17 ޑިސެމްބަރ 2023
ހިންގުމުގެ ފެންވަރު އެންމެ ސާފުކޮށް ފެންނަ އޮތީ، އޭނާ އެންމެ ފަހުން ހުންނެވި އެމްޓީސީސީގެ ސީއީއޯގެ މަގާމުންނެވެ. އެ ކުންފުންޏަށް ހޯއްދަވައިދެއްވި ކާމިޔާބީއާ އެކު އޭނާ އަކީ ރާއްޖޭގެ އެތައް ރައްޔިތުންގެ އިތުބާރު ހޯއްދެވި ބޭފުޅެކެވެ. އާދަމް އާޒިމަކީ، ރާއްޖޭގެ މުހިއްމު ގިނަ ކުންފުނިތަކަކަށް ބޮޑެތި މުހިއްމު ބަދަލުތަކެއް ގެންނެވި މޭސްތިރި އެކެވެ. އޭނާ އެމްޑީޕީގެ ކެނޑިޑޭޓެއްގެ ގޮތުގައި މާލޭ މޭޔަރު ކަމަށް ނުކުންނަވަނީ ވެސް، މާލޭގެ ރައްޔިތުންގެ ވަރަށް ގިނަ ހުވަފެންތަކެއް ހަގީގަތަކަށް ހަދައިދިނުމުގެ ފުރިހަމަ ޔަގީންކަން އޮވެގެންނެވެ.
ހިންގުމުގެ ފެންވަރު އެންމެ ސާފުކޮށް ފެންނަ އޮތީ، އޭނާ އެންމެ ފަހުން ހުންނެވި އެމްޓީސީސީގެ ސީއީއޯގެ މަގާމުންނެވެ. އެ ކުންފުންޏަށް ހޯއްދަވައިދެއްވި ކާމިޔާބީއާ އެކު އޭނާ އަކީ ރާއްޖޭގެ އެތައް ރައްޔިތުންގެ އިތުބާރު ހޯއްދެވި ބޭފުޅެކެވެ. އާދަމް އާޒިމަކީ، ރާއްޖޭގެ މުހިއްމު ގިނަ ކުންފުނިތަކަކަށް ބޮޑެތި މުހިއްމު ބަދަލުތަކެއް ގެންނެވި މޭސްތިރި އެކެވެ. އޭނާ އެމްޑީޕީގެ ކެނޑިޑޭޓެއްގެ ގޮތުގައި މާލޭ މޭޔަރު ކަމަށް ނުކުންނަވަނީ ވެސް، މާލޭގެ ރައްޔިތުންގެ ވަރަށް ގިނަ ހުވަފެންތަކެއް ހަގީގަތަކަށް ހަދައިދިނުމުގެ ފުރިހަމަ ޔަގީންކަން އޮވެގެންނެވެ.
އުމުރުން 52 އަހަރުގެ އާޒިމް ކިޔަވާ ވިދާޅުވުމަށް ފަހު އެންމެ ފުރަތަމަ ގުޅިވަޑައިގަތީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ހެލްތު ޕޯޓުގެ ޑެސްކުންނެވެ. އުމުރުން އެންމެ 16 އަހަރުގައި މަސައްކަތަށް ނުކުންނެވި އާޒިމް ވަނީ އިމިގްރޭޝަން ކައުންޓަރުގަ އާއި އެއާ މޯލްޑިވްސްގައި ވެސް ވަޒީފާ އަދާކުރައްވައިފަ އެވެ. އެއަށް ފަހު އޮޑިޓް ފާމެއްގައި، އެމްޑަބްލިއުއެސްސީގައި ވެސް މަސައްކަތް ކުރެއްވި އެވެ.
ރާއްޖޭގެ އެންމެ މަޝްރޫއު އެއް ކޮންޓްރަކްޝަން ކުންފުނި އާރްސީސީގެ ފައުންޑަރު އަބްދުއް ރަޝީދުގެ ދެ ވަނަ ފިރިހެން ބޭފުޅަކަށް ވީ ނަމަވެސް، އޭނާ މަސައްކަތުގެ މައިދާނަށް ނުކުމެ، ކަންކަން ދަސްކުރެއްވީ އެންމެ އާދައިގެ ވަޒީފާތަކުންނެވެ. އެހެންވެ، މަސައްކަތުގެ މާހަލުގައި އެންމެ އާދައިގެ މުވައްޒަފުންގެ އިހުސާސް އޭނާ ވަރަށް ރަނގަޅަށް ދެނެވަޑައިގަންނަވަ އެވެ. މިއީ ކުންފުނިތައް ހިންގެވުމުގައި އޭނާގެ ކާމިޔާބު ގުޅޭ ހިސާބެވެ.
އާޒިމް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު އަދާ ކުރައްވަން ފެއްޓެވީ 2013 ވަނަ އަހަރު އެވެ. އެކުންފުނީގައި ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ހޭދަކުރެއްވި އިރު އެ މުއްދަތުގައި ވަނީ ކުންފުންޏަށް މުހިއްމު ބަދަލުތަކެއް ގެންނަވައިފަ އެވެ.
އޭނާ ވަނީ އެ ކުންފުނީގެ މެނޭޖްމެންޓް ޓީމު ޒުވާން ޓީމަކަށް ބަދަލުކޮށް ހިންގުމަށް އިންގިލާބެއް ގެންނަވައިފަ އެވެ. އެ ކުންފުނިން އޭރު ބީރަށްޓެހި ޒަމާނީ ސޮފްޓްވެއާތަކާއި އިކުއިޕްމަންޓްތައް ހިންގުމުގައި ބޭނުން ކުރަން ފެށި އެވެ. އޭރު ރައްޔިތުންގެ އޮތް އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ ބޭނުންވާ ބޭސް ފަސޭހައިން ލިބޭނެ ގޮތެއް ނެތުމެވެ. އެކަން އަހަރެއްހާ ދުވަހުގެ ތެރޭގައި ހައްލު ކުރެއްވި އެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެސްޓީއޯގެ ބޭސް ފިހާރައެއް ހުޅުވައި، އިންސާނީ ވަސީލަތްތައް ގާއިމްކޮށްދީ، 179 ފާމަސީ ހުޅުވި އެވެ.
އެމްޓީސީސީގެ ސީއީއޯ ކަމުގައި އާޒިމް: ބޮޑެތި ބަދަލުތަކެއް ގެންނެވި -- ފޮޓޯ: ނިޝާން އަލީ/ މިހާރު
އާޒިމް ވަނީ އެ ކުންފުނީގެ ފައިދާ 200 މިލިއަން ރުފިޔާއަށް ވުރެ އިތުރުކޮށްދީފަ އެވެ. އެކަން ކުރެއްވީ، ކުންފުނީގެ ވިޔަފާރިތަކަށް މުހިއްމު ބޮޑެތި ބަދަލުތަކެއް ގެންނަވައިގެންނެވެ. އެގޮތުން ރަށްރަށުގައި ހިންގަމުންދިޔަ އެސްޓީއޯގެ ފިހާރަތަކަކީ ފައިދާވާ ވިޔަފާރިތަކަށް ހެއްދެވި އެވެ.
އާދަމް އާޒިމް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު އަދާކުރައްވަން ފެއްޓެވީ 2018 ވަނަ އަހަރު އެވެ. އެ ކުންފުންޏާ ހަވާލުވެވަޑައިގެންނެވި އިރު އާންމުކޮށް އަޑު އިވޭ އެއް ވާހަކައަކީ މާލެ ފެން ބޮޑުވުމަށް ހައްލެއް ނުލިބުމުގެ ވާހަކަތަކެވެ. އާޒިިމް އެ މަގާމާ ހަވާލުވެ ވަޑައިގެން، ހާއްސަ އިސްކަމެއް ދެއްވައިގެން ހައްލު ކުރެއްވި އެއް މައްސަލައަކީ މާލޭގެ މަގުތައް ފެންބޮޑުވާ ހާލަތްތަކުގައި މަގުތަކަށް ނަޖިސް ބޭރުވާ މައްސަލަ އެވެ.
އެކަން ކުރެއްވުމަށް ނަރުދަމާއަށް ހާއްސަ ޑިވިޝަނެއް ހައްދަވައި ބޭރުގެ ތަޖުރިބާކާރުން ގެންނަވައި އެކަން ހައްލު ކުރާނެ ގޮތްތައް ހޯއްދަވައިދެއްވި އެވެ.
މާލޭގެ ނަރުދަމާ ނިޒާމުގެ ޕަމްޕުތަކަށް ބަދަލު ގެނެސްފައިވަނީ އާޒިމް އިސްކޮށް ހުންނަވައި ފެއްޓެވި މަސައްކަތުގެ ތެރެއިންނެވެ. އަދި އެކުންފުންޏަކީ ކަސްޓަމަރުންނާ ގާތް ގުޅުމެއް ބާއްވާ ތަނަކަށް ހައްދަވަން 105 ނަންބަރު ހޮޓްލައިނަކަށް ހަދައި، 24 ގަޑިއިރު، މީހުންގެ ކޯލުތަކަށް ޖަވާބުދޭ ތަނަކަށް ހެއްދެވި އެވެ. އަދި ފެނުގެ ސްޓޯރޭޖެއް އޮންނަން ޖެހޭތީ، އެކަމަށް ބޭނުންވާ ބިން، ސަރުކާރުގައި ދަންނަވައިގެން ހޯދައިދީ، އެ މަސައްކަތް ފެއްޓެވި އެވެ. މިއީ އެކުންފުންނި ހިންގަވަން ހޭދަކުރެއްވި އެއް އަހަރު ގެނައި މުހިއްމު ބަދަލުތަކެވެ.
އާޒިމް އެމްޓީސީސީއާ ހަވާލުވެ ވަޑައިގަތީ 2020 ވަނަ އަހަރު އެވެ. އެ ކުންފުންޏާ ހަވާލުވެ، އެކުންފުންޏަކީ، ބިޔަ މަޝްރޫއުތައް ހިންގޭނެ ވަރުގެ ކުންފުންޏަކަށް ބަދަލުކޮށްލި އެވެ. ކުންފުނިން ހިންގާ މަޝްރޫއުތައް ބާރު ސްޕީޑުގައި ކުރިއަށް ގެންދޭވެނެ ގޮތްތައް ފަހިކޮށްދީ، އެންމެ 25 ޕްރޮޖެކްޓް ހިންގަމުން ދިޔަ ކުންފުނި 140 ޕްރޮޖެކްޓް ހިންގާ ކުންފުންޏަކަށް ބަދަލުކޮށްލެއްވި އެވެ.
އާ މެޝިނަރީ އާއި އުޅަނދުތަކާއި އިންސާނީ ވަސީލަތަށާއި، މާލީ ހާލަތަށް އާޒިމް ގެންނެވި އިންގިލާބުން، މިއަދު، ބްރިޖު އެޅުން ފަދަ މަސައްކަތްތަކާ، އަވަސް މުއްދަތެއްގައި ބިން ހިއްކުމާ، އެއާޕޯޓު އެޅުމާ، ބަނދަރު ހެދުމާ، މަގު ހެދުމާ، އިމާރާތްކުރުމާ، އެއްގަމާ ކަނޑުގެ ދަތުރުފަތުގެ ހިދުމަތަކީ، އެ ކުންފުނިން ޒަމާނީކޮށް، ހަލުއިކޮށް، ރައްޔިތުންގެ އިތުބާރު ހޯދާފައިވާ ހިދުމަތްތަކެވެ. ގެނައި އާ ބަދަލުތަކާ އެކު އެއް ބިލިއަންގެ އާމްދަނީއެއް ހޯދި އެ ކުންފުންޏަށް މިހާރު އަހަރަކު ތިން ބިލިއަން ރުފިޔާ ލިބެ އެވެ. އަދި 1600 މުވައްޒަފުންގެ ތިބި އެކުންފުނި 4700 މުވައްޒަފުން މަސައްކަތް ކުރާ ބިޔަ ކުންފުންޏަކަށް ހެއްދެވި އެވެ.
އެމްޓީސީސީގެ އާރުޓީއެލް ބަހުގައި އާޒިމް ދަތުރުކުރައްވަނީ: މިއީ ދަތުރުފަތުރަށް އިންގިލާބީ ބަދަލެއް ގެނައި މަޝްރޫއެއް
އެ ކުންފުނިން މިހާރު އަންނަނީ ކޮންމެ 11 ދުވަހަކުން ޕްރޮޖެކްޓެއް ނިންމަމުންނެވެ. މި ސްޕީޑު ނެރެދިން ސީއީއޯ އަކީ އާދަމް އާޒިމެވެ.
ހުޅުމާލޭގެ ފޭސް 2 ގެ ރައްޔިތުން، ފޭސް އެކަކަށް އަދި މާލެއަށް އައުމަކީ، ފޭސް 2ގައި އާންމުން ދިރިއުޅުން ފަށައިގަތްއިރު، އޮތް ބޮޑު ދައްޗެކެވެ. މި ހާލަތު ބަދަލުވެގެން ދިޔައީ، ގްރޭޓާ މާލެ، ސަރަހައްދަށް، އެމްޓީސީސީން ފެށި ބަސް ދަތުރުގެ ހިދުމަތުގެ ތެރެއަށް ފޭސް 2 ހިމަނައި، ގަވާއިދުން ބަހުގެ ހިދުމަތް އެ ސަރަހައްދަށް ދޭން ފެށުމެވެ. މިއަދު ގްރޭޓާ މާލޭގެ ސަރަހައްދުގައި އޮތް، އެންމެ ގިނަ ބަޔަކު ބޭނުންކުރާ އެއްގަމު ޓްރާންސްޕޯޓު ހިދުމަތަކީ، ބަހުގެ ހިދުމަތެވެ.
ޖީބަށް ލުއި، ހައްޓަށް ފަސޭހަ، އިތުބާރު އޮތް ހިދުމަތަކަށް، ބަސް ދަތުރު ހެއްދެވީ، ވެސް އާޒިމް އެމްޓީސީސީ ހިންގަވަން ހުންނަވައިގެންނެވެ.
މިއަދު ވިލިމާލޭގައި ވެސް ވަނީ މި ހިދުމަތް ތައާރަފު ކުރައްވައިފަ އެވެ. ގްރޭޓާ މާލެ ސަރަހައްދުގައި މިއަދު ދުވާލަކަށް 25،000 މީހުން ދަތުރު ކުރަމުން އަންނަނީ ބަހުގަ އެވެ.
އާރްޓީއެލް ބަހުގެ ހިދުމަތުގެ އިތުރުން ރާއްޖޭގެ މޫސުމާ، އޮޔާ، ވަޔާ، ބާންޏަށް ރިއާޔަތް ކުރެވިގެން، ފެނަށް ރަނގަޅު އުޅަނދުތަކެއް، ބަނދެ އަތޮޅު ތެރޭގެ ގިނަ ރަށްތަކެއްގައި ސްޕީޑު ފެރީގެ ހިދުމަތް ވެސް ފެއްޓެވި އެވެ. އަދި ފަސޭހައިން ޓިކެޓް ބުކް ކުރެވޭނެ ގޮތް ހަމަޖެއްސުމަށް އެކަމަށް ހާއްސަ އެޕްލިކޭޝަނެއް އުފެއްދެވި އެވެ.
މިއަދު ހއ، ހދ، ށ، ޅ ގއ، ގދ. އަދި އައްޑޫ އާއި ފުވައްމުލަކުގައި އާރްޓީއެލް އެޕްލިކޭޝަން މެދުވެރިކޮށް ދަތުރު ބުކްކޮށް، ޓިކެޓުގަނެވޭ، އަދި ޝެޑިއުލް ބެލުން ފަދަ ހިދުމަތްތައް ފަސޭހަ ކަމާ އެކު ހޯދައި ދަތުރުތައް ކުރެވޭނެ އެވެ. އާޒިމްގެ މޭސްތިރި ކަމުގައި ހަމަޖެހިފައި އޮތް ގަޑިތަކެއްގައި ފުރާ، ގަޑިއަށް ލަފާ އުޅަނދުތަކަކަށް ފެރީތައް ހަދައި އާންމުގެ ބޮޑު އިތުބާރެއް ހޯއްދެއްވި އެވެ.
އާޒިމް މާލޭގެ މޭޔަރު ކަމުގެ މަގާމަށް ވަޑައިގެން، މާލެ ބަދަލުކޮށްލައްވަން، ބޭނުން ވަނީ، ބަގީޗާއެއް ފަދަ ހިތްގައިމު، ވަސްމީރު މަންޒިލަކަށެވެ. މާލެ އަކީ މި ސަރަހައްދުގެ އެންމެ ދުވަސްވީ ވެރިރަށެވެ. ތާރީހީ މި ހަގީގަތުގެ ކުރިމަތީގައި ފެންނަން އޮތް، "މާލެ" އަކީ ޖައްވު ނުސާފު، ތޮއްޖެހި ރަށެވެ. ހިނގާ ބިނގާވެ އަދި ވެހިކަލް ދުއްވަން ޖެހެނީ، ފިތިބާރުވެގެންނެވެ.
ޕާކިންގެ ދަތި ބޮޑުވެ، ޑަބަލް ޕާކިންގެ ސަބަބުން، އިތުރަށް މަގުތައް ހަނިވެ، މާލެ އޮތީ ނޭވާ ހޮޅިއަށް އެޅިފަ އެވެ. އެހެން އޮއްވައި އިމާރާތް ހަދަން ކޮންނަ ތަންތަނުގެ ފެން ބޭރު ކުރަން ޕޭމަންޓުތަކުގައި ހޮޅި އެޅުމުން، ގޭގެއަށް ވަދެ ނިކު އުޅުން ވަނީ ތަކުލީފަކަށްވެފަ އެވެ.
މާލޭގެ އާ މޭޔަރުކަމަށް ވާދަކުރާ އާދަމް އާޒިމްއާ އެމްޑީޕީގެ ކެންޑިޑޭޓުންގެ ކެމްޕެއިން ލޯންޗުކުރުމަށް ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް އާ އާޒިމް ވާހަކަދައްކަވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ހިތްފަސޭހަ، ޒަމާނީ ބަދަލުތަކެއް ގެނެސް، މިހާރު މި އޮތް ދަތި ހާލަތު ބަދަލުކޮށްލަދޭނޭ ތަސައްވުރެއް އޮތީ އާޒިމްގެ މެނިފެސްޓޯގަ އެވެ. އެއީ، މީރުވަސްދުވާ، ހިތްފަސޭހަ ރަށަކަށް މާލެ ހެދުމުގެ ތަސައްވުރެވެ.
މާލޭގެ ޕާކިންގެ މައްސަލައަށް ހައްލެއް ގެނެސްދެއްވައި، ހާއްސަ އެހީއަށް ބޭނުންވާ މީހާއަށް ވެސް ފަސޭހަ ތަނެއްގެ ގޮތުގައި، ޒަމާނީ ފެންވަރަށް މަގުތައް ހަދައިދޭން އޭނާ ބޭނުން ވެ އެވެ. ދިޔަދޮވިތަކުން ފެންފޭބުމުގެ މައްސަލަ ހައްލުކޮށް ހިނގާބިނގާވެ އުޅޭ މީހުންނަށް ލިބޭ އުނދަގޫތަކަށް ހައްލު ހޯއްދަވާނެ އެވެ. އާޒިމްގެ އެންމެ މުހިންމު އެއް މަސައްކަތަކަށް ވާނީ މާލޭގައި މަޖުބޫރުން ދިރިއުޅެން ޖެހިފައިވާ މީހުން، އުޅޭ ހިތުން އުޅޭ ބަގީޗާއަކަށް މާލެ ހެއްދެވުމެވެ. މި ތަސައްވުރަށްވުރަށް ވާސިލު ވުމުގެ މަސައްކަތް އާޒިމް ފަށްޓަވާނީ، މާލެއަށް ދިމާވެފައިވާ ބޯހިޔާވަހި ކަމުގެ މައްސަލައަށް އެންމެ ގާތުން ފެންނާން އޮތް، ހައްލު ހޯދަން މަސައްކަތް ކުރާނެ މޭޔަރެއްގެ ގޮތުގަ އެވެ. މާލޭގެ ރައްޔިތުންނަށް ހުޅުމާލެ، ތިލަފުށި، ގޯތި ދިން ހިއްކި ބިންތަކުގައި މަގުތައް ހަދައި، ކަރަންޓާއި ނަރުދަމާ އަޅައި ސާފު ފެން ފޯރުކޮށްދީ، ޕާކުތަކާއި ޕަބްލިކް އޭރިއާތައް ހެދުމުގެ އަޒުމެއް އާޒިމްގެ އެބަ އޮތެވެ. އަދި އަސާސީ ހިދުމަތާއި، ސިޓީއެއްގެ ހިދުމަތްތައް ފަރުމާކޮށް، މާލެ ރައްޔިތުންނަށް ލިބިފައިވާ ގޯތިތަކުގައި، ގެ އަޅައިގެން އުޅެވޭނެ ދުވަހެއް ހޯއްދަވަން، ފުރަތަމަ ދުވަހުން ފެށިގެން އާޒިމް މަސައްކަތް ފަށްޓަވާނެ އެވެ.
ނޯޓް: މިއީ ޕްރޮމޯޝަނަލް އާޓިކަލް އެކެވެ.
"މާލޭގެ ބިންތަކުން ފައިދާވާ ގޮތަށް ތަރައްގީކޮށްދޭނަން"
މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ފަސްތަރީގެ ފާހާނާތައް
އާނަ: އެހީތެރިއެއް، "ކޮންމެ މީހަކު ވެސް މުހިންމު"
ފޭދޫ ބަދަލުކޮށްލެވޭނެ ތަޖުރިބާ ހުރި ކެންޑިޑޭޓަކީ މިއީ
އީވާ: ގަލޮޅު އުތުރަށް އިމްތިހާނުވެފައި، އިތުބާރު ހިފޭ
އަލީ ޒާހިރު: މިނިވަންކަމާއެކީ ތަފާތު ދައްކަން!
އިތުބާރު އުފައްދަން ހޮވަންވީ ކުޑޫ: 100ޕަސެންޓް ދޭނެ
އިއްސެ: ފުރިހަމަ ސޯލްޖަރެއް، ތަފާތުވާނެ
އިމްރާން: މަކުނުދޫ ދާއިރާއާ އޮތީ ހާއްސަ ގުޅުމެއް!
ސަގީފު: ރައްޔިތުންގެ ރައްޔިތެއްގެ ގޮތުގައި އަޑުއުފުލަން