Roadha Mihaaru
ތިނަދޫ އިސްލާމީ މަރުކަޒު އައިޔޫއެމް ކެމްޕަސްއަކަށް

ޑރ. ޝަހީމްގެ ފުރަތަމަ ނިންމެވުން: ގދ. ތިނަދޫ އިސްލާމީ މަރުކަޒު އައިޔޫއެމްގެ ކެމްޕަސް އަކަށް!

17 ނޮވެމްބަރ 2023

ގދ. ތިނަދޫ އިސްލާމީ މަރުކަޒު، އިސްލާމިކް ޔުނިވާސިޓީގެ ދަށަށް ބަދަލުކުރަން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ނިންމަވައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ގދ. ތިނަދޫ އިސްލާމީ މަރުކަޒު، އިސްލާމިކް ޔުނިވާސިޓީގެ ދަށަށް ބަދަލުކުރަން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ނިންމަވައިފި އެވެ.

މިއީ މިއަދު އެކުލަވައިލި އާ ސަރުކާރުގެ އިސްލާމިކް މިނިސްޓަރުގެ މަގާމާ ހަވާލުވުމަށް ފަހު ޝަހީމްގެ އެންމެ ފުރަތަމަ ނިންމެވުމެވެ.

ޝަހީމްގެ ފޭސްބުކްގައި ލިޔުއްވާފައި ވަނީ ތިނަދޫގައި ގާއިމްކޮށްފައިވާ އިސްލާމީ މަރުކަޒު އަންނަ އަންގާރަ ދުވަހު އައިޔޫއެމް މއާ ހަވާލު ކުރައްވާނެ ކަމަށެވެ.

އޭގެ ސަބަބުން އިސްލާމީ އިލްމު އުނގެން ބޭނުންވާ ދަރިވަރުން އެ ސަރަހައްދުން މާލެ ނައިސް ކިޔެވޭނެ ގޮތް ފަހިވާނެ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.

"އިސްލާމީ ހަޟާރަތާއި ސަގާފަތުގެ މަރުކަޒަކަށް ވެގެންދާނެ،" ޝަހީމް ވިދާޅުވި އެވެ.

ތިނަދޫގައި އިސްލާމީ މަރުކަޒެއް ބިނާ ކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އައިޔޫއެމް އަށް އެތަން ހަވާލު ކުރުމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވާނެ އެވެ.