15 ޖޫން 2020
ރައްޔިތުންގެ މަޖިލީހުގެ ބަހުސްގައި ބަައިވެރިވެވަޑައިގެންނެވޭނެ ގޮތެއް އޮތްތޯ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ އަރިހުން ލަފަޔަކަށް އެދިވަޑައިގެންނެވުމުން އެގޮތަށް ލަފާ ނުދެއްވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަހުސްގައި ބަައިވެރިވެވަޑައިގެންނެވޭނެ ގޮތެއް އޮތްތޯ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ އަރިހުން ލަފަޔަކަށް އެދިވަޑައިގެންނެވުމުން އެގޮތަށް ލަފާ ނުދެއްވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި މީޑިއާ ބްރީފިން ގައި "މިހާރު"ން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ މަޖިލީިހުގެ ބަހުސްގައި މިހާރު ބައިވެރިވެވަޑައި ނުގަންނަވާ ކަމަށާއި ކުރައްވާ ކަމަކީ ބަހުސްގެ އަމާޒު ހިފެހްޓެވުން ކަަމަށެވެ. އެކަމަކު ބަހުސްގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވަން ދާއިރާގެ ރައްޔިތުންގެ އިތުރުން ވެސް އެެތައް ބަޔަކު އެދޭ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު މިއަދުވެސް ކައުންސިލާ ޖެނެރަލްގެ އަރިހުގައި އަހާލީމު މަޖިލީހުގެ ރައީސް ބަހުސްގައި ބައިވެރިނުވުމަށް މި އޮންނަ އޮތުން އެއީ ރިޔާސަތުގައި އިނދެގެން ބައިވެރި ނުވުންތޯ ނުވަތަ އޭގެ މާނައަކީ އަޅުގަނޑަށް މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑިއަށް ގޮސް ބަހުސްގައި ބައިވެރި ނުވެވޭނެތޯ ނުވަތަ ވެވޭނެތޯ ދެކޭ ދެކުން. ދެން އަޅުގަނޑަށް ލަފާ ލިބެނީ އަޅުގަނޑަކަށް އެ ގޮނޑީގައި އިށީނދެ އިނދެ ބަހުސްގައި ބައިވެރިއެއް ނުވެވޭނޭ،" ނަޝީދު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި މެމްބަރުން ދައްކަވާ ވާހަކަަތަކަށް ރިޔާސަތުގައި އިންނަވައިގެން ނަޝީދު ބައެއް ފަހަރު ރައްދު ދެއްވަ އެވެ. އަދި އެފަދަ ބައެއް ހާލަތްތަކުގައި ވަރަށް ދިގުކޮށް ވެސް އެމަނިކުފާނު ވާހަކަފުޅު ދައްކަވަ އެވެ. އެއީ ކުރައްވައިގެން ވާނެ ކަމެއް ނޫން ކަމަށް ވިދާޅުވެ، އިދިކޮޅު މެމްބަރުން ވަރަށް ގިނައިން އެމަނިކުފާނަށް ފާޑުވިދާޅުވެ އެވެ.
އެކަމާ ބެހޭ ގޮތުން މިއަދުގެ މީޑިއާ ބްރީފިން ގައި ކުރި ސުވާލަށް ޖަވާބު ދެއްވަމުން ވިދާޅުވީ ބަހުސްގައި އެމަނިކުފާނު ހަގީގަތުގައި ބައިވެރިވެވަޑައި ނުގަންނަވާ ކަމަށާއި ކުރައްވާ ކަމަކީ ބަހުސްގެ އަމާޒު ހިފެހެއްޓެވުން ކަމަށެވެ. އެއީ މަޖިލީހުގެ ގަވައިދަށް އެންމެ ފަހުން ގެނައި ބަދަލުގައި ރިޔާސަތުން ކުރަން ކަނޑައަޅާފައިވާ ކަމެއް ކަމަށް ވެސްް ވިދާޅުވި އެވެ
"އަޅުގަނޑަށް އެބަޖެހޭ މަޖިލީހުގައި ހިނގާ ބަހުސެއްގެ މަގު ދައްކައިދޭން. އެ ބަހުސަކާ ގުޅޭ ގޮތުން މެމްބަރުން މައުލޫ އިން ކައްްސާލައިގެން ދާކަމަށް އަޅުގަނޑަށް ފެނިއްޖެއްޔާ މައުލޫއަކީ ކޮބައިކަން އަޅުގަނޑު އެބަ ސާފުކޮށްދޭން ޖެހޭ. ދެން ބައެއް ބޭފުޅުންނަށް ތިޔަހެން ހީވެލެއްވިޔަސް ވެސް އާދައިގެ ބަހުސެއް ހިނގާ ކޮންމެ ޑިބޭޓިން ސޮސައިޓީއަކަށް، އަދި ކޮންމެ މަޖިލީހަކަށް ބެެއްލެވި ނަމަވެސް ސާފުވެވަޑައިގަންނަވާނެ ރިޔާސަތުގެ ކަމެއްކަން އެއީ ބަހުސްގެ މިސްރާބު ހިފެެހެއްޓުން،" ނަޝީދު ވިދާޅުވި އެވެ.
ބަހުސަށް ޝައުގުވެރިކަން ގެނައުން ވެސް އެއީ އެގޮތުން ރިޔާސަތުން ކުރަން ޖެހޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ނަޝީދަކީ ފަހަކަށް އައިސް ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރައްވާ އެންމެ ނުފޫޒުގަދަ ބޭފުޅާ އެވެ. އެގޮތުން އެމަނިކުފާނަކީ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އަދި ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ރައީސެވެ. އެމަނިކުފާނަކީ ރާއްޖޭގެ ރައީސްކަން ވެސްް ކުރައްވާފައިވާ ބޭފުޅެކެވެ.
ފިލްޒާ ވިދާޅުވީ ހައްލަކީ ގަވައިދު އިސްލާހުކުރުން ކަމަށް
އަޅުގަނޑު ޑީލެއް ނުހަދަން، ހެއްދެވީ ނަޝީދު: ޝަރީފު
ބަރުލަމާނީ ނިޒާމު ގެންނަން ޖާބިރު ހުށަހަޅުއްވަނީ
މައިނޯރިޓީގެ އަޑު ނެތި މަޖިލިސް ހިންގާތީ ކަންބޮޑުވެއްޖެ
ސުޕަ މެޖޯރިޓީއާ އެކު މަޖިލިހުގައި ދެން ވާނީ ކިހިނެއް؟
ނިޒާމާ ބެހޭ ކަންކަން ނިންމަވާނީ ރައީސް: ނަޝީދު
އެ އުޅެނީ ދައުލަތް ހުއްޓުވާލަން، ސަމާލުވޭ: ނިހާން
ނަޝީދަށް ކުޑަ ވެސް ފުރުސަތެއް އެބަ އޮތްތަ؟
ނަޝީދުގެ މައްސަލަ ނުފެށި ކޮމިޓީގައި 2 އަހަރު!
މަޖިލީހުން ބުނީ ފިލްޒާ ރަސްމީ ލަފައެއް ނުދެއްވާ ކަމަށް