19 ޑިސެމްބަރ 2023
ރާއްޖެ-މޮރިޝަސް ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލައިގައި ކުރީގެ ސަރުކާރުން އަމަލުކުރީ ގާނޫނުތަކާ ފުށުއަރާ އަދި ގައުމީ މަސްލަހަތު ގެއްލޭ ގޮތަށް ކަމަށާއި މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީ ފޮނުވީ ކުރެވުނު މަޝްވަރާތަކަކުން ވަކި ގޮތަކަށް އެއްބަސްވެގެން ކަަން ދޭހަވާން އޮތްއިރު މައްސަލައިގެ ލިޔެކިޔުންތައް ރައީސް އޮފީހުގެ ރެކޯޑުތަކުން ފެންނަން ނެތް ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
ރާއްޖެ-މޮރިޝަސް ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލައިގައި ކުރީގެ ސަރުކާރުން އަމަލުކުރީ ގާނޫނުތަކާ ފުށުއަރާ އަދި ގައުމީ މަސްލަހަތު ގެއްލޭ ގޮތަށް ކަމަށާއި މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީ ފޮނުވީ ކުރެވުނު މަޝްވަރާތަކަކުން ވަކި ގޮތަކަށް އެއްބަސްވެގެން ކަަން ދޭހަވާން އޮތްއިރު މައްސަލައިގެ ލިޔެކިޔުންތައް ރައީސް އޮފީހުގެ ރެކޯޑުތަކުން ފެންނަން ނެތް ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އޮންނަ ކަނޑުގެ ސަރަހައްދު ނުވަތަ އައްޑޫގެ ދެކުނު އޮންނަ ފުށުއަރާ ކަނޑުގެ ސަރަހައްދުގެ އިން މޮރިޝަސްއިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ވަކިކުރުމުން ރާއްޖެ އަށް ގެއްލުނު ބައި ހޯދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ.
ރައީސްގެ ވައުދާ އެއްގޮތަށް އެ މަސައްކަތް އެޓާނީ ޖެނެރަލްގެ އޮފީހުން ފަށާފައިވާ ކަން ރައީސް އޮފީހުން މިއަދު ވަނީީ އާއްމުކޮށްފަ އެވެ. އެ މައްސަލާގައި މިހާތަނަށް އަމަލުކޮށްފައިވާ ގޮތުގެ ލިޔެކިޔުންތައް ދިރާސާކުރަން ހާއްސަ ކޮމިޓީއެއް ވެސް ވަނީ އެކުލަވާލައިފަ އެވެ.
ކުރީގެ ސަރުކާރުން މި މައްސަލާގައި މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީ ސިއްރުކޮށް އަމަލުކުރި ގޮތުން، އޭރު އިދިކޮޅުން ތުހުމަތު ކުރީ ރާއްޖޭގެ ކަނޑުން ބައެއް ވިއްކާލީ މޮރިޝަސްއާ އެކު ހެދި އެއްބަސްވުމެއްގެ ދަށުންނެވެ.
މޮރިޝަސްއަށް ފޮނުވި ސިޓީ ވެސް އާއްމުކޮށް ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނުގައި ބުނީ، އެ ސިޓީއަކީ ރުވެންޑާގައި 2022 ވަނަ އަހަރު ބޭއްވުނު ކޮމަންވެލްތް ހެޑްސް އޮފް ގަވަމެންޓް މީޓިންއެއްގެ ހަވާސާގައި ދެ ގައުމުގެ ވެރިން ދެއްކި ވާހަކަފުޅަކާ ހަވާލާދީ ފޮނުވާފައި ސިޓީއެއް ކަމަށެވެ.
ސިޓީ ފޮނުވީ ވަކި ކަމަކާ ގުޅުވައިގެން އެއްބަސްވެގެން ކަމަށް ދޭހަވި ނަމަވެސް ކުރީގެ ރައީސް އާއި މޮރިޝަސް ބޮޑުވަޒީރުގެ ބައްދަލުވުމާ ގުޅޭ އެއްވެސް ލިޔެކިޔުމެއް އަދި މަޝްވަރާ ކުރެއްވި ކަންކަމާ ގުޅޭ ރެކޯޑެއް ވެސް ފެންނަން ނެތް ކަމަށް ބަޔާނުގައި ބުންޏެވެ.
ރައީސް އޮފީހުން ބުނިގޮތުގައި މި ސިޓީގެ އިތުރުން މި މައްސަލައާ ގުޅޭ އެއްވެސް ލިޔެކިޔުމެއް ދެ ގައުމުގެ ދެމެދުގައި ބަދަލުކުރެވިފައިވާ ކަމަށް ރައީސް އޮފީހުގެ ރެކޯޑުތަކުން ނުދައްކަ އެވެ.
".... ދެ ގައުމުގެ ދެމެދުގައި އެއްބަސްވެވުނު ކަންކަމަކީ ކޮބައިކަން އެނގޭނެ ލިޔެކިޔުމެއް އަދި އަމަލީ ގޮތުން އެކަން ތަންފީޒުވިކަން އެނގޭނެ އެއްވެސް ރެކޯޑެއް ނުވަތަ ލިޔެކިޔުމެއް މިހާތަނަށް ބެލި ބެލުމުން ފެންނާކަށް ނެތެވެ،" ރައީސް އޮފީހުން ބުންޏެވެ.
ސަރުކާރުން މިހާރު ވަނީ މިދިޔަ ސަރުކާރުން މި މައްސަލައިގައި އަމަލު ކޮށްފައިވަނީ ގާނޫނުތަކާ ފުށުއަރާ އަދި ގައުމީ މަސްލަހަތު ގެއްލޭ ގޮތަށް ކަމަށް ބުނެ އެކަމާ ގުޅިގެން ތަހުގީގީ ރިޕޯޓެއް އެކުލަވާލައި ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ނިންމައިފަ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސް އަށް ފޮނުއްވި ސިޓީފުޅު ހާމަކުރަން ދެކޮޅު ހަދަމުން ދަނިކޮށް، ނިމުނު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް ފަހު، އެ ސިޓީ ވަނީ ސޯޝަލް މީޑިޔާގައި ލީކުވެފަ އެވެ.
އެ ސިޓީއަކީ ސައްހަ އެއްޗެއް ކަމަށް އޭރުގެ ސަރުކާރުން ވެސް ބުނިއިރު، މިއަދު އާންމުކޮށްފައިވަނީ ވެސް އެ ސިޓީ އެވެ.
ޔޫކޭގެ ނިންމުމާއެކު ގޮންޖެހުންތައް ކުރިމަތިވެއްޖެ: އޭޖީ
ކަނޑުން ގެއްލުނު ބައި ހޯދަން ކޮމިޓީއަކުން ދިރާސާކުރަނީ
މޮރިޝަސް ސިޓީ ތަރުޖަމާކުރަނީ؛ މަޝްވަރާ ސިއްރެއް ނުވާނެ
ސިޓީގެ އަސްލު ދެއްކި، ކަނޑު ގެއްލޭ ވާހަކައެއް ނެތް
ރައީސްގެ ސިޓީ 241 ކޮމިޓީން ހޯދާނަން: އަސްލަމް
ކުރަންވީ ކަމަކީ ފޯޅަވަހި ހޯދުމުގެ މަސައްކަތް: އަދުރޭ
ޗާގޯސް މައްސަލާގައި ރައީސަށް ދައުވާ ކުރާނަން: ނާޒިމް
މޮރިޝަސްއަށް ރައީސް ފޮނުއްވި ސިޓީ ސަރުކާރުން ހާމަނުކުރި
އިލްމުވެރިންގެ ގުޅުމުގެ ތިން ހުށަހެޅުމެއް ރައީސަށް
ޗާގޯސްގެ ހުރިހާ ފައިލެއް ހާމަކުރަން ޝަހީދު އެދިއްޖެ