Roadha Mihaaru
އެމްއައިބީގެ އެކްސްކްލޫސިވް ހިދުމަތްތައް ލިބޭ ކްލަބެއް

އެމްއައިބީގެ އެކްސްކްލޫސިވް ހިދުމަތްތައް ލިބޭ ކްލަބެއް ލޯންޗުކޮށްފި

16 ޖޫން 2023

އެމްއައިބީއަށް މުސާރަ ޖަމާކުރާ ކަސްޓަމަރުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބޭ ޑިޖިޓަލް މެމްބާޝިޕް ކްލަބް "މިބް 9" ލޯންޗުކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އެމްއައިބީއަށް މުސާރަ ޖަމާކުރާ ކަސްޓަމަރުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބޭ ޑިޖިޓަލް މެމްބާޝިޕް ކްލަބް "މިބް 9" ލޯންޗުކޮށްފި އެވެ.

އެމްއައިބީން ބުނި ގޮތުގައި މި ކްލަބަކީ އެ ބެންކަށް މުސާރަޖަމާކުރާ ފަރާތްތަކަށް ބެންކުން ދޭ ހިދުމަތްތައް އިތުރަށް ފުރިހަމައަށް ފޯރުކޮށްދިނުމުގެ ގޮތުން ތައާރަފް ކުރި ހިދުމަތެކެވެ. ކްލަބްގެ މެމްބަރުންނަށް ގިނަ ލުއި ފަސޭހަތަކަކާއި ބެނެފިޓްސްތަކެއް ވަނީ ހިމަނައިފަ އެވެ.

"މިބް 9"ގެ މެމްބަރުންނަށް ލުއި ފަސޭހަކޮށްދީފައިވާ ހިދުމަތްތަކުގެ ތެރޭގައި އުޖާލާ ދިރިއުޅުމުގެ ފައިނޭންސިން ހިމެނެ އެވެ.

އެ ކްލަބްގެ މެމްބަރުންނަށް އެމްއައިބީގެ "އުޖާލާ ދިރިއުޅުމުގެ ފައިނޭންސިން"އަށް އޮންނަ ލިމިޓް ބޮޑުކޮށް، މަހުން މަހަށް ދައްކަން ޖެހޭ އިންސްޓޯލްމަންޓުގެ އަދަދު ކުޑަކުރުމުގެ ގޮތުން އެ ފެސިލިޓީއަށް ނަގާ ރޭޓު ކުޑަވާނެ ކަމަށް އެ ބެންކުން ބުނެ އެވެ.

އަދި ކްލަބްގެ މެމްބަރުންގެ އަތުން އެ ފެސިލިޓީއަށް ނަގާ ޕްރޮސެސިން ފީ ވެސް ކުޑަ ވާނެ ކަމަށް ވެސް އެމްއައިބީން ބުންޏެވެ.

"މިބް 9"ގެ މެމްބަރުންނަށް އެކްސްކްލޫސިވް ހިދުމަތެއްގެ ގޮތުން އެމްއައިބީގެ ރުފިޔާ އެކައުންޓަށް ދޫކުރާ ވީސާ އެވްރީޑޭ ޑެބިޓްކާޑަށް ރާއްޖޭން ބޭރުގެ ފައިސާގެ މުއާމަލާތްތައް ކުރުމުގެ ހިދުމަތް ވަނީ ތައާރަފްކޮށްފަ އެވެ. މި ހިދުމަތަށް އެމްއައިބީން ވަނީ މަހަކު 100 ޑޮލަރުގެ ލިމިޓެއް ކަނޑައަޅައިފަ އެވެ.

އެމްއައިބީން ބުނި ގޮތުގައި މި ކްލަބްގެ މެމްބަރުންނަށް "ވިސާ އެވްރީޑޭ" ކާޑުން ނަގާ ޖޮއިނިން ފީ އާއި "ވިސާ އެވްރިޑޭ" ފެމިލީ ކާޑުން އެއް ކާޑުގެ ޖޮއިނިން ފީ ވެސް ނުނަގާނެ އެވެ.

"މިބް 9" ކްލަބުގެ މެމްބަރުންނަށް ބޭންކުގެ ކަސްޓަމަކެއާ ކޮންޓެކްޓް ސެންޓަރުން ހިދުމަތް ހޯދުމަށް ލުއި ފަސޭހަކޮށްދިނުމަށް ހާއްސަ ޑިޖިޓަލް ޗެނަލެއް ވެސް ވަނީ ގާއިމްކޮށްފަ އެވެ. .

އެމްއައިބީން ބުނި ގޮތުގައި "މިބް 9"ގެ މެމްބަރަކަށް ވެވޭނީ އެ ބެންކަށް މުސާރަ ޖަމާކުރާ ކަސްޓަމަރުންގެ ތެރެއިން ޝަރުތުހަމަވާ ކަސްޓަމަރުންނަށެވެ. އަދި އަލަށް މި ކްލަބްގެ މެމްބަރަކަށް ވެވޭނީ އެ ބެންކަށް މުސާރަ ޖަމާކުރަން ފަށާތާ އެއް މަސް ދުވަހުގެ ތެރޭގަ އެވެ.

ކްލަބްގެ މެމްބަރަކަށްވުމުން މެމްބާޝިޕް ހަމަޖެހުނުކަމުގެ އީމެއިލެއް އެމްއައިބީން ފޮނުވާނެ އެވެ.

މި ކްލަބުގެ މެމްބަރުންނަށް ދޭ ހިދުމަތްތައް ކުރިއަށް އޮތްތަނުގައި އިތުރުކޮށް ފުޅާކުރާނެ ކަމަށް އެމްއައިބީން ބުނެ އެވެ.