19 އޯގަސްޓް 2016
މިހާރު ކޮފީ އަކީ ދިރިއުޅުމުގެ އެއްބައި ކަމަށް ވެއްޖެ އެވެ. ކޮފީ ބުއިމުގައި ހޭދަކުރާ ވަގުތު ގިނަ އެވެ. އެކަމަކު ކޮފީ އަކީ ހަމައެކަނި ރަހައިގެ ގޮތުން ހާއްސަ އެއްޗެއް ނޫންކަން ފަންނާނުން ސާބިތުކޮށްދެ އެވެ. ކުރެހުންތެރިން އެ މީހުންގެ ފިހިތަކުން ދައްކުވައިދެނީ ކޮފީން ކުލަ ޖެހިފައިވާ ހިތްގައިމު މަންޒަރުތަކެވެ.
މިހާރު ކޮފީ އަކީ ދިރިއުޅުމުގެ އެއްބައި ކަމަށް ވެއްޖެ އެވެ. ކޮފީ ބުއިމުގައި ހޭދަކުރާ ވަގުތު ގިނަ އެވެ. އެކަމަކު ކޮފީ އަކީ ހަމައެކަނި ރަހައިގެ ގޮތުން ހާއްސަ އެއްޗެއް ނޫންކަން ފަންނާނުން ސާބިތުކޮށްދެ އެވެ. ކުރެހުންތެރިން އެ މީހުންގެ ފިހިތަކުން ދައްކުވައިދެނީ ކޮފީން ކުލަ ޖެހިފައިވާ ހިތްގައިމު މަންޒަރުތަކެވެ.
ނެޝަނަލް އާޓް ގެލެރީގައި ބޭއްވި، ރޭ ނިމުނު "ގަހުވަ ފޮޓޯ އެގްޒިބިޝަން" ގައި ދިވެހި ފަންނާނަކު ވެސް ވަނީ ކޮފީ އާއި ފަންނުވެރިކަން ގުޅުވާލައި، ހިތްގައިމު މަންޒަރުތަކެއް ދައްކާލައިފަ އެވެ. ހުސައިން އިއްފަލް (އިފާ) ވަނީ ކޮފީ ބޭނުންކޮށްގެން ކުރަހާފައިވާ 70 ކުރެހުމެއް ދައްކާލައިފަ އެވެ.
މީގެ 15 އަހަރު ކުރިން ސްކޫލްގައި އުޅުނުއިރު ކުރެހުމަށް އުފެދުނު ޝައުގުވެރިކަމާ އެކު ކުރެހުމުގެ ހުނަރު ތަފާތު ގޮތްގޮތަށް ދައްކަމުން އަންނަ އިއްފަ އޭނާގެ މަންޒަރުތަކަށް ކުލަ ގެންނަން މިފަހަރު ބޭނުންކުރީ ހިކި ކޮފީ އާއި ހޫނު ފެނެވެ. އެގްޒިބިޝަންގައި ދައްކާލި 70 ވަރަކަށް ކުރެހުމަކީ ތިން މަސް ދުވަހުގެ މަސައްކަތެވެ. ކުޑަކުދިންނާއި މުސްކުޅިން އަދި ރާއްޖޭގެ ބަތަލުންގެ ފޮޓޯ އަށް ސިފަ ގެނެސްފައި ވަނީ ކޮފީންނެވެ. އިއްފަ ބުނި ގޮތުގައި ވަރަށް ބަލައިގެން އެކަމަށް ސަމާލުކަން ދީގެން ކުރަންޖެހޭ މަސައްކަތެކެވެ.
އިއްފަ "މިހާރު"އަށް އިންޓަވައިދެނީ: ކުރެހުމުގެ ދާއިރާގައި 15 އަށްވުރެ ގިނަ އަހަރު ވަނީ މަސައްކަތް ކޮށްފައި.--ފޮޓޯ:މުހައްމަދު ޝަރުހާން\މިހާރު
"ކޮފީން ކުރަހަންޏާ އެބަ ޖެހޭ އެ ހިކުމުގެ ކުރިން ކުރަހައި ނިންމާލަން. އަދި ވަކި ވަރަކަށް ކުލަގަނޑު ގެންގުޅެން ޖެހޭނީ ވެސް. އެ ހިކިއްޖެއްޔާ ދެން ކުރެހުން ކުރިއަކަށް ނުގެންދެވޭނެ. އެ ހަލާކުވީ. ނަމަވެސް ވަރަށް ހިތްހަމަޖެހޭ މިކުރެވުނު މަސައްކަތާ މެދު،" އިއްފަ ބުންޏެވެ.
އިއްފަ ކޮފީ ބޭނުންކޮށްގެން ކުރަހާފައިވާ ކުރެހުމެއް. --ފޮޓޯ:މުހައްމަދު ޝަރުހާން\މިހާރު
ޓިއުޓޯރިއަލްތައް ބަލައިގެންނާއި އެހެން ގޮތްގޮތުން އަމިއްލައަށް ދަސްކޮށްގެން އިއްފަ ކޮފީން ކުރަހާތާ މި ވީ އަދި ދެ އަހަރެވެ. އޭނާ ބުނީ މިއީ އަދި ތަޖުރިބާކުރުމެއް ކަމަށެވެ.
މީގެ ކުރިން ވެސް އިއްފަ ވަނީ ތަފާތު ގޮތްގޮތަށް ހުނަރު ދައްކާފަ އެވެ. އެގޮތުން އޮއިލް ޕެއިންޓިން ބޭނުންކޮށްގެން ކަނޑު އަޑީގައި ކުރަހައި ރާއްޖޭގެ ކަނޑުއަޑީގެ ރީތިކަން ދުނިޔެއަށް ދައްކާލި އެވެ. އެފަދަ ދެ ވަނަ ހަރަކާތެއް ބާއްވަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އިއްފަ ބުންޏެވެ.
ކޮފީން އިއްފަ ކުރަހާފައިވާ ކުރެހުމެއް. --ފޮޓޯ:މުހައްމަދު ޝަރުހާން/މިހާރު
އިއްފަ ހުރީ މި ދާއިރާއިން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް އެހީތެރިވާން ތައްޔާރަށެވެ. އެކަން ކުރުމަށް އޭނާ ވަނީ އާޓިސްޓުންގެ ޖަމިއްޔާއެއް އުފައްދައިފަ އެވެ. ނަމަވެސް މުހިންމު ފަރާތްތަކުގެ އެހީތެރިކަން ނުލިބުމަކީ މި ދާއިރާއަށް ދިމާވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށް އިއްފަ ބުންޏެވެ.
ކޮފީން އިއްފަ ކުރަހާފައިވާ ކުރެހުމެއް.--ފޮޓޯ:މުހައްމަދު ޝަރުހާން\މިހާރު
"މިސާލަކަށް ވިޔަފާރިވެރިންނާއި ކުންފުނިތަކުގެ އެހީތެރިކަން ލިބޭ ނަމަ މިކަންތައްތައް އިތުރަށް ހަރުދަނާކުރަން މަސައްކަތް ކުރެވޭނެ. އަދި ޕަބްލިކުން މި މަސައްކަތްތައް ބަލައިގަތުން މުހިއްމު،" އިއްފަ ބުންޏެވެ.
އޭނާ ބުނީ އާޓާ މެދު މީހުން ދެކޭގޮތް ބަދަލުވެގެން ނޫނީ އެ ދާއިރާއަށް ވަންނަ މީހުންގެ އަދަދު އިތުރު ނުވާނެ ކަމަށެވެ.
މުންޔާގެ އަގުބޮޑު ދެ ކުރެހުމުގައި ވަނީ ކޮން ބާރެއް؟
ގިރާވަރު މީހުންގެ ރީތިކަން "ރޮދިން"
އެންމެ ބޮޑު ކެންވަސް ކުރެހުމަށް 62 މިލިއަން ޑޮލަރު
ޝައްފާންގެ "އަހުރެން": ހަގީގަތަކަށް ވި ކުރެހުން
"އަންވެއިލިން ވިޝަންސް" އާޓް އެގްޒިބިޝަން ހުޅުވައިފި
އދ.ގެ މައި މަރުކަޒުގަ ދިވެއްސަކު ހުނަރު ދައްކާލައިފި
ފެސްޓިވަލް އޮފް އާޓްސް: ފަންނުވެރިންނަށް އާ ފުރުސަތެއް
ލެކިއުޓުން ކޮންމެ މަހަކު އާޓް އެގްޒިބިޝަނެއް ބާއްވަނީ
ކޮފީގެ ކުރެހުންތަކާ އެކު އިއްފަ އަބޫ ދާބީގައި
ކެލިގްރަފީން ވިދާލި ނާއިޝްއަށް ރަނގަޅު ފުރުސަތުތަކެއް