14 ނޮވެމްބަރ 2023
އަންނަ ހުކުރު ދުވަހު އުފެދޭ އާ ސަރުކާރުގައި އަންހެނުންގެ ހިއްސާ ބޮޑުކުރަން، ސަރުކާރު ހިއްސާވާ އަށް ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުންނަށް އަންހެނުން ހަމަޖައްސަވަން ނިންމަވާފައިވާ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
އަންނަ ހުކުރު ދުވަހު އުފެދޭ އާ ސަރުކާރުގައި އަންހެނުންގެ ހިއްސާ ބޮޑުކުރަން، ސަރުކާރު ހިއްސާވާ އަށް ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުންނަށް އަންހެނުން ހަމަޖައްސަވަން ނިންމަވާފައިވާ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
އިންތިހާބީ ރައީސް ވަނީ ރޭ ސޯޝަލް ސެންޓަރުގައި ނޫސްވެރިންނާ ބައްދަލުކުރައްވައިފަ އެވެ.
އެ ބައްދަލުކުރެއްވުމުގައި މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ކެމްޕެއިންގައި ވައުދު ވެވަޑައިގެންނެވި ގޮތަށް، އާ ސަރުކާރު ހިންގުމުގައި އަންހެނުންގެ ހިއްސާ ވަރަށް ބޮޑު ކުރައްވާނެ ކަމަށެވެ. އަންހެން ބޭފުޅުންނަކީ ދައުލަތް ހިންގުމުގައި ފުރިހަމަ ހިއްސާ ދެވެން ޖެހޭނެ ބައެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"މިއީ މިހާތަނަށް އެންމެ ގިނަ އަދަދު. އަޅުގަނޑަށް މިހާތަނަށް ލިބުނު މައުލޫމާތައް ބަލާއިރުގައި ދެ ކުންފުންޏަށް ވުރެ ގިނައިން އެއްވެސް ސަރުކާރެއްގައި އަންހެން ބޭފުޅުން ނެތް ކުންފުނި ހިންގާފައެއް،" މުއިއްޒު ވިދާޅުވި އެވެ.
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދިވެހި މީޑިއާ ބައްދަލުކުރެއްވުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ބައްދަލުވުމުގައި ބްރޮޑްކާސްޓިން ކޮމިޝަންގެ ކުރީގެ މެމްބަރުން ކަމަށްވާ ޒީނާ ޒާހިރު އާއި ޒައިނާ މުހުސިން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ރޭގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވި ގޮތުގައި ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރަކަށް ވެސް މިފަހަރު ހަމަޖައްސަވާފައި ވަނީ އަންހެން ބޭފުޅެކެވެ. ނަމަވެސް އެއީ ކޮން ބޭފުޅެއް ކަމެއް އެމަނިކުފާނު ވިދާޅެއް ނުވެ އެވެ.
"... ދައުލަތުގެ މީޑިއާ ކުންފުނި، ޕަބްލިކް ސާވިސް މީޑިއާގެ މެނޭޖިން ޑިރެކްޓަރަކަށް ވެސް ވަޑައިގަންނަވާނީ އަންހެން ބޭފުޅެއް. މިތަނުގައި އެ ބޭފުޅާ އެބަ އިންނެވި، އިރާދަކުރެއްވިޔާ ދައުލަތުގެ މަދުވެގެން އަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަން ކުރައްވާނީ، އަންހެން ބޭފުޅުން،" މުއިއްޒު ވިދާޅުވި އެވެ.
އެމަނިކުފާނުގެ ކެބިނެޓުގައި ވެސް ތިން މިނިސްޓްރީއެއް ހިންގެވުމަށް ވަޒީރުންގެ ގޮތުގައި އަންހެން ބޭފުޅުން ތިއްބަވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ވައިސް ޗާންސެލަރަކަށް ވެސް މިފަހަރު ވަޑައިގަންނަވަނީ އަންހެން ބޭފުޅެކެވެ.
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދިވެހި މީޑިއާ ބައްދަލުކުރެއްވުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ބައްދަލުވުމުގައި ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމް އާއި ތައުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ޑރ. މަރިޔަމް މާރިއާ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އެމަނިކުފާނު ވިދާޅުވީ ސަރުކާރު ހިންގުމަށް އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިހާބުގައި ވެސް ވީހާ ވެސް ގިނަ އަންހެނުން ވާދަކުރައްވަން އެދިވަޑައިގަންނަވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގައި އަންހެން މެމްބަރުން ގިނަކުރަން ބާރު އެޅުމުގެ ގޮތުން ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ވާދަކޮށް ހޮވޭ ކޮންމެ މެމްބަރަކަށް މަޖިލީހުގެ މުސާރަ އާއި އެލަވަންސްގެ އިތުރުން ޕާޓީން ހާއްސަ އެލަވަންސެއް ހަމަޖައްސަން މަސައްކަތް ކުރައްވާނެ ކަމަށް ވެސް އިންތިހާބީ ރައީސް ކުރިން ވިދާޅުވެފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ 20 ޕަސެންޓް މެމްބަރުންގެ ގޮތުގައި އަންހެނުން ހޮވުމަށް ޕީޕީއެމް/ޕީއެންސީގެ ފަރާތުން މުއިއްޒު އެދިވަޑައިގަތެވެ.
ނޫސްވެރިންގެ ކަންބޮޑުވުމަށް މުއިއްޒުގެ އުއްމީދީ ޖަވާބު
މީޑިއާ ކޮމިޝަންގެ ބިލް އަނބުރާ ގެންދަން ގޮވާލައިފި
ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނަން:އޭޖީ
މީޑިއާތައް ބޭނުންވާ ނަމަ އެމްއެމްސީ/ބްރޯޑްކޮމް އުވާލަނީ
ބިލަކީ މިނިވަން ނޫސްވެރިކަމަށް ނުރައްކަލެއް:އެމްޖޭއޭ
"މީޑިއާ ކޮމިޝަން ބިލް އެންޑޯޒް ކުރާނީ ދިރާސާކޮށްފައި"
އެމްއެމްސީ އާއި ބްރޯޑްކޮމް އެއްކޮށްލާ ބިލް މަޖިލީހަށް
ނޫސްވެރިކަމުގެ އިނާމުގެ މާކްސްތައް އާންމުކޮށްފި
"ނޫސްވެރިންނަށް ދުލާއި ގަލަމުގެ މިނިވަންކަން ދޭނަން"
ޝަނާ: ލިޔަން ޖެހިލުމެއް ނުވާނެ، ނަތީޖާ ނެރޭނެ