. އެހެން ނަމަވެސް ތަފާތު ސަބަބުތަކާ ހެދި އެކަން ނުވެ އޮތީ. މިހާރު މިއޮތީ ގާނޫނަކުން އެ ބަދަލު އައިސްފައި." އަނިލް ވިދާޅުވި އެވެ.
ގާނޫނު އައުމާ އެކު އެންމެ ބޮޑު މަސައްކަތަކަށް އޮތީ ގާނޫނު ރަނގަޅަށް ތަންފީޒު ކުރުން ކަމަށާއި އެކަން ކުރެވޭނީ ކަމާބެހޭ އިދާރާތަކަށް ޚާއްސަ ޕްރޮގްރާމްތަކެއް ހިންގައިގެން ކަމަށް އަނިލް ވިދާޅުވި އެވެ. ކުރިމަގުގައި އެފަދަ ޕްރޮގްރާމްތައް ހިންގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިޖުރާއަތު ގާނޫނަށް އަމަލުކުރަން ދެކޮޅުހަދާ ބަޔަކު އުޅޭ
ބަލައި ފާސްކުރަނީ އިޖުރާއަތުތައް ފުރިހަމަކޮށްގެން: އޭޖީ
ގާނޫނުލް އުގޫބާތާއި އިޖްރާއާތުގެ ގާނޫނު އިސްލާހު ކުރަނީ
ޖިނާއީ އިޖްރާއާތުގެ ގާނޫނަށް އިސްލާހުތަކެއް ގެންނަނީ
"ކުށްވެރިންގެ ސުވަރުގެއަކަށް ރާއްޖެ ދަނީ ބަދަލުވަމުން"
ކުށްވެރިންނަށް ކަފާލާތު ދެވޭ ބިލް ތަސްދީގުކޮށްފި
ފަސޭހަ އިއުތިރާފުން ކުށް ސާބިތުކުރުން ނިމުމަކަށް؟!
ވާނުވާ އުވާލަންވީ، އެކަމަކު މީހުން ދޫކޮށްގެން ނުވޭ؟!
ވާނުވާގެ މައްސަލައަށް އޮތް ހައްލަކީ އުވާލުންތަ؟
އިސްތިއުނާފު ނިމެންދެން ކަފާލާތު ދެވޭގޮތަށް ހަދަނީ