އާ ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރު ކަމުގެ މަގާމަށް އިތުރު ނުވަ ބޭފުޅަކު، ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ އައްޔަން ކުރައްވައިފި އެވެ.
07 ޑިސެމްބަރ 2023
އާ ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރު ކަމުގެ މަގާމަށް އިތުރު ނުވަ ބޭފުޅަކު، ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ އައްޔަން ކުރައްވައިފި އެވެ.
މިއީ މި މަހުގެ 17 ގައި ވެރިކަމާ ހަވާލުވެ ވަޑައިގަތް ރައީސް މުއިއްޒުގެ ސަރުކާރުން ޑެޕިއުޓީ މިނިސްޓަރުން އައްޔަން ކުރެއްވި ތިން ވަނަ ފަހަރެވެ. ސަރުކާރުގެ 22 މިނިސްޓްރީގައި ތިއްބެވި ޑެޕިއުޓީ މިނިސްޓަރުންގެ އަދަދު މި އަދަދާ އެކު ވަނީ 72 އަށް އަރައިފަ އެވެ.
1. އަލީ ޖަނާހު، ހއ. ބާރައް، ސައުދީ މަންޒިލް - ފޮރިން މިނިސްޓްރީ
2. މުހައްމަދު އާރިފް، ށ. ކަނޑިތީމު، ރަތްވިލާގެ - ލޯކަލް ގަވަނަންސް މިނިސްޓްރީ
3. މަރިޔަމް ޝިފާނާ އަލީ ސަލީމް، ހ. މެލްބަން - ހޯމްލޭންޑް މިނިސްޓްރީ
4. ހަސަން މިރާސް، މއ. މާފުނަ - ފިނޭންސް މިނިސްޓްރީ
5. އާމިނަތު މުނާ، ދ. ބަނޑިދޫ، ލަކީސްޓާ - އެޑިއުކޭޝަން މިނިސްޓްރީ
6. އަހުމަދު މާއިސް، ވެލާނާގެ، ނ. ވެލިދޫ - ޓޫރިޒަމް މިނިސްޓްރީ
7. އިބްރާހީމް އަލީމް - ގއ. ކޮލަމާފުށި، ރޯޅި - ހައުސިން މިނިސްޓްރީ
8. ފާތިމަތު ޒުހުރާ، ވ. ފައުނު - އެގްރިކަލްޗާ މިނިސްޓްރީ
9. އަބްދުﷲ މަހުޒޫމް މާޖިދު، ބަގީޗާގެ، ނ. ކުޑަފަރި - ޔޫތު މިނިސްޓްރީ
މިނިސްޓަރުންގެ ނައިބުގެ ގޮތުގައި 72 މީހަކު އައްޔަން ކޮށްފައި ވާއިރު، ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި ވަނީ 49 ބޭފުޅަކު މަގާމުތަކަށް އައްޔަންކުރައްވައިފަ އެވެ.
ވެރިކަމާ ހަވާލުވެ ވަޑައިގަތުމުގެ ކުރިން ރައީސްގެ ފަރާތްޕުޅުން، އިންތިގާލީ މަރުހަލާގެ ތަރުޖަމާން މުހައްމަދު ފިރުޒުލް ވިދާޅުވެފައި ވަނީ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ އިތުރު ނުކުރަން ނިންމާފައިވާ ކަމަށެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެންމެ ފަހުން މި އަހަރު ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ބަޖެޓުގައިވާ ގޮތުން، އެ ސަރުކާރުގައި ސިޔާސީ 1،063 މުވައްޒަފުން ތިއްބެވެ. އޭގެ ކުރިން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ސިޔާސީ މުވައްޒަފުންގެ އަދަދަކީ 808 އެވެ.
ޑެޕިއުޓީ މިނިސްޓަރުންގެ އަދަދު 150 އިން މައްޗަށް!
މިނިސްޓަރުންގެ ނައިބުކަން އިތުރު 17 ބޭފުޅަކަށް
ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް އިތުރު 20 ބޭފުޅަކު
ޑެޕިއުޓީ މިނިސްޓަރުކަމަށް 26 ބޭފުޅަކު އައްޔަންކޮށްފި
އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އަހުސަން
ހިދުމަތްކުރަން ލިބުމުން ރައީސަށް ޝުކުރުވެރިވަން:ފައިސަލް
ވަކިކުރި ސިޔާސީމުވައްޒަފުންގެ ނަން ހާމަކުރަން އަންގައިިފި
މަގާމުތަކަށް މީހުންލަނީ ވައްކަން ކުރާކަށް ނޫން: ރައީސް
އެންސްޕާގެ ޑެޕިއުޓީ ސީއީއޯ ޝިއުނާ މަގާމުން ވަކިކޮށްފި
ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވާނަމަ މަގާމުން ވަކިކުރާނެ