Roadha Mihaaru
އެމްއައިބީ ހައްޖު ސޭވިންގްސް އެކައުންޓު ތައާރަފްކޮށްފި

ހުޅުމާލޭގެ އެމްއައިބީގެ އާ ބްރާންޗެއް ހުޅުވައި ހައްޖު ސޭވިންގްސް އެކައުންޓް ތައާރަފުކޮށްފި

22 ޑިސެމްބަރ 2022

މޯލްޑިވްސް އިސްލާމިކް ބޭންކުގެ ހުޅުމާލޭ ބްރާންޗް އިތުރަށް ތަރައްގީކޮށް އެހެން ތަނެއްގައި ހުޅުވައި ތިން އޭޓީއެމްއެއްގެ ހިދުމަތް ދޭން ފަށައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

މޯލްޑިވްސް އިސްލާމިކް ބޭންކުގެ ހުޅުމާލޭ ބްރާންޗް އިތުރަށް ތަރައްގީކޮށް އެހެން ތަނެއްގައި ހުޅުވައި ތިން އޭޓީއެމްއެއްގެ ހިދުމަތް ދޭން ފަށައިފި އެވެ.

އެ ބޭންކުން ވަނީ އެ ބްރާންޗު ހުޅުވުމާ ގުޅުވައިގެން ހައްޖު ސޭވިންގްސް އެކައުންޓެއް ވެސް ތައާރަފުކޮށްފަ އެވެ. މިއީ ހައްޖަށް ދާން ބޭނުންވާ މީހުންނަށް ހާއްސަކޮށް ފަރުމާކޮށްފައިވާ އެކައުންޓެކެވެ.

އެ ބޭންކުން ބުނި ގޮތުގައި ހުޅުމާލޭގެ އާ ބްރާންޗުން މާލޭގެ ބްރާންޗުން ލިބޭ ހުރިހާ ހިދުމަތްތަކެއް ލިބޭނެ އެވެ. އެގޮތުން، ފައިނޭންސިން ސްކީމްތަކަށް އެދި ފޯމު ހުށަހެޅުމާއި ކާޑަށް އެޕްލައި ކުރުމާއި ޗެކް ފޮތް ހެއްދުމާއި ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުން ފަދަ ހުރިހާ ހިދުމަތްތަކެއް އެ ތަނުން ލިބޭނެ އެވެ.

އެމްއައިބީގެ ހުޅުމާލެ ބްރާންޗް ހުޅުވަނީ.. -- ފޮޓޯ: އެމްއައިބީ

އެމްއައިބީގެ ހުޅުމާލެ ބްރާންޗް ހުޅުވަނީ.. -- ފޮޓޯ: އެމްއައިބީ

އެމްއައިބީން ބުނީ އެ ބްރާންޗް ހުޅުވައި ހިދުމަތް ދޭން ފަށާފައި ވަނީ އަދި ހަ ކައުންޓަރުން ކަމަށެވެ. އަދި އިތުރު ތިން ކައުންޓަރެއްގެ ހިދުމަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި މި ފަށާ އާ އަހަރުގެ ކުރީ ކޮޅު އެ ކައުންޓަރުތަކުގެ ހިދުމަތް ފަށާނެ ކަމަށް ވެސް ބުންޏެވެ.

ހުޅުމާލޭގައި އުޅޭ އެމްއައިބީ ކަސްޓަމަރުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ހުޅުވި އެ ބްރާންޗަށް ފްލޯ މެނޭޖަރެއް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވެސް އެ ތަނުން ބުންޏެވެ. ފްލޯ މެނޭޖަރަކީ ކަސްޓަމަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، ކަސްޓަމަރުންނަށް ހިދުމަތް ހޯދުމަށް ގައިޑް ކޮށްދިނުމަށް ތިބޭ ބައެކެވެ.

ހައްޖު ސޭވިންގްސް އެކައުންޓު ތައާރަފުކޮށް، އެމްއެމްއޭގެ ގަވަރުނަރު އަލީ ހައިޝަމް ވާހަކަ ދައްކަވަނީ. -- ފޮޓޯ: އެމްއައިބީ

ހައްޖު ސޭވިންގްސް އެކައުންޓު ތައާރަފުކޮށް، އެމްއެމްއޭގެ ގަވަރުނަރު އަލީ ހައިޝަމް ވާހަކަ ދައްކަވަނީ. -- ފޮޓޯ: އެމްއައިބީ

އެމްއައިބީއިން ބުނި ގޮތުގައި އެ ތަނަކީ މާލޭގެ އޮފީހަށް ނުގޮސް ހުރިހާ ހިދުމަތެއް ހޯދޭނެ ތަނެކެވެ. ޖާގައިގެ ގޮތުން ތަނަވަސް މި ބްރާންޗް ހުންނާނީ ހުޅުމާލޭ ފިތުރޯނު މަގުގައި ހުންނަ ވަން އެވެނިއު އިމާރާތަށެވެ.

އެ ބްރާންޗް ރަސްމީކޮށް ހުޅުވީ އަންގާރަ ދުވަހު އެވެ. އެ ބްރާންޗް ހުޅުއްވައިދެއްވީ އެމްއެމްއޭގެ ގަވަރުނަރު އަލީ ހައިޝަމް އެވެ. އެ ރަސްމިއްޔާތުގައި އެމްއައިބީގެ އެމްޑީ އަދި ސީއީއޯ މުފައްދަލް އިދްރީސް އާއި އެޗްޑީސީގެ ސީއީއޯ އަދި އެމްޑީ އަހުމަދު އާތިފް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.