12 ޑިސެމްބަރ 2023
ގދ. ތިނަދޫގެ ރަށު ކައުންސިލަކީ ސިޓީ ކައުންސިލެއް ކަމަށް ކަނޑައަޅައި އެ ދަރަޖަ އެ ކައުންސިލަށް ދިނުމަށް ގާނޫނު ތަން ނުދޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނަރަލް ފާތިމަތު ފިލްޒާ ވިދާޅުވެއްޖެ އެވެ.
ގދ. ތިނަދޫގެ ރަށު ކައުންސިލަކީ ސިޓީ ކައުންސިލެއް ކަމަށް ކަނޑައަޅައި އެ ދަރަޖަ އެ ކައުންސިލަށް ދިނުމަށް ގާނޫނު ތަން ނުދޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނަރަލް ފާތިމަތު ފިލްޒާ ވިދާޅުވެއްޖެ އެވެ.
ކުރީގެ ސަރުކާރުން ރިޔާސީ އިންތިހާބާ ދިމާކޮށް ގދ. ތިނަދު އަށް ސިޓީއެއްގެ ދަރަޖަ ދީފައިވާ ކަން އިއުލާންކުރި ނަމަވެސް އެ ކައުންސިލްގެ ހައިސިއްޔަތާ މެދު ކަންބޮޑުވުންތަކެއް އޮތުމުން އެ ކައުންސިލުން މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީ އަށް ހުށަހެޅި އެވެ.
ތިނަދޫ ކައުންސިލުން ވަނީ އެކި އިދާރާތަކުން އެ ކައުންސިލަށް އެކި ގޮތްގޮތަށް އެޑްރެސް ކުރާ މައްސަލަ އާއި ބަޖެޓާއި މެންބަރުންގެ މުސާރައިގެ އިތުރުން ބައެއް ހިދުމަތްތައް ދިނުމުގައި އޮޅުން އަރާ މައްސަލަތައް ކޮމިޓީ އަށް ހިއްސާ ކޮށްފަ އެވެ.
އެ ކަންކަމާ ގުޅޭ ގޮތުން ކޮމިޓީގައި މަޝްވަރާކޮށް އިއްޔެ ނިންމީ ތިނަދޫ ކައުންސިލް ސިޓީ ކައުންސިލަކަށް ބަދަލުވެފައިވާ ކަމަށް ކޮމިޓީ އަށް ފެންނަ ކަމަށާއި ސިޓީގެ ދަރަޖަ ލިބުނީ ދައުރުގެ މެދުތެރެއިން ކަމަށް ވިޔަސް ދައުރު ހަމަވަންދެން އެއީ ސިޓީ ކައުންސިލެއްގެ ގޮތުގައި ދެމި އޮންނާނެ ކަމެވެ.
އޭގެ އިތުރުން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ސިޓީ ކައުންސިލަށް ލިބިދޭ ބާރުތަކާއި މަސްއޫލިއްޔަތުތައް އެ ރަށު ކައުންސިލަށް ލިބޭނެ ކަމާއި ތިނަދުއަކީ ސިޓީއެއް ކަމަށް ކަނޑައަޅާފައިވާތީ އެ ކައުންސިލަށް ސިޓީ ކައުންސިލެއްގެ ދަރަޖަ ވީ އެންމެ އަވަހަކަށް ދިނުމަށް ދައުލަތުގެ ކަމާގުޅޭ މުއައްސަސާތަކުގައި ދަންނަވަން އެ ކޮމިޓީން ނިންމި އެވެ.
ގދ. ތިނަދޫގެ މަތިން ނަގާފައިވާ ފޮޓޯއެއް: -- ފޮޓޯ: ގާފު އޮންލައިން
ނަމަވެސް، ކޮމިޓީގެ ނިންމުން ތަޅުމަށް ފޮނުވުމުގެ ކުރިން ކައުންސެލާ ޖެނަރަލް ފާތިމަތު ފިލްޒާ ވަނީ ގާނޫނީ ލަފާ ދެއްވައި، އެ ނިންމުން ރަނގަޅު ކަމަށް ނުފެންނަ ކަމަށް ވިދާޅުވެފަ އެވެ. ފިލްޒާ ދެއްވި ގާނޫނީ ލަފާގައި ވަނީ ރަށު ކައުންސިލެއްގެ ދައުރުގެ މެދު ތެރެއިން އެ ރަށެއް ސިޓީއަކަށް ބަދަލުވެއްޖެ ނަމަވެސް، އެ ސިޓީއެއް ހިންގަމުންދާނީ ރަށު ކައުންސިލްގެ ބެލުމުގެ ދަށުން ކަން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 51 ވަނަ މާއްދާއިން ސާފުވާ ކަމަށެވެ.
އަދި ރަށު ކައުންސިލްގެ ދައުރުގެ ތެރެއިން ސިޓީއެއް އުފެދޭ ހާލަތުގައި އެ ސިޓީއަކަށް ސިޓީ ކައުންސިލެއް އުފައްދަން ގާނޫނު ލާޒިމް ނުކުރާ ކަމަށް ފިލްޒާ ވިދާޅުވި އެވެ. އެހެންވެ، ތިނަދުއަކީ ސިޓީއެއް ކަމަށް ކަނޑައެޅިޔަސް އެ ރަށު، ރަށު ކައުންސިލަށް ސިޓީ ކައުންސިލެއްގެ ދަރަޖަ ދެވޭނެ ކަމަށް ގާނޫނުގެ އެއްވެސް މާއްދާއަކުން ލާޒިމް ނުކުރާ ކަން ފެންނަ ކަމަށާއި ދައުރު ނިމެންދެން ކައުންސިލް އޮންނާނީ ރަށު ކައުންސިލެއްގެ ގޮތުގައި ކަމަަށް ފެންނަ ކަމަށް ވެސް ފިލްޒާ ވިދާޅުވި އެވެ.
ނަމަވެސް، ސިޓީ ކައުންސިލަށް ގާނޫނުން ލިބިދޭ ބާރުތަކާއި މަސްއޫލިއްޔަތުތައް މި ހާލަތުގައި ރަށު ކައުންސިލަށް ލިބިދޭ ކަމާއި އެއީ ސިޓީއަކުން ލިބެންޖެހޭ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި މެދުކެނޑުމެއް އަޔަނުދިނުމަށްޓަކައި ކަމަށް ވެސް ކައުންސެލާ ޖެނަރަލް ވިދާޅުވި އެވެ.
ފިލްޒާ ވިދާޅުވީ ތިނަދޫ ކައުންސިލަށް ރައީސް އާއި މެންބަރުން ރައްޔިތުންގެ ވޯޓުން އިންތިހާބުކޮށްފައިވާ ރަށު ކައުންސިލްގެ މަގާމުތަކަށް ކަމަށާއި އެ ބޭފުޅުން ހުވާ ކުރެއްވީ ވެސް އެ މަގާމުތަކަށް ކަމަށެވެ. އެހެންކަމުން، އެ ހުވާ ކުރައްވައިގެން ތިބި މެންބަރުންތަކަކަށް ސިޓީ ކައުންސިލެއްގެ މޭޔަރު ކަމާއި މެންބަރުންގެ ހައިސިއްޔަތު ނުދެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
މި ލަފަޔާ ގުޅިގެން ލާމަރުކަޒީ ކޮމިޓީގައި އިތުރަށް މަޝްވަރާކޮށް މިއަދު ނިންމީ ލާމަރުކަޒީ ގާނޫނަށް ބަދަލު ގެނެސްގެން ތިނަދޫ ކައުންސިލަށް ސިޓީ ކައުންސިލެއްގެ ދަރަޖަ ދިނުމަށެވެ. އެކަމަށް ގާނޫނަށް އިސްލާހު ހުށަހަޅަން ކޮމިޓީން ވަނީ މިއަދު ނިންމައިފަ އެވެ.
ނިއުޝާ، ފިލްޒާ އަދި ތޮލްހަތުގެ ދައުރު ދަންމާލައިފި
މަޖިލީހުން ބުނީ ފިލްޒާ ރަސްމީ ލަފައެއް ނުދެއްވާ ކަމަށް
ފިލްޒާ ލަފާދިނީ ރުހުންނުދޭ ނަމެއް ދެންނުފޮނުވޭ ގޮތަށް
ފިލްޒާ ވިދާޅުވީ ހައްލަކީ ގަވައިދު އިސްލާހުކުރުން ކަމަށް
އަމީން އާއްމުގެ ގަދަރު ކުޑަކުރާތީ ނަޝީދު ކަންބޮޑުވެއްޖެ
ބަހުސްގައި ބައިވެރިވާން ލަފައެއް ނުލިބުނު: ނަޝީދު
އާންމު ގާނޫނަކުން ދައުރު އިތުރެއް ނުކުރެވޭނެ: ފިލްޒާ
ގާނޫނުއަސާސީގައި އަތްނުލައި މިކަން ކުރާނީ ކިހިނެއް؟
ނިއުޝާ، ފިލްޒާ އަދި ހަލީމްގެ މަގާމު ދަމަހައްޓައިފި
ބިލު އޮތީ ފުލުހުންނާއި އޭސީސީގެ ބާރު ހަނިވާ ގޮތަށް