11 ޑިސެމްބަރ 2023
ރާއްޖޭގެ ގައުމީ ކުޅިވަރު ގޮތުގައި ގިނަ ބަޔަކު ސިފަކުރާ ފުޓްބޯޅައިގައި ހިފާފައިވާ މެޗު ދޫކުރުމުގެ ނުރަނގަޅު އާދަ، ރާއްޖޭގައި ދެ ޖިންސުގެ މެދުގައި އެންމެ މަގުބޫލު ވޮލީބޯޅައަށް ވެސް ފޯރައިފި އެވެ.
ރާއްޖޭގެ ގައުމީ ކުޅިވަރު ގޮތުގައި ގިނަ ބަޔަކު ސިފަކުރާ ފުޓްބޯޅައިގައި ހިފާފައިވާ މެޗު ދޫކުރުމުގެ ނުރަނގަޅު އާދަ، ރާއްޖޭގައި ދެ ޖިންސުގެ މެދުގައި އެންމެ މަގުބޫލު ވޮލީބޯޅައަށް ވެސް ފޯރައިފި އެވެ.
އެގޮތުން މިހާރު ކުރިއަށްދާ ވޮލީބޯޅަ އެސޯސިއޭޝަން ކަޕް ޕްރިލިމިނަރީ ބުރުގެ ކުއާޓާ ފައިނަލްގައި އިއްޔެ ކްލަބް އާބަންކޯއާ ދެކޮޅަށް، ރަންވެލި ސްޕޯޓްސް ކްލަބުން ކުޅެން އޮތް މެޗު އެޓީމުން ދޫކޮށްލުމުން އާބަންކޯ އަށް ވަނީ ސެމީގެ ފުރުސަތު ލިބިފަ އެވެ.
އާބަންކޯ އަކީ ގުރޫޕް 2 ގައި ކުޅުނު ތިން މެޗު ވެސް ކާމިޔާބު ކޮށްގެން ކުއާޓާ އިން ފުރުސަތު ހޯދި ޓީމެކެވެ. ރަންވެލި ސްޕޯޓްސް އިން ކުއާޓާގެ ޖާގަ ހޯދީ ގުރޫޕް 1 ގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ.
ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި ކުރިއަށްދާ ޕްރިލިމިނަރީ ބުރުގެ ކުއާޓާގެ ފުރަތަމަ މެޗުގައި އިއްޔެ ބައްދަލުކުރީ ގުރޫޕް 1 ގެ އެއްވަނަ ހޯދި ކްލަބް ހާފް ލައިން ލިންކޭޖް އާއި ގުރޫޕް 2 ގެ ދެވަނަ ހޯދި އައްޑޫ ސްޕޯޓްސް ކްލަބެވެ. ވާދަވެރި ފަސް ސެޓުގެ ކުޅުމަށް ފަހު މެޗު ކާމިޔާބު ކުރީ އައްޑޫ ސްޕޯޓްސް އެވެ. ޝާމިލް މުހައްމަދުގެ މޮޅު ކުޅުމާ އެކު އެޓީމުން ސެޓްތައް ގެންދިޔައީ 22-25، 25-17، 25-27، 25-17، 15-10 އިންނެވެ.
ގުރޫޕް 4 ގެ ދެވަނަ ހޯދި ސިޓީ ސްޕޯޓްސް ކްލަބާއި ގުރޫޕް 3 ގެ އެއްވަނަ ހޯދި ގުޑީސް ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކުރީ ސިޓީ ސްޕޯޓްސް ކްލަބެވެ. މިދިޔަ އަހަރުގެ އެސޯސިއޭޝަން ކަޕް ކުޅުނު ގުޑީސްގެ މައްޗަށް އެޓީމުން ކުރި ހޯދީ 25-15، 25-11، 25-13 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިޓީގެ މުހައްމަދު ރިމާޒް އެވެ.
ކުއާޓާގެ އެންމެ ފަހު މެޗުގައި ބައްދަލުކުރީ ގުރޫޕް 4 ގެ އެއްވަނަ ހޯދި އެސްޕިރޭޝަން ފޯ އޯލް އިނީޝީއޭޓިވް ސްޕޯޓްސް ކްލަބާއި ގުރޫޕް 3 ގެ ދެވަނަ ހޯދި ބީޖީ ސްޕޯޓްސް ކްލަބެވެ. މި މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކުރީ އެސްޕިރޭޝަން ފޯ އޯލް އިނީޝީއޭޓިވް (އާއި) އެވެ. އެޓީމުން 25-13، 25-22، 25-20 އިން ސެޓްތައް ގެންދިޔަ މި މެޗުގައި އެންމެ މޮޅަށް ކުޅުނީ މުއައްވަޒު އަބްދުﷲ އެވެ.
މިއަހަރުގެ އެސޯސިއޭޝަން ކަޕް ފިރިހެން ޑިވިޝަންގެ ޕްރިލިމިނަރީ ބުރުގައި 15 ޓީމު ވާދަކުރި އެވެ. އޭގެ ތެރެއިން އެސޯސިއޭޝަން ކަޕަށް ކޮލިފައި ވާނީ ޕްރިލިމިނަރީ ބުރުގެ ސެމީ ފައިނަލް މެޗުތަކުން މޮޅުވާ ދެ ޓީމެވެ. ފައިނަލް ބުރުގައި ވާދަކުރަން ޖެހޭނީ، މިދިޔަ އަހަރުގެ މުބާާތުގެ ގަދަ ހަތަރެއްގައި ހިމެނުނު، ޕޮލިސް ކްލަބާއި ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ) އަދި ކްލަބް ވެމްކޯ އާއި ޗެމްޕިއަން ސްޕޯޓްސް ކްލަބް ސިޓީއާ އެވެ.
ފައިނަލް ބުރުން ޖާގަ ހޯދަން ކުޅޭ ސެމީ ފައިނަލްގެ ދެ މެޗު ވެސް މާދަމާ ކުޅޭނެ އެވެ. ހަވީރު 4:15 ގައި ފަށާ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އައްޑޫ ސްޕޯޓްސް ކްލަބާއި ސިޓީ ސްޕޯޓްސް ކްލަބެވެ. އަދި ރޭގަނޑު 8:15 ގައި ފަށާ މެޗުގައި ކުޅޭނީ ކްލަބް އާބަންކޯ އާއި އެސްޕިރޭޝަން ފޯ އޯލް އިނީޝީއޭޓިވް ސްޕޯޓްސް ކްލަބެވެ.
ވީއޭއެމް ކަޕް ހަތަރު ވަނަ ފަހަރަށް ވެމްކޯއަށް
ހިރިލަންދޫ ޒުވާނުން ޑޮމިނޭޓްކުރި ސިޓީއަށް ޗެމްޕިއަން
ވެމްކޯއިން ވޮލީބޯޅަ އެސޯސިއޭޝަން ކަޕް މިލްކު ކޮށްފި
ވާދަވެރި މެޗުގައި އާބަންކޯ ބަލިކޮށް ވެމްކޯ ފައިނަލަށް
ޗެމްޕިއަން ސިޓީ ކަޓައިފި، އަލަށް ކުޅޭ ސިޓީ ފަައިނަލަށް
މިފަހަރު ވެސް ފައިނަލްގައި ވެމްކޯ އާއި ޕޮލިސް
އެސޯސިއޭޝަން ކަޕްގެ ޖާގަ އާބަންކޯ އާއި ސިޓީ އަަށް
ރަނަރަފް ޕޮލިހަށް ފުރަތަމަ މެޗު ކާމިޔާބު
އެސޯސިއޭޝަން ކަޕްގެ ޕްރިލިމިނަރީ ބުރުގައި 15 ޓީމު
ވެމްކޯއިން އެސޯސިއޭޝަން ކަޕް ދިފާއުކޮށްފި