22 ނޮވެމްބަރ 2023
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ފިއުލް ހައިޑްރަންޓް ނެޓްވޯކް ޓެސްޓުކުރަން ފަށައިިފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ފިއުލް ހައިޑްރަންޓް ނެޓްވޯކް ޓެސްޓުކުރަން ފަށައިިފި އެވެ.
އެއާޕޯޓު ހިންގާ އެމްއޭސީއެލް އިން ބުނީ، އާ ފިއުލް ފާމާ އެކު ހެދި ހައިޑްރަންޓް ނެޓްވޯކް ޓެސްޓުކުރުމަށް ފަހު ބޭނުންކުރަން ފަށާނީ އަންނަ އަހަރު ކުރީކޮޅު ކަމަށެވެ.
މި ހައިޑްރަންޓް ނެޓްވޯކް އަޅާފައިވަނީ، ރަންވޭގެ އަޑިން ހޮޅިތަކެއް އަޅައިގެންނެވެ. ފިއުލް ހައިޑްރަންޓް ނެޓްވޯކާ އެކު ތެޔޮ އެޅުމުގެ މަސައްކަތް 70 ޕަސެންޓަށް އަވަސް ވާނެ ކަމަށް އެމްއޭސީއެލް އިން ބުނެފައިވެ އެވެ. ކުރިން ވައިޑް ބޮޑީ އެއާކްރާފްޓަކަށް ތެޔޮ އެޅުމަށް ގަޑިއެއްހާ އިރު ހޭދަވާއިރު ފިއުލް ހައިޑްރަންޓް ނެޓްވޯކާ އެކު އެކަމަށް ހޭދަވާނީ 15 ވަރަކަށް މިނެޓު ކަމަށް ބުންޏެވެ.
އެމްއޭސީއެލްގެ އާ ފިއުލް ފާމް.
މިހާރު މަތިންދާބޯޓުތަކަށް ތެޔޮ އަޅަނީ ފިއުލް ފާމުން ތެޔޮ ބައުޒަރުތަކަށް ތެޔޮ އަޅައިގެން އައިސް އެވެ.
އެމްއޭސީއެލް އިން ބުނީ، މި ނެޓްވޯކް ބޭނުންކުރަން ފެށުމާ އެކު އާ ފިއުލް ފާމްގެ ބޭނުން އެއްކޮށް ކުރަން ފެށޭނެ ކަމަށެވެ.
އެއާޕޯޓުގެ ކުރީގެ ފިއުލް ފާމްގެ ކެޕޭސިޓީއަކީ 15 މިލިއަން ލިޓަރެވެ. އަލަށް ހެދި ފިއުލް ފާމުގެ ކެޕޭސީޓީ ވަނީ 45 މިލިއަން ލިޓަރު އިތުރުވެފަ އެވެ. އެ ފާމްގައި ތެޔޮ ރައްކާކުރަން ތިން ޓޭންކް ހުންނާނެ އެވެ. އާ ފިއުލް ޓޭންކުތަކާ އެކު، ފިއުލް ފާމް ކެޕޭސިޓީ 60 މިލިއަން ލިޓަރަށް އިތުރުވާނެ އެވެ.
އާ ފިއުލް ފާމާ އެކު އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 1.5 މިލިއަން ލީޓަރު ދޫކުރެވޭނެ ގާބިލްކަން ލިބޭނެ އެވެ. ފިއުލް ފާމު ސަރަހައްދުގައި ތެޔޮ އުފުލާ ބޯޓުތައް ކައިރި ކުރުމަށް ހާއްސަ ފާލަމެއް ހުންނާނެ އެވެ.
އެމްއޭސީއެލް އިން ޖެޓް ފިއުލް އަގު ހެޔޮކޮށްފި
އެސްޓީއޯ/އެމްއޭސީއެލްގެ ތެލުގެ އެއްބަސްވުން އާކޮށްފި
ޖެޓް ފިއުލްގެ ސްޓޮކް ގެނެސްފި
އާ ފިއުލް ފާމް ބޭނުންކުރާނީ ސެޕްޓެމްބަރުގައި: މަހުޖޫބް
ޖެޓް ފިއުލްގެ މައްސަލަ ހައްލުކުރަން ހަފުތާއެއް ނަގާނެ
އެއާޕޯޓް ތަރައްގީ ކުރުން ކުރިއަށް، ކާގޯ ޓާމިނަލްގެ ބޮޑުބައި ނިމިއްޖެ
އެމްއޭސީއެލް އިން ވިއްކާ ތެލުގެ އަގު ހެޔޮކޮށްފި
ހެޔޮ އަގެއްގައި ތެޔޮ ގަންނަން ސައުދީއާއެކު ސޮއިކުރަނީ
އެއާޕޯޓުން ކުނި އުފުލުން އަނެއްކާވެސް ވެމްކޯއަށް
އެސްޓީއޯ ރޭޓުން އިތުރު 4 ތަނަކުން ތެޔޮ ދޭން ފަށަނީ