30 މާޗް 2024
"ރައްޔިތުންނާ ގުޅުން ހުރި މުހިންމު އެތައް ބިލެއް އަތް ވެސް ނުލާ އެބަހުރި, ގާނޫނުތަކަށް ރައްޔިތުން ގެންނަން ބޭނުންވާ އިސްލާހުތައް ފައިލް ކޮށްފައި އެބަހުރި. މުހިންމު ވޯޓެއް ލާ ދުވަހު, އަހަރުމެން ވޯޓުލައިގެން ހޮވި މީހާ އިންނަނީ ފިއްތާނެ ބަޓަނެއް ނޭނގިފައި،"
"ރައްޔިތުންނާ ގުޅުން ހުރި މުހިންމު އެތައް ބިލެއް އަތް ވެސް ނުލާ އެބަހުރި, ގާނޫނުތަކަށް ރައްޔިތުން ގެންނަން ބޭނުންވާ އިސްލާހުތައް ފައިލް ކޮށްފައި އެބަހުރި. މުހިންމު ވޯޓެއް ލާ ދުވަހު, އަހަރުމެން ވޯޓުލައިގެން ހޮވި މީހާ އިންނަނީ ފިއްތާނެ ބަޓަނެއް ނޭނގިފައި،"
އަންނަ މަހުގެ 21 ގައި ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އަދާލަތު ޕާޓީގެ ޓިކެޓުގައި ވައިކަރަދޫ ދާއިރާ އަށް ވާދަކުރައްވާ ހުސެއިން ސަގީފު ދެއްވަނީ އެކަން އެހެން ނުވާނެ ކަމުގެ ޔަގީންކަމެވެ.
ވައިކަރަދޫ، ކުރިނބި އަދި ނެއްލައިދޫ ހިމެނޭ ދާއިރާ އަށް ސަގީފު ވާދަކުރައްވަނީ އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަސްލަހަތާއި ގުޅުން ހުރި ގާނޫނުތައް ހެދުމުގައި ރައްޔިތުން އިސްކޮށް، ސަރުކާރު ޖަވާބުދާރީ ކުރުވަން ޖެހޭ ހާލަތުގައި އެކަން ކުރައްވާށެވެ.
"ކޮންމެ ރައްޔިތަކަށް އަޅުގަނޑާ ގުޅޭނެ، ސީދާ ރައްޔިތުންނާ ގުޅޭ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ގާތަށް ގޮސް ރައްޔިތުންގެ މަޝްވަރާ ހޯދައިގެން ނޫނީ އަޅުގަނޑު މަސައްކަތެއް ނުކުރާނަން،" ސަގީފު ވިދާޅުވި އެވެ.
ސަގީފަކީ އޭނާގެ އުފަން ރަށުގައި އުޅުއްވައި، ބޮޑުވެ އެ ރަށުން ކިޔަވައިގެން ހުންނެވި ބޭފުޅެކެވެ. އައިޓީގެ ދާއިރާ އިން އިތުރު ތައުލީމު މާލެ އިން ހާސިލް ކުރައްވާފައިވާއިރު، އެ ދާއިރާގައި ގިނަ ދުވަސް، ރާއްޖެ އާއި ރާއްޖޭން ބޭރުގެ އެކި ކުންފުނިތަކާއި ރިސޯޓްތަކުގައި މަސައްކަތް ކުރެއްވި އެވެ.
އެ އަށް ފަހު، އޭނާގެ ސިޔާސީ ހަޔާތުގެ ފުރަތަމަ ފިޔަވަޅު 2014 ވަނަ އަހަރު އެޅުއްވި އެވެ. ވަރަށް ކާމިޔާބު އެ ފިޔަވަޅުގައި ސަގީފު އިންތިހާބުވީ ވައިކަރަދޫ ނިސްބަތްވާ ހދ. އަތޮޅު ކައުންސިލަށެވެ. އެ ދައުރުގެ ތެރޭގައި އޭނާ ވަނީ ހދ. އަތޮޅު ކައުންސިލްގެ ރައީސްކަން ވެސް ކުރައްވައި، އަތޮޅަށް ގިނަ ހިދުމަތްތަކެއް ކޮށް ދެއްވާފަ އެވެ.
ހާއްސަކޮށް ހދ. އަތޮޅުގައި ޓޫރިޒަމް ނެތުމުން، އެކަން ސަމާލުކަމަށް ގެންނަން ފެށި "ޓޫރިޒަމް ނެތް ހދ. އަތޮޅު" ކެމްޕެއިންގައި އިސްކޮށް މަސައްކަތްތަކެއް ކުރެއްވި އެވެ. އެ މަސައްކަތުގައި އޭނާ އަށް ގިނަ ހުރަސްތަކެއް ކުރިމަތި ކުރުވި އެވެ. އެކަމަކު، ކައުންސިލްތަކުގެ ބާރު އޭރުގެ ސަރުކާރުން އަތުލުމުން އިހުތިޖާޖު ކުރުމުގެ ގޮތުން އޭނާ ކައުންސިލުން އިސްތިއުފާ ދެއްވި އެވެ.
އޭގެ ފަހުން 2019 ވަނަ އަހަރުގެ މަޖިލިހުގެ އިންތިހާބުގައި ވެސް ވައިކަރަދޫ ދާއިރާ އަށް ސަގީފު ވާދަކުރައްވައި، ރަނގަޅު ތާއީދެއް ހޯއްދެވި އެވެ. ނަމަވެސް، އިންތިހާބު ކާމިޔާބު ނުވެ އެވެ. މިދިޔަ ފަސް އަހަރު އޭނާ ހާއްސަކުރީ ވަރަށް ޒުވާން އުމުރުން ވެސް ކުރަމުން އަންނަ ނޫސްވެރިކަމަށެވެ. ހދ. އަތޮޅުގެ އަޑު އިއްވުމަށާއި މައުލޫމާތުތައް ގެނެސްދޭ "ތިލަދުން"ގެ ނަމުގައި ނޫހެއް ހައްދައި އެ ނޫސް ހިންގުމުގައި މަސައްކަތް ކުރެއްވި އެވެ.
ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަގުބޫލުކަން ލިބުނު "ތިލަދުން"ގެ ފަރާތުން ސަގީފު ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް ވެސް އިންތިހާބުވެފަ އެވެ. އޭނާގެ ދައުރުގައި ނައިބު ރައީސްކަން އަދާކުރެއްވިއިރު މީޑިއާ ކުރިއެރުވުމަށް އޭނާ އިސްވެ ގިނަ މަސައްކަތްތަކެއް ކުރައްވާފައި ވެ އެވެ.
ހުސެއިން ސަގީފު: ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވައިކަރަދޫ ދާއިރާއަށް އޭނާ ވާދަކުރަނީ އެ ދާއިރާއަށް ސިޔާސީ ހަމަޖެހުން ގެނެސްދީ، ރައްޔިތުންގެ ރައްޔިތެއްގެ ގޮތުގައި ރައްޔިތުންގެ އަޑު އުފުލުމަށް
މީޑިއާގެ ކާމިޔާބު ފަސް އަހަރަށް ފަހު ސަގީފު މިހާރު އަނެއްކާ ނުކުމެ ހުންނެވީ ސިޔާސީ ދާއިރާ އިން ވައިކަރަދޫ ދާއިރާ އަށް ހަމަޖެހުމާއި ބާރުވެރިކަން ގެނެސްދިނުމުގެ އަޒުމުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
ސަގީފު ގަބޫލު ކުރައްވާ ގޮތުގައި ދާއިރާ އަށް އެންމެ ރަނގަޅު ގޮތަކީ އަދި ރައްޔިތުންނަށް ފައިދާހުރި ގޮތަކީ ދާއިރާއާ ގުޅޭ، ދަންނަ މީހަކު އިންތިހާބު ކުރުމެވެ. އޭނާ އަކީ ދާއިރާގައި އުޅެ ބޮޑުވެ، މިހާތަނަށް ވެސް ހިދުމަތް ކުރައްވައި، ރައްޔިތުންގެ އަޑު އިއްވަމުންދާ ބޭފުޅެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.
"އަޅުނގަޑަކީ، ތުއްކޮއިބޭގެ 7 ވަނަ ކާފަ ދަރި، ނެއްލައިދޫގައި އޮތީ ތުއްކޮއިބޭގެ އައިސަގެ، ދޮން އުނބުށޭނުގެ ދަރިފަސްކޮޅު، ކުރިނބީ ހުކުރުބޭ ގެ އާއިލާ އަކީ، ވައިކަރަދޫގެ އެންމެ ބޮޑު އެއް އާއިލާ، އަޅުގަނޑާއި، އަނބި ދަރިންގެ މަތިކޮޅު، ގުޅިފައިވަނީ މި 3 ރަށާ،" ސަގީފު ވިދާޅުވި އެވެ.
"އާރުކާޓީއެއް ނުލައި އަތޮޅުގެ ހުރިހާ ރަށެއްގައި ހިނގަން އެނގޭނެ، މަގެއް ނޯޅޭނެ، އެއީ، އަޅުގަނޑު އުޅެ ބޮޑުވި ތަން، ޚިދުމަތް ކުރަމުން އަންނަ ތަން، މިސާލަކަށް! މާ ދުރުން ވައިކުޑައިގައި އަންނަ މީހަކަށް އަޅުގަނޑުމެންނަށް ހެޔޮވަރަށް، ހެދުމެއް ފަހާކަށް ނޭނގޭނެ، އިތުރަށް މިން އަޅާ ވަގުތު ބޭކާރު ކުރާނެ ކަމެއް ނެތް."
ސަގީފު ވިދާޅުވި ގޮތުގައި ވައިކަރަދޫ ދާއިރާގެ ގޮނޑިއަކީ 'އަޖުމަ ބަލާލަން' ދޫކޮށްލާވަރުގެ ގޮނޑިއެއް ނޫނެވެ. މިއީ، ވައިކަރަދޫ އަލީ ކަތީބާއި ކުރިނބީ އަޙްމަދު އާދަމާއި ނެއްލައިދޫ މުދިން ކަލޭގެ ދައްކައިދިން މަގުން ނުކުމެ އެ ބޭފުޅުންގެ ކިބައިން ހިތްވަރު ލިބިގެން، ވައިކަރަދޫ ދާއިރާގެ ގޮނޑި އަކީ 'ފަހުރުވެރި' ގޮނޑިއަކަށް ހަދަންވީ ވަގުތު ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ވާނީ މި ދާއިރާގެ ލީޑަރަކަށް،" ސަގީފު ވިދާޅުވި އެވެ.
ވައިކަރަދޫ ދާއިރާގެ ތިން ރަށުގެ ރައްޔިތުންނާ ވަރަށް ގާތުން މަސައްކަތް ކުރެވި، އެ މީހުންގެ އަޑާއި އުދާސްތައް ވަރަށް ރަނގަޅަށް އިހުސާސް ކުރެވޭ ކަމަށް ސަގީފު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އޭނާ އަބަދުވެސް އިސްކުރާނީ ރައްޔިތުންނާއި އެމީހުންގެ ބޭނުންވާ ގޮތެވެ.
"މުޅި ތިލަދުންމަތީގެ ހާލަތު އަޅުގަނޑަށް އެނގޭ. ނަތީޖާއެއްގެ ގޮތުން ދާއިރާއަށް ބޭނުންވާ ތަރައްގީ އާއި ރައްޔިތުން ބޭނުންވާ ކަންކަން އަޅުގަނޑަށް ވަރަށް ސާފު." އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑަކީ، ނެއްލައިދޫ ކުރިނބީ ވައިކަރަދޫގެ އެންމެހާ ރައްޔިތުންގެ ރައްޔިތެއް."
"ހުރިހާ އުމުރު ފުރާ އެއްގެ މީހުންނާ ވެސް ގުޅޭ އެކުވެރިއެއް. ދާއިރާގެ ތަރައްގީގެ ކަންކަމުގައި ވަކާލާތު ކޮށް އަޑު އުފުލަމުންދާ ދާއިރާގެ ރައްޔިތެއް. ދެ ގޮތެއް ނުވެ މިއަދާ ހަމައަށް ސާބިތުކަމާ އެކު، ދާއިރާ އަށް އެކި ގޮތްގޮތުން ހިދުމަތް ކުރަމުން އަންނަ ހިދުމަތްތެރިއެއް."
ހުސެއިން ސަގީފު: ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވައިކަރަދޫ ދާއިރާއަށް އޭނާ ވާދަކުރަނީ އެ ދާއިރާއަށް ސިޔާސީ ހަމަޖެހުން ގެނެސްދީ، ރައްޔިތުންގެ ރައްޔިތެއްގެ ގޮތުގައި ރައްޔިތުންގެ އަޑު އުފުލުމަށް
ސަގީފު ވިދާޅުވީ ދާއިރާގެ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ތަނަވަސްކޮށް ދިނުމަށާއި މަސްވެރިކަމާއި ޓޫރިޒަމާއި ދަނޑުވެރި ކަމާއި އަދިވެސް ދާއިރާގައި ކުރަމުން އަންނަ އިގުތިސާދީ ހަރަކާތްތަކުގެ ފައިދާ ރައްޔިތުންނަށް ފުރިހަމައަށް ހޯދައިދިނުމަށްޓަކައި އޭނާ ކެރިގެން، ހިވާގިކަމާ އެކު މަސައްކަތް ކުރައްވާނެ ކަމަށެވެ.
ވިދާޅުވީ އޭނާ އަކީ ކަންކަން ކުރެއްވުމުގައި އަބަދުވެސް މަޝްވަރާގެ ރިވެތި އުސޫލު އިސްކުރައްވާ، އެ ކަމަށް ލޯބި ކުރައްވާ ބޭފުޅެއް ކަމަށާއި ރައްޔިތުންގެ މަޖިލީހަށް ރައްޔިތުންގެ ތާއިދާ އެކު، އިންތިހާބުކޮށް ދީފި ނަމަ އަބަދުވެސް އިސްކުރައްވާނީ ރައްޔިތުންގެ މަޝްވަރާ ކަމަށެވެ.
"ތިޔަ ލޮބުވެތި ރައްޔިތުން އަޅުގަނޑު ރައްޔިތުންގެ މަޖިލީހަށް އިންތިޚާބު ކޮށްދެއްވައިފި ނަމަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ މައްސަލަތަކުގައި ތިޔަ ލޮބުވެތި ރައްޔިތުންގެ މަޝްވަރާ އަޅުގަނޑު ހޯދާނަން. ދާއިރާގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކާއި ދާއިރާގެ މަދަނީ ޖަމިއްޔާތަކާއި ބައްދަލުކޮށް، އެ ފަރާތްތަކުގެ މަޝްވަރާ ވެސް ހޯދާނަން،" ސަގީފު ވިދާޅުވި އެވެ.
"ކޮންމެ ރައްޔިތަކަށް އަޅުގަނޑާ ގުޅޭނެ. ސީދާ ރައްޔިތުންނާ ގުޅޭ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ގާތަށް ގޮސް ރައްޔިތުންގެ މަޝްވަރާ ވެސް ހޯދާނަން."
ސަގީފު ވިދާޅުވީ އޮންލައިންކޮށް ހިޔާލާއި މަޝްވަރާ ދޭން ބޭނުންވާ މީހުންނަށް އެ ފުރުސަތު ވެސް ފަހިކޮށް ދޭނެ ކަމަށެވެ.
"ކުރިއަށް ދާނީ ތިޔަބޭފުޅުން ދައްކާ މަގުން،" ސަގީފު ވިދާޅުވި އެވެ.
ހުސެއިން ސަގީފު: ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވައިކަރަދޫ ދާއިރާއަށް އޭނާ ވާދަކުރަނީ އެ ދާއިރާއަށް ސިޔާސީ ހަމަޖެހުން ގެނެސްދީ، ރައްޔިތުންގެ ރައްޔިތެއްގެ ގޮތުގައި ރައްޔިތުންގެ އަޑު އުފުލުމަށް
ސަގީފު ވިދާޅުވީ ދައުލަތުގެ އެހެން ނިޒާމްތައް ފަސާދަވެ ތަރުތީބު ގެއްލެނީ މަޖިލިސް ފަސާދަވުމުން ކަމަށާއި ރައްޔިތުންގެ މަޖިލީހަކީ ޒާތީ ތައައްސުބުން އެއްކިބާވެ، ގައުމީ ކަންކަމާއި ތަރައްގީގެ ކަންކަމުގައި ސަރުކާރަަށް އެއްބާރުލުންދީ، މަގުން ކައްސާލައިގެންދާ ހިނދު، ސަރުކާރު ހަމަ މަގަށް އަޅުވަން ޖެހޭ ފަރާތް ކަމަށެވެ.
ސަގީފު ވިދާޅުވި ގޮތުގައި އޭނާ މަޖިލީހަށް މި ކުރިމަތިލީ ގޮނޑި ހޫނު ކުރާކަށް ނޫނެވެ. ރައްޔިތުންނަށް ހިދުމަތް ކުރައްވައި، ދާއިރާ އަށް ފާގަތިކަން ގެންނާށެވެ. އޭނާ ދެން ވެސް އެންމެ އިސްކަމެއް ދޭނީ ހދ. އަތޮޅަށް ޓޫރިޒަމްގެ ފައިދާ އޭގެ އެންމެ ފުޅާ ގޮތުގައި ގެންނާށެވެ.
"މި ވާހަކަ ދައްކަދައްކާ ކަރުން ހަންދާ ވަރު ވެއްޖެ، މި ވާހަކަ ދައްކަދައްކައި ތިއްބާ އެތައް ވެރިކަމެއް ނިމިގެން ހިނގައްޖެ. އެތަކެއް 'ސަރުކާރު މެންބަރުންނެއް' ތިލަދުންމަތިން ވެސް ހޮވިއްޖެ. 174 ރިސޯޓު ރާއްޖޭގައި މިހާރު އެބައޮތް. ރަން ބިސް އަޅާ ކުކުޅަށް 50 އަހަރު ވީ،" ސަގީފު ވިދާޅުވި އެވެ.
އެކަމަކު ސުވާލަކީ ސަގީފު ވިދާޅުވި ގޮތުގައި، މިކަމާ ވެގެން ތިބި ވަޒީރުންނާއި ވެރިން، މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރެވުނީ ކިތައް ފަހަރު ތޯ އެވެ. ކަމާބެހޭ ކޮމެޓީ އަށް ހާޒިރު ކުރެވުނުތޯ އެވެ. އެއީ މިނިސްޓަރާ ބައްދަލުކޮށް ފޮޓޯއެއް ނަގާލުމަަށް ވުރެ ސަގީފުގެ ކުރިމަތީގައި ބޮޑެތި ކަންތައްތަކެވެ.
"ރިސޯޓު ހަދަން ބައެއް ރަށްރަށް ހަވާލުކޮށްފައި އޮންނަތާ ވިއްސަކަށް އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ. އެއްކަމެއް ވެސް ނުކުރޭ. ނުކުރީމާ އަޅާލަން ކެރުނު މީހަކު ވެސް ނެތް. އަލަށް ރަށެއް އިއުލާން ކުރަން ދެ އަހަރު، މިއިން ކަމަކާ އަޑު އުފުލަން ކެރުނު މެމްބަރެއް ވައިކަރަދޫ ދާއިރާއަކަށް ނާދޭ. ބަލަނީ، ހިހޫ ތަނުން ކައިގެން ތިބެވޭތޯ،" ސަގީފު ވިދާޅުވި އެވެ.
"މި ތިލަދުންމަތީގައި ވަރަށް ހިތްގައިމު ޑައިވް ސައިޓް ތައް އެބަހުރި. ވިއްކޭނެ ޕޮއިންޓްތައް ބައިވަރު. ރީތި ރަށްތައް އެބަހުރި. ކުރަންވީ ކަމަކީ ދުނިޔޭގެ ފެންވަރުގައި މި ތަންތަން ޕްރޮމޯޓް ކުރުން. ފަތުރުވެރިންގެ ސަމާލުކަން ހޯދޭނެ ގޮތްތައް ހޯދުން."
ހުސެއިން ސަގީފު: ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވައިކަރަދޫ ދާއިރާއަށް އޭނާ ވާދަކުރަނީ އެ ދާއިރާއަށް ސިޔާސީ ހަމަޖެހުން ގެނެސްދީ، ރައްޔިތުންގެ ރައްޔިތެއްގެ ގޮތުގައި ރައްޔިތުންގެ އަޑު އުފުލުމަށް
ސަގީފު ވިދާޅުވާ ގޮތުގައި މިފަދަ ކަންކަމުގައި މެންބަރުން ފަހަތަށް ޖެހި، މަޑުމަޑުން ގިނަ ފަހަރަށް ތިބެނީ "ވޯޓު ވިއްކުން" އިސްކޮށް، ރައްޔިތުންގެ އަޑަށް ސަމާލުކަން ނުދޭތީ އެވެ. އޭނާ ބަދަލު ކުރަން ބޭނުން ވަނީ އެކަން ކަމަށާއި ރައްޔިތުންނާ ގުޅޭ މުހިންމު ކަމެއްގެ ވޯޓާ ހިސާބަށް ދާއިރު، ފިއްތާނެ ބަޓަން އެނގިވަޑައިނުގެން ނުހުންނަވާނެ ކަމަށް ވިދާޅުވި އެވެ.
"ވޯޓް ވިއްކުމަކީ ކުށަކަށް ވިޔަސް އެކަން ސާބިތު ކުރަން ދަތި. އެހެން ކަމުން އެފަދަ ކަންކަން ފަސޭހައިން ސާބިތު ކުރެވޭނެ ގޮތަކަށް ގާނޫނު ބަދަލު ކުރަންޖެހޭ،" ސަގީފު ވިދާޅުވި އެވެ.
"އަޅުގަނޑަކީ އަބަދުވެސް އެކަމާ ދެކޮޅަށް ވަކާލާތުކޮށް އަޑު އުފުލާ މީހެއް. ފާޅުގައި ދެކޮޅު ހަދާ މީހެއް. ރެކޯޑެއް ނެތް މީހެއް. އަޅުގަނޑުގެ ފަސްބައި ސާފުވާނެ، އަޅުގަނޑު އަމާނާތްތެރިވާނަން."
ސަގީފު ވިދާޅުވީ ތައުލީމީ، ގާބިލު މީހުންނާއި ފަސްބައި ސާފު މީހުން އެކަހެރިކޮށް، ނާގާބިލު މީހުން ކަންކަމަށް މަތިކޮށް، އެ މީހުންގެ ބާރު ހިންގާ އިރު މިއަދު ވިސްނާ ނުލައި ވޯޓު "ވިއްކައިފި" ނަމަ އެއީ އަނެއްކާވެސް ޖީލެއް ހަލާކުކޮށްލުމަށް ދެވޭ ވޯޓެއް ކަމަށެވެ.
"އަޅުގަނޑު ނަޒާހަތްތެރިވާނެ. އަޅުގަނޑެއް ނުވިކޭނެ. ނުހައްގު މުއްސަނދި ކަމެއް ނުހޯދާނަން. އަޅުގަނޑު ނަޒާހަތްތެރިވާނެ ކަން އަޅުގަނޑު ދަންނަ ކޮންމެ މީހަކު ވެސް ގަބޫލް ކުރާނެ،" ސަގީފު ވިދާޅުވި އެވެ.
ސަގީފު ވިދާޅުވީ އަބަދުވެސް އިސްކުރައްވާނީ ރައްޔިތުންގެ ފަޅި ކަމަށާއި ފައިސާއަކަށް ނުވިކޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
ހުސެއިން ސަގީފު: ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވައިކަރަދޫ ދާއިރާއަށް އޭނާ ވާދަކުރަނީ އެ ދާއިރާއަށް ސިޔާސީ ހަމަޖެހުން ގެނެސްދީ، ރައްޔިތުންގެ ރައްޔިތެއްގެ ގޮތުގައި ރައްޔިތުންގެ އަޑު އުފުލުމަށް
"އަޅުގަނޑު ވޯޓު ނުވެސް ގަންނާނަން. އަޅުގަނޑަށް ވޯޓު ލާ މީހަކު ނުވެސް ގަނެވޭނެ. އަޅުގަނޑަކީ އިންތިހާބުތަކުގައި ވާދަކޮށް، ކާމިޔާބާއި ނާކާމިޔާބު ވެސް ވެފައި ވާ މީހެއް. ސިޔާސީ މަސައްކަތް މި ކުރަނީ އަބަދުވެސް މާދަމާ އަށް، މާ ކުރިއަށް ވިސްނައިގެން. ނާކާމިޔާބު ވިއަސް އަދި ކާމިޔާބު ވިޔަސް އަޅުގަނޑު އަބަދުވެސް ހުންނާނީ މިގޮތުގައި ސާބިތުކަމާ އެކު، ދާއިރާއަށް ހިދުމަތް ކުރުމުގައި،" އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑަކީ، ސިޔާސީ ގޮތުން ވިކޭނެ މީހެއް ނޫން، އަޅުގަނޑާއި ތިޔަބޭފުޅުން ހަވާލުކުރާ އަމާނާތައް ހިޔާނާތްތެރިއެއް ނުވާނަން."
ސަގީފު ދެއްވާ ޔަގީން ކަމަކީ ރައްޔިތުންގެ މަޖިލިހަށް އޭނާ އިންތިހާބު ކޮށްފި ނަމަ ރައްޔިތުންގެ އުއްމީދުތައް ހާސިލުކޮށްދީ، ނަތީޖާ ނެރެދޭނެ ކަމެވެ.
އިގުތިސާދީ މަސައްކަތްތައް ފުޅާކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި ހާއްސަކޮށް ޓޫރިޒަމްގެ ވިޔަފާރިއަށް ފަހި، އެހާމެ ފައްކާ ދާއިރާއަކަށް ވައިކަރަދޫ ދާއިރާ ހެދުމަށްޓަކައި ކުރައްވަން ޖެހުނު ކޮންމެ މަސައްކަތެއް ސާބިތު ކަމާއެކު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
"މަސްވެރިކަމާއި ދަނޑުވެރިކަމުން ހޯދާ އާމްދަނީ އިތުރުކުރުމަށް ކުރެވިދާނެ ކަންތައް ދެނެގަނެ އެ މަސައްކަތް ކުރާނަން. މީގެ އިތުރަށް އުފެއްދުންތެރި ޒުވާނުން ބިނާކުރުމަށްޓަކައި ތަފާތު ޕްރޮގްރާމްތައް ހިންގައި ޒުވާނުންނަށް ފަހި ފުރުސަތުތައް ހޯދާދޭނަން،" ސަގީފު ވިދާޅުވި އެވެ.
"ރައްޔިތުންނަށް ދޭން ބޭނުންވާ އެންމެ ބޮޑު ޔަގީން ކަމަކީ އަޅުގަނޑުގެ ފަރާތުން ތިޔަ ލޮބުވެތި ރައްޔިތުން، ލަދުގަންނަންޖެހޭ، ކަންބޮޑުވާންޖެހޭ، ދެރަވާންޖެހޭ، އެއްވެސް ކަމެއް ނުހިނގާނެކަން. އަޅުގަނޑު ވާނީ ނަޒާހަތްތެރި މީހަކަށް. ތިޔަ ބޭފުޅުން މި ފަހަރު ރަނގަޅު ބަދަލަކަށް އަޅުގަނޑު އިންތިޚާބު ކޮށްދެއްވާ. ކެނޑިޑޭޓް ނަމްބަރު ދެ އަކަށް ވޯޓް ދެއްވާ."
ސަގީފު ވިދާޅުވީ ދާއިރާގެ ގިނަ ރައްޔިތުން ވޯޓުގައި ބައިވެރިވުން ވަރަށް މުހިއްމު ކަމަށާއި ނޫނީ ހޮވޭނީ މަދު ބަޔަކު ތާއީދުކުރާ މީހެއް ކަމަށެވެ.
"އަޅުގަނޑު މަސައްކަތްކުރާނީ މަދު ބަޔަކަށްޓަކައެއް ނޫން. އެންމެންގެ ހައްގުގައި،" ސަގީފު ނިންމާލައްވަމުން ވިދާޅުވި އެވެ.
އަލީ ޒާހިރު: މިނިވަންކަމާއެކީ ތަފާތު ދައްކަން!
އިއްސެ: ފުރިހަމަ ސޯލްޖަރެއް، ތަފާތުވާނެ
އިމްރާން: މަކުނުދޫ ދާއިރާއާ އޮތީ ހާއްސަ ގުޅުމެއް!
އާނަ: އެހީތެރިއެއް، "ކޮންމެ މީހަކު ވެސް މުހިންމު"
ފޭދޫ ބަދަލުކޮށްލެވޭނެ ތަޖުރިބާ ހުރި ކެންޑިޑޭޓަކީ މިއީ
އީވާ: ގަލޮޅު އުތުރަށް އިމްތިހާނުވެފައި، އިތުބާރު ހިފޭ
އިތުބާރު އުފައްދަން ހޮވަންވީ ކުޑޫ: 100ޕަސެންޓް ދޭނެ
އިސްތިއުފާ ދިނުމުގެ ވިސްނުމެއް މި ވަގުތު ނެތް: ފައްޔާޒު
ބޮޑު ދެ އިންތިހާބުން އެމްޑީޕީ ބަލިވި ސަބަބު ބަލަނީ!
އަބްދުއްރަހީމް މަޖިލިހުގެ ރައީސްކަމަށް، ދިނީ ޔަގީންކަން