12 ފެބުރުއަރީ 2017
އާޓިސްޓުން އަބަދުވެސް ކުރާ ޝަކުވާ އަކީ އެ މީހުންގެ މަސައްކަތް ގިނަ ބަޔަކަށް ދައްކާލެވޭނެ ގޮތެއް ނެތުމާއި ކުރާ މަސައްކަތަށް އެކަށިގެންވާ އާމްދަނީ އެއް ނުލިބުމެވެ. މި ޝަކުވާއާ އެކު، ރާއްޖޭގައި ތިބި ފަންނުވެރިންނަށް ފުރުސަތު ހޯދައިދިނުމަށް މީގެ ހަތަރު އަހަރު ކުރިން ޝުވެޝް އާއި ނޭޝަަނަލް ސެންޓާ ފޯ ދި އާޓްސް (އެންސީއޭ) އާއި މޯލްޑިިވިއަން އާޓިސްޓް ކޮމިއުނިޓީ ގުޅިގެން ބާއްވަން ފެށި "މޯލްޑިވްސް ފެސްޓިވަލް އޮފް އާޓްސް" އިން ވަނީ އާ ފުރުސަތުތަކެއް ހުޅުވިފަ އެވެ.
އާޓިސްޓުން އަބަދުވެސް ކުރާ ޝަކުވާ އަކީ އެ މީހުންގެ މަސައްކަތް ގިނަ ބަޔަކަށް ދައްކާލެވޭނެ ގޮތެއް ނެތުމާއި ކުރާ މަސައްކަތަށް އެކަށިގެންވާ އާމްދަނީ އެއް ނުލިބުމެވެ. މި ޝަކުވާއާ އެކު، ރާއްޖޭގައި ތިބި ފަންނުވެރިންނަށް ފުރުސަތު ހޯދައިދިނުމަށް މީގެ ހަތަރު އަހަރު ކުރިން ޝުވެޝް އާއި ނޭޝަަނަލް ސެންޓާ ފޯ ދި އާޓްސް (އެންސީއޭ) އާއި މޯލްޑިިވިއަން އާޓިސްޓް ކޮމިއުނިޓީ ގުޅިގެން ބާއްވަން ފެށި "މޯލްޑިވްސް ފެސްޓިވަލް އޮފް އާޓްސް" އިން ވަނީ އާ ފުރުސަތުތަކެއް ހުޅުވިފަ އެވެ.
އާޓް ގެލެރީގައި ސާޅީހަކަށް ސްޓޯލާ އެކު އިއްޔެ ފެށި މި ފެސްޓިވިލަށް ވަރަށް ރަނގަޅު ތަރުހީބެއް ލިބެމުން އަންނަކަށް މިކަން އިންތިޒާމުކުރި ޝްއެޝް އިން ބުންޏެވެ.
އާޓް ފެސްޓިވަލްގައި އެކި ފާޑުގެ ކުރެހުންތަކާއި ފޮތް އަދި އަތްތެރި މަސައްކަތްތަކުގެ ތަކެތި ލިބެން އެބަހުއްޓެވެ. މި ފެސްޓިވަލުގައި 35 ސްޓޯލާއި 20 އެގްޒިބިޝަން އާޓިސްޓުން އަދި 20 ލައިވް އާޓިސްޓުން ބައިވެރިވެ އެވެ. މީގެ ތެރެއިން ފާހަގަކޮށްލެވުނު ބައެއް މަސައްކަތްތަކަށް ބަލައިލާނަމެވެ.
އާޓް އެގްޒިބިޝަނަށް ހުށަހަޅާފައިވާ ލީނާގެ ފޮތްތަކަކާއެކު އޭނާ ހުއްޓިލައިގެން.--ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
އިހުޒަމާނުގައި ކުޑަކުދިންނަށް ކިޔައިދީ އުޅުނު ބަނދި ފަދަ އެއްޗެހި ނެތިގެން ދާތީ އާއި އެކަށީގެންވާ ވަރަކަށް ކުޑަކުދިންގެ ފޮތް ލިބެން ނުހުންނާތީ މީގެ ދެ އަހަރު ކުރިން "ޑިންޑިން ކޮއެލް"ގެ ނަމުން ކުޑަކުދިންގެ ފޮތްތަކެއް ލިޔަން ފެށީ ފާތިމަތު ލީނާ އަލީ އެވެ. އެއީ އޭނާގެ ދަރިފުޅަށް ފޮތް ކިޔައިދޭން ފެށިއިރު، ކުޑަކުދިންނަށް ހާއްސަކޮށް ހުންނަ ފޮތުގެ އަދަދު މަދުކަން އިހުސާސްކުރެވުމުން ފެށި މަސައްކަތެއް ކަމަށް ލީނާ ބުންޏެވެ.
"އަޅުގަނޑުގެ ދަރިފުޅަށް ފޮތް ކިޔައިދޭން ބަލާލިއިރު، ދިވެހި ފޮތްތަކުގެ ޗޮއިސް ވަރަށް މަދު. އެހެންވެ ބޭނުންވީ އިހުޒަމާނުގައި އަޅުގަނޑުމެން ކުޑައިރު ކިޔައިދީ އުޅުނު ރައިމްސް އެއްޗެހި ފޮތެއްގެ ގޮތުގައި ނެރެން. އެކަމަށް ތަރުހީބު ވެސް ލިބޭ،" ލީނާ ބުންޏެވެ.
އާޓް އެގްޒިބިޝަނަށް ހުށަހަޅާފައިވާ ލީނާގެ ފޮތްތައް "ނާނާ".--ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ޑިންޑިން ކޮއެލު ބްރޭންޑުގެ ފުރަތަމަ ފޮތް "ނާނާ" ރިލީޒްކުރަންް ކައިރިވެފައި ވާއިރު ތަފާތު އެކި ވޯލްޗާޓުތަކާއި ތަސްވީރު ކާޑު މިހާރު ވެސް ގަންނަން ލިބޭނެ އެވެ. ލީނާ ބުނީ އޭނާގެ ޗާޓުތަކާއި ބައެއް ތަކެތި ބުކްޝޮޕްތަކުން ވެސް ގަންނަން ލިބޭނެ ކަމަށެވެ.
ގޭ ތެރޭގައި ފޮތުގެ މަސައްކަތް ކުރުމަށްފަހު އެ އެއްޗެހި ޗާޕުކުރަނީ ލަންކާއިންނެވެ.
ލީނާ ބުނީ ކުޑަކުދިންނަށް ހާއްސަކޮށް އެއްޗެހި ލިޔާތީ ރަނގަޅު އިބުރަތެއް ލިބޭނެ ގޮތަކަށް ލިޔުންތައް ގެނެސްދޭނެ ކަމަށެވެ.
މަރީ ތައްޔާރުކޮށްފައިވާ ދަބަސްތައް.--ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ބަނޑުބޮޑުވުމުން ވަޒީފާ ދޫކޮށްލާފައި ގޭގައި އިންނަން ޖެހުމަކީ މަރިޔަމް ހަލީމް، 32، ފޫހިކުރުވި ކަމެކެވެ. އަމިއްލައަށް އާމްދަނީ ހޯދަން ޝައުގުވެރިކަން ހުރި މަރީގެ ހިޔާލަށް ދެން އައީ ދަބަސް ހެދުމެވެ. ސަތޭކަ ޕަސެންޓް ދިވެހި ބްރޭންޑެއް ނެރެ އާންމުންނަށް އެ ދޫކޮށްލިތާ މިހާރު ފަސް އަހަރު ވެއްޖެ އެވެ.
މިހާރު ލަންކާގައި ދިރިއުޅެމުން އަންނަ މަރީ މާލެ އައީ ފެސްޓިވަލްގައި ބައިވެރިވުމަށެވެ. މިއީ އޭނާ މި ފެސްޓިވަލްގައި ބައިވެރިވާ ހަތަރު ވަނަ ފަހަރެވެ. މީގެ ކުރީ އަހަރުތަކުގައި ފެސްޓިވަލަށް ހާއްސަކޮށް ތައްޔާރުކުރި ދަބަސްތައް، އެ ހަރަކާތުގެ ތެރޭގައި ވިކި ހުސްވާ ކަމަށް ވެސް މަރީ ބުންޏެވެ.
"ވަރަށް ރަނގަޅު ތަރުހީބެއް ލިބޭ. މިދިޔަ އަހަރުގެ ފެސްޓިވަލަށް ތައްޔާރުކުރި ދަބަސްތައް ވެސް އެއްކޮށް ވިކި ހުސްވި. މިހާރު ވެސް ދަބަސް ވިކެމުން ދަނީ،" މަރީ ބުންޏެވެ.
މަރީ ތައްޔާރުކޮށްފައިވާ ދަބަސްތައް.--ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
މަރީ ދަބަސްތަކުގެ ކަލެކްޝަން ކޮންމެ އަހަރަކު ވެސް ތަފާތުކޮށްލަ އެވެ. އެގޮތުން ކޮންމެ އަހަރަކު ވެސް ހައެއްކަ ކަލެކްޝަން ހަދާއިރު އެއީ އަހަރުގެ ބޮޑު ޓްރެންޑަކަށް ވާނެ ކަމަށް ލަފާކުރެވޭ ފަރުމާތަކެވެ. އަދި ކަސްޓަމަރުންގެ އޯޑަރަށް "ވަން ޕީސް" ދަބަސް ވެސް ހަދައިދެ އެވެ.
މި ދަބަސްތަކުގެ އަގު އުޅެނީ 600-1000 ރުފިޔާ އާ ދެމެދުގަ އެވެ. އޯޑަރު ކުރާތާ ދެ ހަފުތާގެ ތެރޭގައި ދަބަސް ލިބޭނެ ކަމުގެ ޔަގީންކަން މަރީ ދެ އެވެ.
ސުޒީ ތައްޔާރުކޮށްފައިވާ ކްރާފްޓްސް.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ކުޑަކުދިން ކުޅޭ އެއްޗިއްސާއި ތަފާތު އެއްޗެހި ހަދައިދިނުމުގެ ޝައުގުވެރިކަން ހުންނަ ހަދީޖާ ސުޒީ، 36، އެ ތަކެތި އުފައްދާ ކާރުހާނާ އަކީ އޭނާގެ ކޮޓަރި އެވެ. އެ މަސައްކަތް ކުރާތާ ހަތަރު އަހަރުވި އިރު ވެސް ދިމާވާ އެންމެ ބޮޑު ދައްޗަކީ މަސައްކަތްކުރާ ތަނުގެ ޖާގަ ކުޑަވުމާއި އެކަމަށް މާލެއިން ތަކެތި ނުލިބުމެވެ.
"ސުޒީ ކްރާފްޓްސް" ގެ މަސައްކަތް ފުޅާކުރެވޭ ގޮތެއް ހޯދުމަށް ސުޒީ ދަނީ މަސައްކަތްކުރަމުންނެވެ. އޭނާ ބޭނުންވަނީ ހާއްސަ ވިޔަފާރިއެއްގެ ގޮތުގައި މިކަން ކުރިއަށް ގެންދާށެވެ.
އޭނާ ބުނީ ކުރާ މަސައްކަތާ އެއް ވަރަށް އާމްދަނީ ލިބޭ ކަމަށާއި ނަމަވެސް ޖާގައިގެ ދަތިކަމާ ހުރެ، އެންމެ އެކަށީގެންވާ ގޮތެއްގައި އެކަން ކުރިއަށް ނުގެންދެވޭ ކަމަށެވެ.
ސުޒީ ތައްޔާރުކޮށްފައިވާ ކްރާފްޓްސް.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
"ކުރާ މަސައްކަތާ އެއް ވަރަށް އާމްދަނީ ލިބޭ. އެކަމަކު ޖާގައިގެ ދަތިކަމާ، ތަކެތި ލިބުން ދަތިވުމާ ވެސް އެކީގައި އެންމެ ބޭނުންވާ ވަރަކަށް ނުކުރެވޭ. އެހެންވެ އެކަމަށް ހާއްސަ ވިޔަފާރިއެއް ފަށަން ބޭނުންވަނީ،" ސުޒީ ބުންޏެވެ.
ފެސްޓިވަލްގައި ވިއްކަން ހުރި ދިވެހިވަންތަ ޓޯއީ އާއި ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ހާއްސަ ތަކެތިން ސުޒީގެ ހުނަރުވެރިކަން ހާމަވެ އެވެ.
އާޓިސްޓުން ކުރިއަށް ދިއުމުގައި އިތުރަށް ހިތްވަރު ދިނުމަށް ވުޖޫދަށް ގެނައި ޖަމިއްޔާގެ ފައުންޑާ މެމްބަރު މަރިޔަމް ޝާނީ ބުނީ ކޮންމެ އަހަރަކު ވެސް ފެސްޓިވަލަށް ތަރުހީބު އިތުރުވަމުން އަންނަ ކަމަށެވެ.
"ފީޑްބެކް ވަރަށް ރަނގަޅު. މި ފެސްޓިވަލްގައި ބައިވެރިވާ މީހުން ފާހަގަކުރޭ އެމީހުންގެ ހުނަރު ދައްކާލުމަށް ރަނގަޅު ޕްލެޓްފޯމެއްކަން މިއީ. އަދި ވިއްކަން ފެސްޓިވިލަށް ރެޑީ ކުރާ ގިނަ އެއްޗެހި އެބަ ވިކޭ،" މާދަމާގެ ނިޔަލަށް ކުރިއަށްގެންދާ ފެސްޓިވަލާ ގުޅޭގޮތުން އޭނާ ބުންޏެވެ.
މުންޔާގެ އަގުބޮޑު ދެ ކުރެހުމުގައި ވަނީ ކޮން ބާރެއް؟
ގިރާވަރު މީހުންގެ ރީތިކަން "ރޮދިން"
ޝައްފާންގެ "އަހުރެން": ހަގީގަތަކަށް ވި ކުރެހުން
"އަންވެއިލިން ވިޝަންސް" އާޓް އެގްޒިބިޝަން ހުޅުވައިފި
އދ.ގެ މައި މަރުކަޒުގަ ދިވެއްސަކު ހުނަރު ދައްކާލައިފި
ލެކިއުޓުން ކޮންމެ މަހަކު އާޓް އެގްޒިބިޝަނެއް ބާއްވަނީ
ކޮފީ އާއި ފަންނުވެރިކަން އެކުވެ ރީތި މަންޒަރުތަކެއް
ކެލިގްރަފީން ވިދާލި ނާއިޝްއަށް ރަނގަޅު ފުރުސަތުތަކެއް
ހަ މިލިއަން ޑޮލަރަށް ގަތް ކެޔޮވައް ކާލައިފި
ދޮންކެޔޮވަކެއް 6.2 މިލިއަން ޑޮލަރަށް ވިކިއްޖެ