އޯ ލެވެލް އިމްތިހާނުގައި ބައިވެރިވާ ކުދިން މަޖުބޫރު ހަތަރު މާއްދާ ހަދަން ޖެހޭނެ ކަމަށާއި އެ މާއްދާތަކަށް ސަރުކާރުން ފައިސާ ދައްކާ ގޮތަށް ހަމަޖައްސައިފި އެވެ.
11 ޑިސެމްބަރ 2023
އޯ ލެވެލް އިމްތިހާނުގައި ބައިވެރިވާ ކުދިން މަޖުބޫރު ހަތަރު މާއްދާ ހަދަން ޖެހޭނެ ކަމަށާއި އެ މާއްދާތަކަށް ސަރުކާރުން ފައިސާ ދައްކާ ގޮތަށް ހަމަޖައްސައިފި އެވެ.
މީގެ ކުރިން އޯ ލެވެލް މޮކް އެގްޒާމުގައި ފާސްވާ މާއްދާތަކަށް ސަރުކާރުން ފައިސާ ދައްކައިދެ އެވެ. މަޖުބޫރު މާއްދާތަކުން ވެސް ފާސް ނުވެއްޖެނަމަ އޯލެވެލް އިމްތިހާނުގައި ފައިސާ ދައްކަން ޖެހެނީ އެ ދަރިވަރަކު އަމިއްލައަށެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ސޮއިކުރައްވައި ސްކޫލުތަކަށް މިއަދު ފޮނުއްވި ސާކިއުލާގައި ވިދާޅުވީ މަޖުބޫރު ހަތަރު މާއްދާ، އިސްލާމް، ދިވެހި، ހިސާބު އަދި އިނގިރޭސީގައި ގްރޭޑް 10 ނިންމާ ހުރިހާ ދަރިވަރުން ބައިވެރިވާން ޖެހޭނެ ކަމަށެވެ.
އެ މާއްދާތަކަށް ފައިސާ ދައްކައިދޭނީ ސަރުކާރުން ކަމަށް ވެސް އޭގައިވެ އެވެ.
"ނަމަވެސް މި ހަތަރު މާއްދާގެ އިތުރުން ދަރިވަރު އިމްތިހާނުގައި ބައިވެރިވި މާއްދާތަކަށް ފީ ދެއްކުމުގައި އަމަލު ކުރާނީ މިނިސްޓްރީ ނަމްބަރު 03/2008ގެ ސާކިއުލާއާ އެއްގޮތަށް،" މިނިސްޓްރީން ބުންޏެވެ.
ހިރިޔާ ސްކޫލުގެ ދަރިވަރުންތަކެއް އިމްތިހާން ހަދަނީ.--
އެ ސާކިއުލާގައި ބުނީ މަޖުބޫރު ހަތަރު މާއްދާ ހިމެނޭ ގޮތަށް ޖުމްލަ ފަސް މާއްދާގައި ދަރިވަރުން ބައިވެރިވާން ވާނެ ކަމަށެވެ. ބީޓެކް ސްޓްރީމް ކިޔަވާ ދަރިވަރުން ބީޓެކް ސްޓްރީމްގެ އިތުރުން އިސްލާމް، ދިވެހި، އިނގިރޭސި އަދި ހިސާބު އިމްތިހާނުގައި ވެސް ބައިވެރިވާން ޖެހޭނެ ކަމަށް އެ ސާކިއުލާގައިވެ އެވެ.
އަދި ހުރިހާ ދަރިވަރުން ހިމަނައިގެން ކިޔަވައިދިނުމުގެ އުސޫލުގެ ތެރެއިން ފާހަގަ ކުރެވޭ ދަރިވަރުންނާމެދު ގޮތެއް ނިންމާނީ މިނިސްޓްރީގެ މަޝްވަރާގެ މަތިން ކަމަށް ވެސް އޭގައިވެ އެވެ.
އެ ބަދަލު ގެނައުމަށް ނިންމީ ރާއްޖޭގެ ސްކޫލުތަކުގައި ތައުލީމު ހާސިލް ކޮށްގެން ނިކުންނަ ކޮންމެ ދަރިވަރަކީ ތައުލީމީ ގޮތުން ހާސިލް ކުރަން ކަނޑައެޅިފައިވާ މިންވަރަށް ހާސިލް ކޮށްފައިވާ ދަރިވަރަކަށް ހެދުމަށް ކަމަށް މިނިސްޓްރީން ބުންޏެވެ.
އެންމެ ފަހުން މިނިސްޓްރީން ދީފައިވާ މައުލޫމާތަށް ބަލާއިރު، މަޖުބޫރު މާއްދާތަކުން ފާސްވި ދަރިވަރުންގެ އަދަދަށް ރަނގަޅު ބަދަލުތަކެއް އައި ނަމަވެސް، ފަސް މާއްދާއިން ފާސްވާ ދަރިވަރުންގެ އަދަދު ވަނީ ދަށްވެފަ އެވެ.
ކަންބޮޑުވުމާއެކު މިނިސްޓަރު ދެއްކެވީ ކުދިންގެ ނަތީޖާ ދަށަށް ދާ މަންޒަރުތައް!
މަތީ އަރުތަވެރިންގެ އިނާމު 441 ކުއްޖަކަށް ދީފި
"8ގެ ކުދިންނަށް ގެންނަނީ ވަރަށް ރަނގަޅު ބަދަލެއް"
ދުނިޔޭގެ ގަދަ 10 ގައި ދިވެހި 48 ދަރިވަރުން
އޯ ލެވެލް އިމްތިހާނުގެ ނަތީޖާ މިއަދު ދޫކުރަން ފަށަނީ
ލަފާކުރަނީ މާލެއަށް 700 ދަރިވަރުން ބަދަލުވާނެ ކަމަށް
ފޯކައިދޫ ދަރިވަރުން ރަށަށް ހިދުމަތްކުރަން އޮތް ލޯބި
އޯލެވެލް ގަދަ 10ގެ ޖަލްސާ މި މަހުގެ 21، 22ގައި
ކަރަންޓު ކެނޑުމުން މާލެ ސަރަހައްދުގެ ސްކޫލުތައް ބަންދު
8000އަށް ވުރެ ގިނަ ކުދިންނާ އެކު އޯލެވެލް ފަށައިފި