20 ޑިސެމްބަރ 2023
މިދިޔަ އަހަރުގެ ބަޖެޓުގެ ޓާގެޓް ހާސިލުވެ، ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު މިއަދު 1.8 މިލިއަނަށް އަރާނެ އެވެ.
މިދިޔަ އަހަރުގެ ބަޖެޓުގެ ޓާގެޓް ހާސިލުވެ، ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު މިއަދު 1.8 މިލިއަނަށް އަރާނެ އެވެ.
އެކަމާ ގުޅިގެން ބާއްވާ ހާއްސަ ރަސްމިއްޔާތު މިއަދު މެންދުރު ފަހު އޮންނާނެ އެވެ. އެމްއެމްޕީއާރްސީން ބުނީ، މިއަދު 2:55 ހާއިރު އަންނަ ފްލައިޓުން ރާއްޖެއަށް 1.8 މިލިއަން ހަމަވާނެ ކަމަށެވެ. އެ ވަގުތު ގަތަރު އަދި އެމިރޭޓްސްގެ ފްލައިޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޝެޑިއުލްކޮށްފައިވެ އެވެ.
މިއަހަރު 1.8 މިލިއަން ޓޫރިސްޓުން ބަޖެޓުގައި އޮތް ނަމަވެސް، ކުރީގެ ސަރުކާރުގެ ޓާގެޓަކަށްވީ މި އަހަރު ނިމޭއިރު 1.9 މިލިއަން ޓޫރިސްޓުން ގެނައުމެވެ. އެ އަދަދު ހާސިލުވާނީ، ބާކީ އޮތް 10 ދުވަހު 10،000 ޓޫރިސްޓުން އައިސްގެންނެވެ. އެހެންވެ، އެއީ ހާސިލުވާނެ އަމާޒެއް ކަމަކަށް ނުބެލެވެ އެވެ.
މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ ރަޝިއާއިންނެވެ. އެ ގައުމުން ދެ ލައްކަ ޓޫރިސްޓުން އައި އިރު ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައި އިންޑިއާއިން ވަނީ 199،000 ޓޫރިސްޓުން އައިސްފަ އެވެ. އަދި ތިން ވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައި ޗައިނާއިން މި އަހަރުގެ މިހާތަނަށް 183،000 ޓޫރިސްޓުން އައިސްފައިވެ އެވެ.
މި މަހު ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އަންނަ ޓޫރިސްޓުން އެވްރެޖުކޮށް 7.4 ދުވަސް ހޭދަކުރެ އެވެ. މިއީ މިދިޔަ ނޮވެމްބަރު މަހަށް ވުރެ ދަށް އަދަދެކެވެ. މިއީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހަށް ވުރެ ހަ ޕަސެންޓު ދަށް އަދަދެކެވެ. މިއަހަރު ޖެނުއަރީ އަދި ފެބްރުއަރީ މަހު ރާއްޖޭގައި ޗުއްޓީ ހޭދަކުރާ މުއްދަތު އުޅުނީ 8 ދުވަހުގަ އެވެ.
މިދިޔަ އަހަރު ރާއްޖޭގައި ޓޫރިސްޓުން އެވްރެޖުކޮށް އަށް ދުވަހު ހޭދަކުރެ އެވެ. ނަމަވެސް މިއަހަރު އެވްރެޖުކޮށް ހޭދަކުރަނީ 7.6 ދުވަހެވެ.
އެންމެ ބޮޑު ޓޫރިޒަމް ޕްރޮމޯޝަން އޮންނާނީ އަންނަ އަހަރު
މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ އަކީ މިހާރު އެއް ޓީމް
"މާސްޓަ ޝެފް" ރާއްޖޭގައި ބާއްވަން މަސައްކަތް ކުރަނީ
"އަހަރު ނިމޭ އިރު އިންޑިއާ ޓޮޕް ތިނަކަށް ގެންނާނަން"
ސުޓާޕާ: ދެވަނަ ދަތުރުން އެއް މިލިއަންގެ ފަހުރު
އާ އަހަރު ދެ މިލިއަން ޓޫރިސްޓުން ގެންނަނީ
ޒުވާން ދެމަފިރިންގެ ހަނީމޫން ވީ ސަޕްރައިޒަކަށް
ބޮޑު ހިޔާނާތުގައި ހިމެނޭ ފަޅެއްގެ އޯނާޝިޕް ބަދަލުކުރަނީ
ހުވަފެނީ މަންޒިލްގެ ފުރަތަމަ ދަތުރުން ބޮޑު އުފަލެއް
ހަތަރު މަހަށް ފަހު ރާއްޖޭގެ ބޯޑަރު ހުޅުވާލައިފި