Roadha Mihaaru
"އުޖާލާ ދިރިއުޅުމު"ގެ ހުރިހާ ހިދުމަތެއް ޑިޖިޓަލްކޮށްފި

އެމްއައިބީގެ "އުޖާލާ ދިރިއުޅުމު"ގެ ހުރިހާ ހިދުމަތެއް ޑިޖިޓަލްކޮށްފި

19 ޑިސެމްބަރ 2023

މޯލްޑިވްސް އިސްލާމިކް ބެންކުގެ ކޮންޒިއުމާ ގުޑްސް ފައިނޭންސިން ފެސިލިޓީ "އުޖާލާ ދިރިއުޅުމު"ގެ ހުރިހާ ހިދުމަތްތަކެއް ޑިޖިޓަލްކޮށް ފުރިހަމަކުރުމަށް "އުޖާލާ ނައު" ޕޯޓަލް ލޯންޗުކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

މޯލްޑިވްސް އިސްލާމިކް ބެންކުގެ ކޮންޒިއުމާ ގުޑްސް ފައިނޭންސިން ފެސިލިޓީ "އުޖާލާ ދިރިއުޅުމު"ގެ ހުރިހާ ހިދުމަތްތަކެއް ޑިޖިޓަލްކޮށް ފުރިހަމަކުރުމަށް "އުޖާލާ ނައު" ޕޯޓަލް ލޯންޗުކޮށްފި އެވެ.

މި ޕޯޓަލްއަށް "އުޖާލާ ދިރިއުޅުން" ފައިނޭންސިންގެ ދަށުން މުދާނެގުމާއި ފައިސާނެގުމަށް އެދި ހުށައެޅޭނެއެވެ. އަދި ކުރިއާ ހިލާފަށް އެޕްލިކޭޝަނާ ގުޅިގެން އަންނަ އެއްބަސްވުމުގެ މަރުހަލާ ވެސް ދެން ކުރިއަށް ދާނީ މި ޕޯޓަލް މެދުވެރިކޮށެވެ.

އެމްއައިބީއިން ބުނީ ކަސްޓަމަރުން މި ފެސިލިޓީގެ ދަށުން ނަގާ މުދާ އެ ކަސްޓަމަރަކު ހިޔާރު ކުރާ ފަރާތަކަށް ގޮސް ނެގޭނެ އިންތިޒާމު ވެސް މި ޕޯޓަލްއިން ހަމަޖެއްސޭނެ ކަމަށެވެ. އެމްއައިބީއިން ބުނި ގޮތުގައި މި ފެސިލިޓީގެ ހުރިހާ ހިދުމަތެއް އޮންލައިން ކުރީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ދިރިއުޅޭ ފަރާތްތަކަށް ވެސް މި ފެސިލިޓީ ބޭނުން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަމަށެވެ.

Ujaalaa

"އުޖާލާ ނައު" ގެ ލިންކް

އެމްއައިބީއިން ވަނީ އެ ބެންކުގެ ހިދުމަތްތައް ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެ ވެސް ހޯދޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން ހިދުމަތްތައް ޑިޖިޓަލައިޒްކުރަމުންނެވެ. އެގޮތުން ބެންކުގެ "އެޕްލައި ނައު" ޕޯޓަލް މެދުވެރިކޮށް އެކައުންޓު ހުޅުވުމުގެ ހުރިހާ ޕްރޮސެސްއެއް ވަނީ އޮންލައިން ކޮށްފަ އެވެ.

އެމްއައިބީގެ "އުޖާލާ ދިރިއުޅުން" ފެސިލިޓީ އަކީ ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާ ފެސިލިޓީއެއްކަން އެ ބެންކުން ފާހަގަކުރެ އެވެ. މި ފެސިލިޓީ އަކީ ލިބޭ މުސާރަ ނުވަތަ ކުލީގެ ނިސްބަތުން ބޮޑު ކްރެޑިޓް ލިމިޓެއް ލިބޭ ފެސިލިޓީއެކެވެ. މި ފެސިލިޓީން ސައިކަލާއި އައުޓްބޯޑު އިންޖީނާއި އިމާރާތްކުރާ ސަމާނާއި ފަރުނީޗަރު ފަދަ އަގު ބޮޑެތި މުދާ ގަނެވޭނެ އެވެ.

އެމްއައިބީއިން ވަނީ މި ފެސިލިޓީގެ ދަށުން ޒަރޫރީ ބޭނުންތަކަށް ފައިސާ ހޯދުމަށް "އުޖާލާ ކޭޝް"ގެ ނަމުގައި ފައިސާ ނެގޭނެ ފެސިލިޓީއެއް ވެސް ތައާރަފްކޮށްފަ އެވެ.