17 ޑިސެމްބަރ 2023
ޅ. ނައިފަރުގައި ފެނުގެ ހިދުމަތް ކެނޑެމުންދާތީ އެ މައްސަލަ ހައްލު ކުރުމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.
ޅ. ނައިފަރުގައި ފެނުގެ ހިދުމަތް ކެނޑެމުންދާތީ އެ މައްސަލަ ހައްލު ކުރުމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.
އެ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ރަށުން ފެނުގެ ހިދުމަތް ކެނޑެނީ ފެން ޕްލާންޓުން އުފެދޭ ފެނުގެ މިންވަރަށް ވުރެ ފެން ބޭނުން ކުރާ ނިސްބަތް އިތުރުވެފައިވާތީ ކަމަށެވެ.
އެކަން އެގޮތަށް ދިމާވަނީ އެ މަޝްރޫއު ޑިޒައިން ކުރުމާއި އަމަލީ މަސައްކަތް ނިންމުމާ ދޭތެރޭ ގިނަ އަހަރުތަކެއް ހޭދަވެފައިވާތީ ކަމަށް ފެނަކަ އިން ބުންޏެވެ.
އެ ކުންފުނިން ބުނިގޮތުގައި، ނައިފަރުގައި ފެނުގެ ނިޒާމު ގާއިމް ކުރަން ފެށީ 2017 ވަނަ އަހަރު އެވެ. ބައެއް މައްސަލަތަކާ ހެދި 2019 ވަނަ އަހަރު އެ މަޝްރޫއު މެދުކެނޑުނެވެ. އަދި 2020 ވަނަ އަހަރު އެ މަޝްރޫއު އަލުން ފެށުމަށް ފަހު މަސައްކަތް ނިންމީ މި އަހަރު ކަމަށް ބުންޏެވެ.
"...ގިނަ އަހަރުތަކެއް ވުމުގެ ސަބަބުން މީހުން ދިރިއުޅޭ ގޭބިސީތަކުގެ އަދަދު އިތުރުވެ، ޑިޒައިން ޑިމާންޑަށް ވުރެ ފެނުގެ ޑިމާންޑް ވަނީ އިތުރުވެފައި،" ފެނަކަ އިން ބުންޏެވެ.
މި އަހަރު މަޝްރޫއު ހަވާލު ކުރިއިރު ބޮޑެތި މައްސަލަތަކެއް ވެސް ހުރި ކަމަށް ފެނަކައިން ބުންޏެވެ. ނެޓްވޯކް ލީކުވުމާއި ފެންޕްލާންޓުގެ ޓެކްނިކަލް އެކި މައްސަލަތަކާއި ފެނުގެ ކޮލިޓީއާ ގުޅޭ މައްސަލަތަކެއް ވެސް ހުރި ކަމަށް ފެނަކަ އިން ބުންޏެވެ.
ރައްޔިތުންނަށް ހިދުމަތް ދޭން ފެށިއިރު އެ މައްސަލަތައް ހައްލު ކޮށްފައި ވެސް ނުވާ ކަމަށް ފެނަކައިން ބުންޏެވެ.
އެ މައްސަލަ ހައްލު ކުރުމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުން އަންނަ ކަމަށާއި މެދުކެނޑުމެއް ނެތި ފެނުގެ ހިދުމަތްތައް ދިނުމަށް ބަލަން ޖެހޭ ބެލުންތައް ބަލައި ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އައްޑޫ: އުފައްދާ ވަރަށްވުރެ ފެން ބޭނުން ކުރާލެއް ގިނަ
އައްޑޫގެ ގުޅިފައިވާ ރަށްތަކުން ފެން ކެނޑިއްޖެ
އައްޑޫ ފެނުގެ މައްސަލަ ހައްލުކޮށް، މިރޭ ފެން ދޫކުރާނެ
އައްޑުއަށް ސަޕްލައި ފެން ނުލިބޭތާ 3 ދުވަސް ވެއްޖެ
އައްޑު އަށް މިރޭ ފެން ދޫކުރަން ފެށޭނެ: ފެނަކަ
އައްޑޫން ފެނުގެ ހިދުމަތް ކެނޑިއްޖެ
ފެނަކައިން ދިނީ 20ޓަނު ފެން، އަދި 30ޓަނު ބޭނުންވޭ
ފެނާއި ނަރުދަމާގެ އެންމެ ގިނަ ޕްރޮޖެކްޓް ފެނަކައަށް
ފުވައްމުލަކުގައި އާ ޓްރާންސްފޯމަރެއް މިއަދު ބަހައްޓަނީ
ފުވައްމުލަކުގެ 80 ޕަސެންޓަށް ކަރަންޓާއި ފެން ދީފި