Roadha Mihaaru
ފްލެޓް ދިން ގޮތާ މެދު ނުރުހުންފާޅުކުރަން މިނިސްޓްރީއަށް

4،000 ފްލެޓް ލިބޭ މީހުން ކަނޑައެޅި ގޮތާ މެދު ހިތްހަމަނުޖެހި މިނިސްޓްރީއަށް

05 ނޮވެމްބަރ 2023

ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ދިން ގޮތާ މެދު ހިތްހަމަނުޖެހި، ޕްލޭނިން މިނިސްޓްރީއަށް މިއަދު އެއްވެއްޖެ އެވެ.

ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ދިން ގޮތާ މެދު ހިތްހަމަނުޖެހި، ޕްލޭނިން މިނިސްޓްރީއަށް މިއަދު އެއްވެއްޖެ އެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަނުން މިހާރު އިމާރަތްކުރަމުން އަންނަ 4،000 ފްލެޓު ލިބޭ މީހުންނާ އެކު، ފްލެޓުގެ ދާއިމީ ލިސްޓު ވަނީ އިއްޔެ އާއްމުކޮށްފަ އެވެ. މި އަދަދު ކަނޑައެޅީ، ފްލެޓަށް ކުރިމަތިލައި ޝަރުތު ހަމަވި 13،000 މީހުންގެ ތެރެއިންނެވެ.

މައްސަލައަކީ މީގެ ތެރެއިން ޕޮއިންޓް ދީ، 4،000 ފްލެޓް ލިބޭ މީހުން ކަނޑައެޅި ގޮތެވެ. މިނިސްޓްރީއަށް އެއްވީ މި ޝަކުވާ ހިފައިގެންނެވެ.

އެ މީހުންގެ ޑިމާންޑަކީ ޕޮއިންޓް ދީފައި ހުރި ގޮތުގެ ތަފްސީލް ހޯދުމެވެ.

ޕްލޭނިން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ވަނީ، މިނިސްޓްރީ ދަށަށް އެއްވެ ތިބި މީހުންނާ ބައްދަލުކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ ޕޮއިންޓް ދީފައިވަނީ ފޯމްގައި ފުރިހަމަކޮށްފައި ހުރި މައުލޫމާތުތަކަށް ބެލުމަށްފަހު ކަމަށެވެ.

"މިނިސްޓްރީގެ ސްޓާފުން ބުނަނީ ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހަޅަން. އެކަމަކު، އެއްވެ ތިބި މީހުން ވަނީ މިނިސްޓަރު ނޫނީ ސްޓޭޓް މިނިސްޓަރު އަކްރަމާ އެކު މީޓިންނެއް ހަމަޖައްސައިދޭން." އެ ސަރަހައްދުގައި ހުރި "މިހާރު"ގެ ރިޕޯޓަރަކު ބުންޏެވެ.

ސޯޝަލް ހައުސިން ސްކީމުގެ ދަށުން، ސަރުކާރުން ހަދާ ފްލެޓުތަކަށް ކުރިމަތިލުމަށް ހުޅުވާލުމުން 20،000 އަށް ވުރެ ގިނަ މީހުން ކުރިމަތިލި އެވެ. އެކަމަކު، ހައުސިން މިނިސްޓްރީން ވަނީ 13،000 މީހުން ޝަރުތު ހަމަވާ ކަމަށާއި އެ އެންމެންނަށް ފްލެޓު ދޭނެ ކަމަށް ބުނެފަ އެވެ. އެކަމަކު، އެންމެ ފުރަތަމަ ލިޔުން ދޭން ނިންމާފައިވަނީ މިހާރު ހަދަމުން އަންނަ ފްލެޓު ލިބޭ މީހުންނަށެވެ.

ތިން ކޮޓަރީގެ ފްލެޓްގެ ދާއިމީ ލިސްޓުގައި ހިމެނީ 76 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ މީހުންނަށެވެ. ދެ ކޮޓަރީގެ އެޕާޓްމަންޓްތައް ލިބެނީ 73 އަށް ވުރެ ގިނައިން މާކްސް ލިބުނު މީހުންނަށެވެ.