04 އެޕްރީލް 2024
ރ. އިނގުރައިދޫގައި އިސްމާއިލް އަލީ (އިއްސެ)ގެ ބައިވެރިވުމެއް ނެތި އިޖުތިމާއީ އެއްވެސް ހަރަކާތެއް ނުހިންގޭނެ އެވެ. ޒުވާނުން ކަމެއްގައި އިސް ނެގިޔަސް އެންމެ ކުރީ ސަފުގައި އޭނާ ހުރެ އެވެ. އެ ރަށުގެ ކުދިބޮޑު އެންމެންނާ ގުޅޭ އިސްމާއިލް އަލީ ދާއިރާގ ގިނަ ޒުވާނުންނާ ގުޅުން ރަނގަޅެވެ. އެ ދާއިރާ އިން ޒުވާނުން ބިނާކުރުމުގައި ވެސް އޭނާގެ ދައުރު ބޮޑެވެ.
ރ. އިނގުރައިދޫގައި އިސްމާއިލް އަލީ (އިއްސެ)ގެ ބައިވެރިވުމެއް ނެތި އިޖުތިމާއީ އެއްވެސް ހަރަކާތެއް ނުހިންގޭނެ އެވެ. ޒުވާނުން ކަމެއްގައި އިސް ނެގިޔަސް އެންމެ ކުރީ ސަފުގައި އޭނާ ހުރެ އެވެ. އެ ރަށުގެ ކުދިބޮޑު އެންމެންނާ ގުޅޭ އިސްމާއިލް އަލީ ދާއިރާގ ގިނަ ޒުވާނުންނާ ގުޅުން ރަނގަޅެވެ. އެ ދާއިރާ އިން ޒުވާނުން ބިނާކުރުމުގައި ވެސް އޭނާގެ ދައުރު ބޮޑެވެ.
އޭނާގެ އެންމެ ބޮޑު ކާމިޔާބީއަކީ ކޮށްދެވުނު ގައުމީ ހިދުމަތެވެ. އޭނާ ރިޓަޔާކުރީ 22 އަހަރު ސިފައިން ގޭގައި އުޅުމަށް ފަހު އެވެ. ސިޔާސީ މަސައްކަތަށް ނުކުތީ ރައްޔިތުންނާ ގާތުން ހިދުމަތް ކުރުން ދޫކޮށްލަން ބޭނުން ނުވާތީ އެވެ.
މި ހިނގާ 19 ވަނަ މަޖިލީހަށް އަމިއްލަ ގޮތުން އިއްސެ ވާދަކުރި އެވެ. އެކަމަކު ސިޔާސީ ފިކުރަށް ރައްޔިތުން ވޯޓު ދޭތީ އޭނާ ބޭނުންވަނީ މަޖިލީހުގައި އަދާލަތު ޕާޓީ ތަމްސީލްކުރާށެވެ.
އިއްސެ ބުނި ގޮތުގައި އަދާލަތު ޕާޓީގެ ފަރާތުން މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވަން ނިންމެވީ ދާއިރާ ރައްޔިތުންނާ ގާތުން މަސައްކަތްކޮށް އެ ރައްޔިތުންގެ ދިރިއުޅުމަށް ބަދަލުތަކެއް ގެނެސްދިނުމަށެވެ. މަޖިލިސް އަބުރުވެރި މަޖިލީހަކަށް ހެދުމަކީ ވެސް އޭނާގެ އޮތް އަޒުމެކެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑަކީ ވަރަށް ބޮޑު ހޭދައެއް ދައުލަތުން ކޮށްގެން ޓްރެއިން ވެފައި ހުރި ސޯލްޖަރެއް. ގައުމީ ލޯބި ހުންނާނެ، އަޅުގަނޑުމެން ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ވިސްނާވަރަކަށް ކޮންމެ މީހަކު ނުވިސްނާނެ، ގައުމިއްޔަތު އަޅުގަނޑުގެ ހުރި ވަރަކަށް އެހެން މީހެއްގެ ނުހުންނާނެ. މިއީ ގައުމީ ދަރިއެއް."
އިއްސެ، މަޖިލިސް އިންތިހާބުގެ ކެމްޕެއިންގައި
ހަޔާތުގެ ބޮޑު ބައެއް ގައުމުގެ ސަލާމަތާއި ރައްކާތެރި ކަމަށް މަސައްކަތް ކޮށްދީފައިވާ އިއްސެ، ސިޔާސީ ދާއިރާއަށް ނުކުމެ މަޖިލީހަށް ކުރިމަތިލާން ނިންމި އެންމެ ބޮޑު އެއް ސަބަބަކީ ގައުމުގެ ކަންކަން ކޮންމެ ގޮތަކަށް ދާން އޭނާ ބޭނުން ނުވާތީ އެވެ. އޭނާ ބޭނުން ވަނީ އެފަދަ ކަންކަން އިސްލާހުކުރުމުގެ މަސައްކަތުގައި ބައިވެރިވާށެވެ.
"އަޅުގަނޑުމެން މި އުޅުނީ ގައުމީ ސަލާމަތާއި ރައްކާތެރިކަން ގާއިމްކޮށްދިނުމުގެ ތެރޭގައި. އެހެންވެ އަޅުގަނޑަށް ގަބޫލު ކުރެވެނީ އަޅުގަނޑުގެ ފަރުދީ ޒިންމާއެއް އެބަ އޮތް ކަމަށް. އަދި އިސްލާހު ކުރަން ޖެހޭ ކަންކަން ހުރި ކަމަށް. ގައުމުގެ ކަންކަން ގޯސްކޮށް ދާއިރު ގޯސްކޮށް ދުއްވާލަން ބަލަހައްޓައިގެން ހުރެވޭކަށެއް ނެތް. އެއީ އަސްލު ސިޔާސީ ދިމާލަކަށް ނުކުންނަން ނިންމި ސަބަބަކީ، އިސްލާހީ މަސައްކަތްތަކެއް ކުރުމަށް،" އޭނާ ބުންޏެވެ.
އިނގުރައިދުއަށް އުފަން އިއްސެ އުޅެ ބޮޑުވީ ވެސް އެތަނުގަ އެވެ. ރައްޔިތުންގެ ހާލަތާއި، އެ ހާލަތު ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އޭނާއަށް އެނގެ އެވެ. އެކަންކަން ވަރަށް ގާތުން ބަލައިފި އެވެ. އިސްލާހު ކުރަން ޖެހޭ ކަންކަން ވެސް ޕްލޭންކޮށް ނިންމައިފި އެވެ.
އިއްސެ، މަޖިލިސް އިންތިހާބުގެ ކެމްޕެއިންގައި
"މި ދާއިރާގައި ހިމެނޭ ރަށްތަކަކީ އަމިއްލަ މަސައްކަތްތައް ކޮށްގެން އުޅޭ މީހުންތަކެއް ދިރިއުޅޭ ދާއިރާއެއް. ހާއްސަކޮށް ވަޑާން ކުރުމަކީ ވަރަށް ގިނަ މީހުން ކޮށް އުޅޭ ކަމެއް. އެ ހުރިހާ މީހުންނަކީ ވެސް އަމިއްލައަށް ކުރާ މަސައްކަތުން ވެސް ފުދޭ ވަރަކަށް ރަނގަޅު އާމްދަނީއެއް ލިބިގެން އުޅޭ މީހުން،" އޭނާ ބުންޏެވެ.
"އެ މަސައްކަތުން ރައްޔިތު މީހާއަށް ފައިދާކޮށް، އެ މަސައްކަތް ފުޅާކޮށް، އެއިން މިހާރަށް ވުރެ ރަނގަޅު ނަފާއެއް ލިބޭނެ ކަމަކަށް ހަދަން ޖެހޭ."
އިއްސެ ދެކޭ ގޮތުގައި ރ. އަތޮޅުން ތިން ވަނައަށް އެންމެ ބޮޑު އާބާދީ އޮތް އިނގުރައިދޫ ދާއިރާއަށް މީގެ ކުރީގެ ސަރުކާރުތަކުން މާ ބޮޑު އަހައްމިއްޔަތު ކަމެއް ނުދެ އެވެ. ނަމަވެސް މިހާރުގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) ގެ މަސައްކަތަށް ތައުރީފު ހައްގެވެ.
އިއްސެ، މަޖިލިސް އިންތިހާބުގެ ކެމްޕެއިންގައި.
"އެގޮތަށް ބަލަމާ އެންމެ ތަނެއް، ރަށު އޮފީސް. މައުމޫނު ދައުރުގައި އެންމެ ފުރަތަމަ އެޅި އޮފީސް އަދި ވެސް އޮފީހަކަށް ހުރީ. އެއީ އެންމެ އާދައިގެ ގޮތަކަށް ބުނާ ނަމަ އެއް ރޯދަ މަހު ޓިނުކޮޅެއް އަނެއް ރޯދަމަހު ސިމެންތި ކޮޅެއް ޖަހައިގެން ހަދާފައި ހުރި ތަނެއް. އޭރު ހެދި ގޮތަށް އެ ހުރީ،" އިނގުރައިދުއަށް އަރާއިރު އެއީ ކޮން ރަށެއްކަން އެނގޭނެ ނަން ބޯޑެއް ޖަހާލެވިފައި ވެސް ނެތް ކަމަށް އޭނާ ބުންޏެވެ.
"މި ދާއިރާގެ ރަށްތަކުގެ މީހުންނަކީ ސިޔާސީ ގޮތުން ހަލަބޮލި މީހުން ދިރިއުޅޭ ތަނަކަށް ނުވީމަ އެއްވެސް ބަޔަކު އަޅާ ނުލާފައި މި ހުންނަނީ. މިކަހަލަ ކަންކަން ރަނގަޅު ކުރަން މި ދާއިރާއަށް ނިސްބަތްވާ މީހަކު ހޮވުމަކީ ވަރަށް މުހިންމު ކަމެއް،" އިއްސެ ބުންޏެވެ.
ސިޔާސީ ދާއިރާގައި އުޅޭ ކޮންމެ މީހަކު ނުވަތަ ބަޔަކު ވެސް ރައްޔިތުންގެ ފަރާތުން ކަމެއް ބޭނުންވާ ނަމަ ކޮށްދޭނެ ކަންކަމުގެ މެނިފެސްޓޯއެއް ތައްޔާރުކުރެ އެވެ. ނަމަވެސް އެއީ އިއްސެ ގަބޫލުކުރާ ގޮތުގައި އެކަން ކުރަން އެންމެ ރަނގަޅު ގޮތެއް ނޫނެވެ.
ރައްޔިތުންގެ ގާތަށް "ދޮރުން ދޮރަށް" ހިނގައި އެ މީހުންގެ ކަންބޮޑުވުންތައް އަޑު އެހީ އެކަން ކަމުނުދާތީ ކަމަށް ބުންޏެވެ. އިއްސެ ގަބޫލުކުރާ ގޮތުގައި "މެނިފެސްޓޯ" ހެދުމަކީ ވޯޓު ހޯދުމަށް ޖަހާ "މަޅި" އެކެވެ.
އިއްސެ، މަޖިލިސް އިންތިހާބުގެ ކެމްޕެއިންގައި.
"މެމްބަރުން ރައްޔިތުން ގާތަށް މި އަންނަނީ މެނިފެސްޓޯ ހަދައިގެން. ތިމަންނަ މި ދާއިރާއަށް ހޮވިއްޖެނަމަ މިކަމެއް ކޮށްދޭނަމޭ. އެއީ ސަރުކާރުގެ ޕޮލިސީއާ މުޅިން ތަފާތު ކަމެއް. ސަރުކާރު އަންނަނީ، ނުވަތަ ރައީސަކު މި އަންނަނީ ކުރިއަށް އޮތް ފަސް އަހަރަށް ގައުމަށް ކޮށްދެއްވާނެ ކަންތައްތަކެއް ކަނޑައަޅައިގެން. ނުވަތަ ޕްލޭން ކޮށްގެން. މެމްބަރުން ކޮށްދޭން ޖެހޭ ކަމަކީ އެ ކަންކަން ތަންފީޒު ކޮށްދިނުމަށް ރައީސަށް އެހީތެރިވެދިނުން، ގައުމު އާރާސްތު ކުރުމަށް،" އޭނާ ވިދާޅުވި އެވެ.
"ކައުންސިލަރަކަށް ކުރިމަތިލާ މީހަކު ނުވަތަ މެމްބަރަކަށް ކުރިމަތިލާ މީހަކު މި އަންނަނީ އަނެއްކާ ވެސް މެނިފެސްޓޯއެއް ހަދައިގެން. އެކަންތައް ކިހިނެތްތޯ ވާނީ. އާންމު ރައްޔިތުން އެކަމުގެ ތެރޭގައި ޖެއްސުމަށް މި ކިޔަނީ މަގު ހަދައިދޭނަމޭ ފެން އަޅައިދޭނަމޭ ނޫނީ ބްރިޖް އަޅައިދޭނަމޭ. އެއީ ސަރުކާރުގެ ޕޮލިސީ ތެރޭގައި ނެތް ކަމެއް ނަމަ އެ ހެދެނީ ރައްޔިތު މީހާ އަށް ދޮގެއް،" އިއްސެ ބުންޏެވެ.
އިއްސެ ބުނި ގޮތުގައި ދާއިރާގެ ތަރައްގީ އާއި ކުރިއެރުމަށް ސަރުކާރުން ކުރާ ކަންކަމަށް އެއްބާރުލުން ދޭނެ އެވެ. އޭނާ ރައްޔިތުންނަށް ދޭ ޔަގީން ކަމަކީ ވަކި ސިޔާސީ އެޖެންޑާއެއް ކުރިއެރުވުމުގެ ބަދަލުގައި ރައްޔިތުންނަށް ހިދުމަތްކުރުމުގެ ވިސްނުމުގައި މަސައްކަތްކުރާނޭ މީހަކަށް ވާނެ ކަމެވެ.
އާ ކަންކަން ކުރަން ވައުދުވުމުގެ ބަދަލުގައި ކޮންމެ އަހަރަކު ރާއްޖޭގެ ކޮންމެ ރަށަކަށް ކޮށްދޭނެ ކަންކަމާއި ކުރަން ރާވާފައި ހުންނަ ކަންކަން އަންގައިދީ ސަރުކާރުން ކަނޑައަޅައި ބަޖެޓުގައިވާ ކަންކަން ސަރުކާރާ ގުޅިގެން ކުރުމަކީ އިއްސެ ގަބޫލުކުރާ ގޮތުގައި މެމްބަރުންގެ ޒިންމާ އެވެ. ގައުމަށް ވެސް ފައިދާ ވާނެ ގޮތަކީ އެއީ އެވެ.
އިއްސެ، މަޖިލިސް އިންތިހާބުގެ ކެމްޕެއިންގައި
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑަކީ ވަރަށް ބޮޑު ހޭދައެއް ދައުލަތުން ކޮށްގެން ޓުރެއިން ވެފައި ހުރި ސޯލްޖަރެއް، ގައުމީ ލޯބި ހުންނާނެ، އަޅުގަނޑުމެން ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ވިސްނާވަރަކަށް ކޮންމެ މީހަކު ނުވިސްނާނެ، ގައުމިއްޔަތު އަޅުގަނޑުގެ ހުރި ވަރަކަށް އެހެން މީހެއްގެ ނުހުންނާނެ. މިއީ ގައުމީ ދަރިއެއް،" އޭނާ ބުންޏެވެ.
އިނގުރައިދުއަކީ ދާއިރާގެ އެންމެ އާބާދީ ބޮޑު ރަށެވެ. ކެމްޕޭނުން އިސްމާއިލް ވަނީ އިނގުރައިދޫގެ ސަމާލުކަން ޔަގީނުން ވެސް ހޯދައިފަ އެވެ. އަދި ގިނަ ޒުވާނުންގެ ތާއިދު ވެސް ހޯދައިފަ އެވެ.
"ކުރީ ފަހަރު ވެސް އަޅުގަނޑާ އެއްކޮށް މަސައްކަތް ކުރަން އުޅުނު ޓީމު އެއްކޮށް މި އޮތީ އަޅުގަނޑާ އެކު،" އޭނާ ބުންޏެވެ.
އޭރު ހަމަ އެކަނި ރަށުގައި ކެމްޕޭން ކުރެއްވި ނަމަވެސް މިފަހަރު އިއްސެ ވަނީ ދާއިރާގެ އެހެން ރަށްތަކަށް ގޮސް، އެ ރަށްތަކުގެ ރައްޔިތުންގެ ގާތަށް ޒިޔާރަތްކޮށް ހާލަތު ގާތުން ބަލައިފަ އެވެ.
އިއްސެ، މަޖިލިސް އިންތިހާބުގެ ކެމްޕެއިންގައި
އިއްސެ ދޭ ޔަގީން ކަމަކީ ދާއިރާގެ ވަކި ރަށެއް ތަފާތު ނުކުރާނެ ކަމެވެ. ހުރިހާ ރަށެއްގެ ރައްޔިތުން ހަމަހަމަ ވާނެ އެވެ. އިނގުރައިދޫ ދާއިރާގެ ރައްޔިތުންނަށް އޭނާ ވާނީ ރައްޔިތުންނާ ގާތުން މަސައްކަތް ކުރައްވާ، ރައްޔިތުންގެ މެމްބަރަކަށް ކަމަށެވެ.
"ވޯޓު ލާއިރު މިކަމަށް އެންމެ ގާބިލީ ކޮން ބޭފުޅެއްތޯ ބަލައި ވޯޓު ދެއްވާތި. ޕާޓީ ފިކުރަކަށް އާއިލާ މީހަކަށް ބެލުމެއް ނެތި، އެކަމަށް އެންމެ އެކަށީގެންވާ މީހާއަށް ވޯޓު ދެއްވާތި،" އޭނާ ބުންޏެވެ.
އިއްސެގެ ސިޔާސީ ހަޔާތުގައި ވެސް އޭނާ އެންމެ ފުރަތަމަ ގުޅުނު ޕާޓީއަކީ އަދާލަތު ޕާޓީ އެވެ. މިދިޔަ މަޖިލިސް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ކުރި ނަމަވެސް މިފަހަރު އަދާލަތު ޕާޓީއާ ގުޅިގެން މަސައްކަތް ކުރަން ނިންމީ އެ ޕާޓީއަކީ މިވަގުތަށް އޭނާއަށް ފެނުނު އެންމެ ރަނގަޅު ޕާޓީއަށް ވުމެވެ.
އެ ޕާޓީގެ ކެންޑިޑޭޓަކަށް ވާއިރު ހުންނަން ޖެހޭ ޝަރުތުތަކަކީ އެހެން ޕާޓީއެއްގައި ނުބަލައި ކަންކަމަށް ވުމެވެ.
"އަޅުގަނޑަށް ދާއިރާގެ ވަރަށް ގިނަ މީހުންނާ [ޑޯޓުޑޯ] އިން ބައްދަލު ވެއްޖެ. ވަރަށް ގިނަ މީހުން އަހައި ސަރުކާރާ އިދިކޮޅު މީހަކަށްތޯ ވާނީ. ނުވަތަ [ސަރުކާރާ] އެއްކޮޅު މީހަކަށްތޯ ވާނީ. އިދިކޮޅު މީހެއްނަމަ ރައްޔިތުން ކުރަން ބޭނުންވާ ކަންކަން ނުކުރެވި ދާނީ،" އޭނާ ބުންޏެވެ.
"އަޅުގަނޑަށް އެއީ ގޯސް ކަމެއްކަން އެނގޭ ކަމަށް ވެއްޖެނަމަ، އެއީ އަދާލަތު ޕާޓީން ކުރާ ކަމެއް ކަމަށްވީ ނަމަވެސް އެކަމަކާ ދެކޮޅު ހަދާނަން. ސަރުކާރުން ކުރާ ކަމަކީ ރަނގަޅު ކަމެއް ކަމަށްވާނަމަ އެކަމަކަށް އަޅުގަނޑު ތާއީދު ކުރާނަން. ސަރުކާރާ އެއްކޮޅަށް ހުންނާނީ. އެއީ އަދާލަތުން އެކަމަކާ އިދިކޮޅު ވިޔަސް."
އިއްސެ އިނގުރައިދޫ ފުޓުބޯޅަ ޓީމާއެކު.--
އޭނާ ބުނީ މުހިންމީ ސިޔާސީ ޕާޓީއެއް ނުވަތަ ވަކި ފިކުރެއް ނޫން ކަމަށެވެ. އެއީ އެ މީހަކު ގަބޫލުކުރާ ގޮތާއި ރައްޔިތުންނަށް އެ ކަމެއް ކޮށްދިނުމުގެ ޒިންމާ ނަގައި، ކޮށްދޭން ޖެހޭ ކަންކަން ކޮށްދިނުމުގައި ދެމި ހުރުމެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެއީ [ފައިސާއަށް ވިކުމަކީ] އޮތް އޮޕްޝަނެއް ނޫން. [މެމްބަރުން] ގަތުމެއް ނޫން، ފައިސާއަށް ވަކި ކަމެއް ކުރުން ނޫނީ ނުކުރުން، އެއީ އަޅުގަނޑު ވިސްނާފައި އޮތް ކަމެއް ނޫން. އެއީ އޮޕްޝަނެއް ނޫން،" އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.
"އަޅުގަނޑު ރައްޔިތުންނަށް ދޭ ޔަގީން ކަމަކީ، ރައްޔިތަކު ކަމެއް ޖެހިގެން އަންނަ ދުވަހު އެކަމެއް ކޮށްދިނުމަށް އެންމެ ފުރަތަމަ ކައިރީ ހުންނާނެ މީހަކަށް ވާނެކަން. ކޮންމެ ކަމެއްގައި ވެސް ރައްޔިތުންނާ އެކު މަސައްކަތް ކުރާނެކަން."
އަލީ ޒާހިރު: މިނިވަންކަމާއެކީ ތަފާތު ދައްކަން!
އިމްރާން: މަކުނުދޫ ދާއިރާއާ އޮތީ ހާއްސަ ގުޅުމެއް!
ސަގީފު: ރައްޔިތުންގެ ރައްޔިތެއްގެ ގޮތުގައި އަޑުއުފުލަން
އާނަ: އެހީތެރިއެއް، "ކޮންމެ މީހަކު ވެސް މުހިންމު"
ފޭދޫ ބަދަލުކޮށްލެވޭނެ ތަޖުރިބާ ހުރި ކެންޑިޑޭޓަކީ މިއީ
އީވާ: ގަލޮޅު އުތުރަށް އިމްތިހާނުވެފައި، އިތުބާރު ހިފޭ
އިތުބާރު އުފައްދަން ހޮވަންވީ ކުޑޫ: 100ޕަސެންޓް ދޭނެ
އިސްތިއުފާ ދިނުމުގެ ވިސްނުމެއް މި ވަގުތު ނެތް: ފައްޔާޒު
ބޮޑު ދެ އިންތިހާބުން އެމްޑީޕީ ބަލިވި ސަބަބު ބަލަނީ!
އަބްދުއްރަހީމް މަޖިލިހުގެ ރައީސްކަމަށް، ދިނީ ޔަގީންކަން