Roadha Mihaaru
ދެ ކާރު ޖެހި އެކްސިޓްވުމުން އެއް ކާރު ފިލައިފި!

ދެ ކާރު ޖެހިި އެކްސިޑެންޓްވުމުން އެއް ކާރު ފިލައިފި!

21 ޑިސެމްބަރ 2023

ހުޅުމާލެ ފޭސް2 ގައި، ދެ ކާރު ޖެހި ހިނގި އެކްސިޑެންޓެއްގައި އެއް ކާރު ފިލައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ހުޅުމާލެ ފޭސް2 ގައި، ދެ ކާރު ޖެހި ހިނގި އެކްސިޑެންޓެއްގައި އެއް ކާރު ފިލައިފި އެވެ.

އެ އެކްސިޑެންޓް ހިނގީ ކަމާލްދީދީ ސްކޫލް ކައިރިން ރޭ، 11:40 ހާއިރު އެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓްގައި އެއް ކާރުގައި ތިބި ހަތަރު މީހަކަށް އަނިޔާވެގެން ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ. އެ ކާރު ދުއްވި މީހާ އަތުގައި ލައިސަންސް އޮންނަ ކަމަށް ފުލުހުން ބުންޏެވެ.

އެކްސިޑެންޓްވުމާ އެކު މަޑުނުކޮށް އަނެއް ކާރު ފިލީ އެވެ.

ފުލުހުން ބުނި ގޮތުގައި އެ ކާރު ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

އެކްސިޑެންޓުވި އެއް ކާރު ޖެހުނީ ކާމިލް ދީދީ ޕްރީ ސްކޫލުގެ ފާރެއްގަ އެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި އެ ކާރަށާއި ސްކޫލުގެ ފާރަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

އެކްސިޑެންޓާ ގުޅިގެން އިތުރަށް ތަހުގީގުކުރަން ޖެހޭ ކަންކަން ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.