އިންތިގާލީ އިންސާފުގެ އޮފީހާ ގުޅޭ ގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތަހުގީގަށް ހުރަސް އެޅުން ކުށްވެރިކޮށް، އޭސީސީން އިންޒާރު ދީފި އެވެ.
16 ނޮވެމްބަރ 2023
އިންތިގާލީ އިންސާފުގެ އޮފީހާ ގުޅޭ ގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތަހުގީގަށް ހުރަސް އެޅުން ކުށްވެރިކޮށް، އޭސީސީން އިންޒާރު ދީފި އެވެ.
އޭސީސީން ތަހުގީގު ކުރަމުން އަންނަނީ އެ ކޮމިޝަނުން ނިންމާފައިވާ ބައެއް ތަހުގީގުތަކުގެ ނިންމުންތައް ބަދަލުކުރި ކަމަށް ބުނާ މައްސަލައަކާއި އެހެން ބައެއް މައްސަލަތަކެވެ.
އޭސީސީން ނެރުނު ބަޔާނެއްގައި ބުނީ، އެ މައްސަލަތަކުގެ ތަހުގީގަށް އިއްޔެ ދިއުމުން އެ ކޮމިޝަނުގެ ޓީމަށް އެއްބާރުލުން ދޭން ދެކޮޅު ހަދައި، އެއްބާރުލުން ދިން މުވައްޒަފުންނަށް ފިޔަވަޅު އެޅުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
އެ ބަޔާނުގައި ވަނީ، ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް އެ ކޮމިޝަނުން ކުރަމުން އަންނަ މަސައްކަތްތައް ހުރަސްއަޅާ ނަމަ، ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ދީފަ އެވެ.
"އެފަދަ ތުހުމަތުތައް ބަލައި ތަހުގީގުކުރުމަށް ކޮމިޝަނުން ކުރަމުން ގެންދާ މަސައްކަތަށް ގޮންޖައްސަވައި، ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސް އަޅާ ފަރާތްތަކާ މެދު، ގާނޫނީ އިމުގެ ތެރެއިން އެޅެން ހުރި ފިޔަވަޅު އަޅަމުން [ގެންދާނަން]،" އޭސީސީގެ ބަޔާނުގައި ވެ އެވެ.
އޭސީސީން ވަނީ އެ ކޮމިޝަނުގެ ތަހުގީގަށް އެއްބާރުލުން ދިން ތިން މުވައްޒަފުން "ފަސްޖެހުމެއްނެތި ގާނޫނު ނެގެހެއްޓުމަށް" ކޮށްދިން މަސައްކަތަށް ޝުކުރު ވެސް އަދާކޮށްފަ އެވެ.
މި ތަހުގީގާ ގުޅިގެން އިންތިގާލީ އިންސާފުގެ އޮފީހުގެ މަސައްކަތްތައް މިއަދު ބަންދުވާނެ ކަމަށް ބުނެ ރޭ ވަނީ އިއުލާނެއް ނެރެފަ އެވެ. ނަމަވެސް އޭސީސީން ބުނި ގޮތުގައި، އެ ކޮމިޝަނުގެ ތަހުގީގުގައި އެ އޮފީހުގެ މަސައްކަތްތަކަށް ބުރޫއަރައި ހުރަސް އެޅޭނެ ފަދަ އެއްވެސް ކަމެއް ކޮށްފައި ނޯންނާނެ އެވެ.
އެ ކޮމިޝަނުގައި މިވަގުތު ތިއްބެވި މެންބަރުން ފާއިތުވީ އެއް އަހަރާއި އަށް މަސް ދުވަހު މަސައްކަތް ކޮށްފައިވާނީ ފަސް ޖެހުމެއްނެތި ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އެގޮތުގައި ދެމި ތިބޭނެ ކަމުގެ ޔަގީން ކަން ވެސް ވަނީ ދީފަ އެވެ.
އޭސީސީއަށް އެއްބާރުލުން ދިން މުވައްޒަފުންނަށް އަދަބުދީފި
އިންތިގާލީ އިންސާފުގެ އޮފީހަށް އޭސީސީން ވަދެފި
އޭސީސީން އެގްރިކަލްޗާ މިނިސްޓްރީއަށް ވަދެއްޖެ
ޝަރުތުހަމަނުވާ މީހަކަށް ވަޒީފާ ދިން މައްސަލަ ޕީޖީ އަށް
އެމްޓީސީސީ ފްލެޓުތައް: ޝާހުއަށް ދައުވާކުރަން ޕީޖީއަށް
ފެނަަކައިގެ ކުރީގެ ތިން މުވައްޒަފަކަށް ދައުވާކުރަނީ
ފެނަކަ ކޮރަޕްޝަން:ސައީދަށް ދައުވާކޮށްދޭން އެދި ޕީޖީއަށް
ގޭހަށް ދެއްކި ފައިސާ ގެއްލުނު މައްސަލަ އޭސީސީން ބަލަނީ
ޝާމިލްގެ މައްސަލަ ނުބެލޭނެ ކަމަށް ފުލުހުން އަންގައިފި
ދޮގުހެކި ދިން ކަމަށް ބުނެ ޝާމިލްގެ މައްސަލަ ފުލުހަށް