Roadha Mihaaru
އެސޯސިއޭޝަން ކަޕްގެ ޕްރިލިމިނަރީ ބުރުގައި 15 ޓީމު

ވޮލީ އެސޯސިއޭޝަން ކަޕްގެ ޕްރިލިމިނަރީ ބުރުގައި 15 ޓީމު، ފުރަތަމަ މެޗު އައްޑު އަށް

04 ޑިސެމްބަރ 2023

ޖުމުލަ 15 ޓީމާ އެކު ވޮލީބޯޅަ އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަނުގެ ޕްރިލިމިނަރީ ބުރުގެ ފުރަތަމަ މެޗުގައި ޕިނެކްލް ސްޕޯޓްސް ކްލަބްގެ މައްޗަށް އައްޑޫ ސްޕޯޓްސް ކްލަބް ކާމިޔާބު ހޯދައިފި އެވެ.

ޖުމުލަ 15 ޓީމާ އެކު ވޮލީބޯޅަ އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަނުގެ ޕްރިލިމިނަރީ ބުރުގެ ފުރަތަމަ މެޗުގައި ޕިނެކްލް ސްޕޯޓްސް ކްލަބްގެ މައްޗަށް އައްޑޫ ސްޕޯޓްސް ކްލަބް ކާމިޔާބު ހޯދައިފި އެވެ.

މިއަހަރުގެ މުބާރާތުގެ ޕްރިލިމިނަރީ ބުރުގައި ވާދަކުރާ ޓީމުތައް ވަނީ ހަތަރު ގުރޫޕަކަށް ބަހާލައިފަ އެވެ. ކޮންމެ ގުރޫޕަކުން ވެސް އެންމެ ނަތީޖާ ރަނގަޅު ދެ ޓީމެއް ކުއާޓާ ފައިނަލަށް ހޮވޭއިރު، ކުއާޓާ އިން މޮޅުވެގެން ސެމީ ފައިނަލްގެ މެޗުތައް ކާމިޔާބުކުރާ ދެ ޓީމު، އެސޯސިއޭޝަން ކަޕްގެ ފައިނަލް ބުރަށް ހޮވޭނެ އެވެ.

އިއްޔެ ހަވީރު ކުޅުނު މުބާރާތުގެ ފުރަތަމަ މެޗު އައްޑޫ ސްޕޯޓްސްިން ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ. އެޓީމުން މެޗުގެ ސެޓްތައް ގެންދިޔައީ 25-16، 25-23، 25-20 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އައްޑޫ ޓީމުގެ އިބްރާހިމް ޝަރީފް އެވެ.

• ގުރޫޕް 1: ރަންވެލި ސްޕޯޓްސް ކްލަބް، ބްރަދަހުޑް ސްޕޯޓްސް ކްލަބް، ކްލަބް ހާފް ލައިން ލިންކޭޖް، ޔޫތު ސްޕޯޓްސް ކްލަބް

• ގުރޫޕް 2: އައްޑޫ ސްޕޯޓްސް ކްލަބް، ޕިނެކްލް ސްޕޯޓްސް ކްލަބް، ކްލަބް އާބަންކޯ، ޑަބްލިއު ސްޕޯޓްސް ކްލަބް

• ގުރޫޕް 3: ވިލިނގިލި ޒުވާނުންގެ ޖަމިއްޔާ، ގުޑީސް ސްޕޯޓްސް ކްލަބް، ބީޖީ ސްޕޯޓްސް ކްލަބް، ޔޫތު ނިއު ޖެނެރޭޝަން

• ގުރޫޕް 4: ސިޓީ ސްޕޯޓްސް ކްލަބް، އެސްޕިޭޝަން ފޯ އޯލް އިނީޝިއޭޓިވް ސްޕޯޓްސް ކްލަބް، ވޮލީބޯލް ފެމިލީ އެސޯސިއޭޝަން

ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައި ކުރިއަށް ގެންދާ ޕްރިލިމިނަރީ ބުރުގެ ގުރޫޕް ސްޓޭޖުގެ މެޗުތައް އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާގޮތަށް ހަމަޖެހިފައި ވާއިރު، ކުއާޓާ ފައިނަލްގެ މެޗުތައް ކުރިއަށް ގެންދާނީ އަންނަ އާދިއްތަ ދުވަހު އެވެ. ސެމީ ފައިނަލް މެޗުތައް ތާވަލް ކޮށްފައި ވަނީ މި މަހުގެ 12 ވާ އަންގާރަ ދުވަހު އެވެ.

ޕްރިލިމިނަރީ ބުރުގެ ސެމީ ފައިނަލް ދެ މެޗު ކާމިޔާބުކުރާ ދެ ޓީމު، ފައިނަލް ބުރުގައި ވާދަކުރަން ޖެހޭނީ، މިދިޔަ އަހަރުގެ މުބާާތުގެ ގަދަ ހަތަރެއްގައި ހިމެނުނު، ޕޮލިސް ކްލަބާއި ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ) އަދި ކްލަބް ވެމްކޯ އާއި ޗެމްޕިއަން ސްޕޯޓްސް ކްލަބް ސިޓީއާ އެވެ.