Roadha Mihaaru

މިއީ ފިތުރު ޒަކާތުގެ ގޮތުގައި އެންމެ ގިނަ ފައިސާ ލިބުނު އަހަރު

މިއީ ފިތުރު ޒަކާތުގެ ގޮތުގައި މިހާތަނަށް އެންމެ ގިނައިން ފައިސާ ލިބުނު އަހަރު ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ރޭ ވިދާޅުވެއްޖެ އެވެ.

މިއީ ފިތުރު ޒަކާތުގެ ގޮތުގައި އެންމެ ގިނަ ފައިސާ ލިބުނު އަހަރު
އާސިމާ ނިޒާރު
އާސިމާ ނިޒާރު

30 މާޗް 2025

މިއީ ފިތުރު ޒަކާތުގެ ގޮތުގައި މިހާތަނަށް އެންމެ ގިނައިން ފައިސާ ލިބުނު އަހަރު ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ރޭ ވިދާޅުވެއްޖެ އެވެ.

ޝަހީމް ވިދާޅުވީ ޒަކާތް ބަލައިގަތުމުގެ ވަގުތު ހަމަވިިއިރު މުޅި ރާއްޖެއިން 13،264،819ރ. ލިބިފައިވާ ކަމަށެވެ. އެއީ، މިހާތަނަށް އެންމެ ގިނައިން ފައިސާ ލިބުނު އަހަރު ކަމަށް އޭނާ ވިދާޅުވި އެވެ.

ޒަކާތުގެ ގޮތުގައި މިދިޔަ އަހަރު 12،594،777ރ. އަދި 2023 ވަނަ އަހަރު 12،691،506ރ. ލިބިފައިވެ އެވެ. ދެހާސް ބާވީސް ވަނަ އަހަރު ޒަކާތަށް ދައްކާފައިވަނީ 11،669،385ރ. އެވެ.

މިނިސްޓަރު "މިހާރު" އަށް ވިދާޅުވީ ޒަކާތް ދައްކާ މީހުން އިތުރުވީ ޒަކާތު ހައުސް އަށް އޮންނަ އިތުބާރުން ކަމަށެވެ.

"ހަރުދަނާ ނިޒާމެއް ވެސް އޮތީމަ،" ޝަހީމް ވިދާޅުވި އެވެ.

ފަގީރުންގެ ދަފްތަރުގައި މި އަހަރު ރަޖިސްޓްރީވެފައިތިބީ 2،765 މީހުންނެވެ. އެ ކޮންމެ މީހަކަށް ބަހަން ނިންމާފައިވަނީ 4،500ރ. އެވެ.