ބައެއް އޮމްބަޑްސްމަނުންގެ ނުފޫޒު ބޭނުންކޮށް، އިންތިގާލީ އިންސާފާ ގުޅޭ އޮފީހުގެ ބައެެއް ނިންމުންތައް ބަދަލުކުރާ ކަމުގެ ތުހުމަތުގެ ތަހުގީގަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ އޮފީހަށް ވަދެއްޖެ އެވެ.
15 ނޮވެމްބަރ 2023
ބައެއް އޮމްބަޑްސްމަނުންގެ ނުފޫޒު ބޭނުންކޮށް، އިންތިގާލީ އިންސާފާ ގުޅޭ އޮފީހުގެ ބައެެއް ނިންމުންތައް ބަދަލުކުރާ ކަމުގެ ތުހުމަތުގެ ތަހުގީގަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ އޮފީހަށް ވަދެއްޖެ އެވެ.
އޭސީސީގެ އޮފިޝަލަކު ވަނީ މިކަން "މިހާރު" އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.
އެނގިފައިވާ ގޮތުގައި އޭސީސީން ތަހުގީގު ކުރަމުން އަންނަނީ އެ ކޮމިޝަނުން ނިންމާފައިވާ ބައެއް ތަހުގީގުތަކުގެ ނިންމުންތައް ބަދަލުކުރި ކަމަށް ބުނާ މައްސަލައެއްގަ އާއި އިތުރު އެހެން މައްސަލަތަކަކާ ގުޅިގެންނެވެ. އެއީ ކުރިން ވެސް އޭސީސީއަށް ހުށަހަޅާފައިވާ މައްސަލަތަކެއްކަން ވަނީ އެނގިފަ އެވެ.
އިސްތިއުފާއަށް ފަހު ނެރުއްވި ބަޔާނެއްގައި އޭނާ ވަނީ، މައްސަލަތައް ނުނިންމައި ދިގު ދެންމުމަށް ފަހު ދައުރު ނިމެން ދެ ހަފްތާއަށް ވެފައިވަނިކޮށް ގަވައިދުތަކާއި ތަހުގީގުކުރުމުގެ އުސޫލުތަކާ ހިލާފަށް ކުއްލިއަކަށް މަސައްކަތްތައް ނިންމަން ފަށައި، ކުރިން ނިންމާފައިވާ ބައެއް މައްސަލަތަކުގެ ނިންމުން ބަދަލުކޮށްފައިވާ ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.
"..... އޮމްބަޑްސްޕާސަނުން ހާޒިރުނުވާ ބައްދަލުވުންތަކަށް ހާޒިރުވިކަމަށް ހެދުމާއި ކުރީން އޮމްބަޑްސްޕާސަނުންގެ ރަސްމީ ބައްދަލުވުންތަކުން ނިންމާފައިވާ މައްސަލަތަކުގައި ބައިވެރިވި އޮމްބަޑްސްޕާސަނުންނަށް އެނގުމެއްނެތި ތާވަލްކުރެވި އަލުން ގޮތް ނިންމުމާއި، އެކަމާ ގުޅޭ މައުލޫމާތު އަޅުގަނޑަށް ނުލިބުމާއި އިންތިގާލީ އިންސާފުގެ ގާނޫނާ ހިލާފަށް މަސްލަހަތު އެކުލެވޭ މައްސަލަތަކުގައި ބައިވެރިވެ ވަޑައިގެން ދަނީ ގޮތް ނިންމުން،" އޭނާ ވިދާޅުވެފައިވެ އެވެ.
އިންތިގާލީ އިންސާފުގެ އޮފީހުގެ ދައުރު ހުކުރު ދުވަހު ހަމަވާއިރު އެތަނުން އެކަށީގެންވާ މަސައްކަތެއް ނުކުރެވި ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.
އިންތިގާލީ އިންސާފުގެ ގާނޫނު ފާސްކުރީ ރާއްޖޭގައި އެންމެ ފަހުން އޮތް ފަސް ވެރިކަމެއްގައި ދިވެހިންނަށް ލިބުނު އަނިޔާތަކަށް އިންސާފު ހޯދައިދިނުމުގެ މަގުސަދުގަ އެވެ. ފުރަތަމަ މި ގާނޫނު ހުށައެޅި އިރު އޮތީ 2012 އިން، 2018 ގެ ނިޔަލަށް، ގަނޫނާ ހިލާފަށް މީހުންނާ ދެކޮޅަށް ހިންގާފައިވާ އަނިޔާތައް ބަލައި، އިންސާފު ހޯދައިނުމެވެ. އެކަމަކު މަޖިލިހުން ނޮވެމްބަރު 29، 2020ގައި ގާނޫނު ފާސްކުރީ އެއަށް ވުރެ މާ ފުޅާކޮށް، 65 އަހަރުގެ މުއްދަތެއް ހިމަނައިގެންނެވެ.
އިންތިގާލީ އިންސާފުގެ އޮފީހަށް އޭސީސީގެ އިންޒާރެއް
އޭސީސީއަށް އެއްބާރުލުން ދިން މުވައްޒަފުންނަށް އަދަބުދީފި
މާރުކޭޓު އެއްބަސްވުމުގެ މައްސަލަ އޭސީސީއަށް
އެފްއައިޔޫގެ އާ ވެރިޔާ ސާޖިދުއާ އޭސީސީން ބައްދަލުކޮށްފި
75 ޕޮއިންޓަށް 315 ފްލެޓް ދިން މައްސަލަ އޭސީސީއަށް
ޕޮލްކޯގެ މައްސަލައިގެ ހިލުންގަނޑާއެކު، ވަކި ސެކްޝަނެއް
ޝުޖާއުއާ ގުޅޭ ރިޕޯޓުގެ މައްސަލަ ބަލާތާ ދުވަސްތަކެއް!
މަޝްވަރާކުރީ ގެއްލުނު ފައިސާ ހޯދާނެ އޮފީހެއް ހަދަން
އޭސީސީއާ އެކު ބޭއްވި ބައްދަލުވުން ސިއްރު
ގޭހުގެ އެޑްވާންސް 3.7 މިލިއަން އަދިވެސް ނުހޯދޭ!