Roadha Mihaaru
ޒަކަރިއްޔާގެ ބަދަލުގައި އެންސީޓީސީ އަށް ވައިސް ވަހީދު

ޒަކަރިއްޔާގެ ބަދަލުގައި ކައުންޓަ ޓެރަރިޒަމަށް ވައިސް ވަހީދު

24 ޑިސެމްބަރ 2023

ނެޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަ (އެންސީޓީސީ)ގެ ޑިރެކްޓަ ޖެނަރަލްގެ މަގާމުގައި ހުންނެވި ބްރިގޭޑިއާ ޖެނެރަލް ރިޓަޔަޑް ޒަކަރިއްޔާ މަންސޫރުގެ ބަދަލުގައި މޭޖާ ޖެނަރަލް ރިޓަޔަޑް ވައިސް ވަހީދު ހަމަޖައްސައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ނެޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަ (އެންސީޓީސީ)ގެ ޑިރެކްޓަ ޖެނަރަލްގެ މަގާމުގައި ހުންނެވި ބްރިގޭޑިއާ ޖެނެރަލް ރިޓަޔަޑް ޒަކަރިއްޔާ މަންސޫރުގެ ބަދަލުގައި މޭޖާ ޖެނަރަލް ރިޓަޔަޑް ވައިސް ވަހީދު ހަމަޖައްސައިފި އެވެ.

ސިފައިންގެ ހިދުމަތާ 1984 އަހަރު ގުޅިވަޑައިގަތް ޒަކަރިއްޔާ ޝަރަފްވެރިކަމާ އެކު ރިޓަޔަކުރެއްވީ 37 އަހަރަށް ފަހު ޑިސެމްބަރު 9، 2021 ގަ އެވެ. އޭގެ ފަހުން ވެސް ޒަކަރިއްޔާ ހުންނެވީ އެންސީޓީސީގެ އެންމެ އިސްވެރިޔާގެ މަގާމުގަ އެވެ.

ނަމަވެސް އާ ސަރުކާރު އައުމާ އެކު ނޮވެމްބަރު 17، 2023 ގައި ޒަކަރިއްޔާ ވަނީ މަގާމުން ދުރުކޮށްފަ އެވެ. އޭނާ ވަނީ "މިހާރު" އަށް އެކަން ކަށަވަރު ކޮށްދީފަ އެވެ.

އެންސީޓީސީގެ ނިއުސް ކޮންފަރެންސްގައި ޒަކަރިއްޔާ މަންސޫރު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.

އެންސީޓީސީގެ ނިއުސް ކޮންފަރެންސްގައި ޒަކަރިއްޔާ މަންސޫރު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.

އެންސީޓީސީގެ ވެރިޔަކަށް އައްޔަންކުރި ވައިސް ވަހީދު ސިފައިންގޭގައި 34 އަހަރު ހިދުމަތް ކުރެއްވުމަށް ފަހު ރިޓަޔާ ކުރެއްވީ މި މަހުގެ 12 ވަނަ ދުވަހު އެވެ.

އެންސީޓީސީގައި ހުންނަވަނިކޮށް ކުރީ ސަރުކާރުން ޒަކަރިއްޔާ ލ. ކައްދޫ އެއާޕޯޓް ހިންގާ ކުންފުނީގެ ޗެއާމަނަކަށް ވެސް އައްޔަން ކުރި އެވެ.

އެންސީޓީސީ އަކީ ޓެރަރިޒަމްގެ މައްސަލަތަކާ ބަލައި ދިރާސާކުރުމާއި އެކަމާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގާ ސެންޓަރެކެވެ.

ޒަކަރިއްޔާ އެންސީޓީސީން ވަކިވެވަޑައިގަތް އިރު ސަރުކާރަށް ހިދުމަތްކުރައްވާތާ 39 އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ.