Roadha Mihaaru
ފްލެޓުގެ ޝަކުވާތައް އޭސީސީއަށް، މިއަދު ގޮތެއް ނިންމަނީ

ފްލެޓާ ގުޅޭ ޝަކުވާތައް އޭސީސީއަށް، އަވަސް ފިޔަވަޅެއް އަޅަންޖެހޭތޯ މިއަދު ނިންމަނީ

05 ނޮވެމްބަރ 2023

މި ސަރުކާރުން ހުޅުވާލި ގެދޮރުވެރިޔާ ފްލެޓް ލިބޭ މީހުންގެ ލިސްޓް އާއްމުކުރުމާ އެކު ޝަކުވާތައް ހުށަހަޅަމުންދާ ކަމަށާއި އަވަސް ފިޔަވަޅެއް އަޅަންޖެހޭތޯ ބަލައި މިއަދު ގޮތެއް ނިންމާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މި ސަރުކާރުން ހުޅުވާލި ގެދޮރުވެރިޔާ ފްލެޓް ލިބޭ މީހުންގެ ލިސްޓް އާއްމުކުރުމާ އެކު ޝަކުވާތައް ހުށަހަޅަމުންދާ ކަމަށާއި އަވަސް ފިޔަވަޅެއް އަޅަންޖެހޭތޯ ބަލައި މިއަދު ގޮތެއް ނިންމާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން މިއަދު ބުނެފި އެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4،000 ފްލެޓު ލިބޭ މީހުންގެ ލިސްޓް އިއްޔެ އާއްމުކުރުމާ އެކު ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެކަންކަމާ ގުޅިގެން ބައެއް މީހުން ވަނީ، ޕޮއިންޓް ދިން ގޮތް ހާމަކުރަން ގޮވާލައި ޕްލޭނިން މިނިސްޓްރީ ދޮށަށް ވެސް އެއްވެފަ އެވެ.

އޭސީސީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފްލެޓް ލިސްޓް އާއްމުކުރުމާ ގުޅޭ މައްސަލަތައް އެ ކޮމިޝަނަށް ހުށަހަޅަމުންދާ ކަމަށެވެ.

އެ މައްސަލަތައް ދިރާސާ ކުރަމުންދާ ކަމަށާއި އަވަސް ފިޔަވަޅެއް އަޅަން ޖެހޭތޯ ބަލައި، މިއަދު ގޮތެއް ނިންމާނެ ކަމަށް ވެސް އޭސީސީން ބުންޏެވެ.

ސޯޝަލް ހައުސިން ސްކީމުގެ ދަށުން، ސަރުކާރުން ހަދާ ފްލެޓުތަކަށް ކުރިމަތިލުމަށް ހުޅުވާލުމުން 20،000 އަށް ވުރެ ގިނަ މީހުން ކުރިމަތިލި އެވެ. ހައުސިން މިނިސްޓްރީން ވަނީ ފްލެޓަށް ޝަރުތު ހަމަވާ އެންމެންނަށް ފްލެޓު ދޭޏް ނިންމައިފަ އެވެ. އެއީ 13،000 މީހުންނެވެ. އެކަމަކު، އެންމެ ފުރަތަމަ ލިޔުން ދޭން ނިންމާފައިވަނީ މިހާރު ހަދަމުން އަންނަ ފްލެޓު ލިބޭ މީހުންނަށެވެ.

ތިން ކޮޓަރީގެ ފްލެޓްގެ ދާއިމީ ލިސްޓުގައި ހިމެނީ 76 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ މީހުންނެވެ. ދެ ކޮޓަރީގެ އެޕާޓްމަންޓްތައް ލިބެނީ 73 އަށް ވުރެ ގިނައިން މާކްސް ލިބުނު މީހުންނަށެވެ. ސަރުކާރުން ނިންމާފައި ވަނީ 32 ޓަވަރެއްގައި ފްލެޓުތައް ހަދާށެވެ. އަށާރަ ފްލޯއަށް ހަދާ ޓަވަރުތަކުގެ ކޮންމެ ފްލޯއެއްގައި އަށް އެޕާޓްމެންޓް ހުންނާނެ އެވެ. އޭގެ ތެރެއިން، ހައެއްކަ ޓަވަރުގެ ކޮންސްޓްރަކްޝަން މަސައްކަތް ނިންމައި، މި އަހަރު ނިމުމުގެ ކުރިން ފެނާއި ކަރަންޓު ދީ އެ ތަންތަނުގައި ލިފްޓް ހަރުކޮށް ނިންމާނެ އެވެ.