Roadha Mihaaru
މާވެލްގެ "އެކޯ" އަންނަ ޖެނުއަރީ މަހު 10 ގައި

މާވެލްގެ "އެކޯ" އަންނަ ޖެނުއަރީ މަހު 10 ގައި

05 ނޮވެމްބަރ 2023

މާވެލް ސްޓޫޑިއޯސްގެ ކުރިއަށް އޮތް ސުޕަހީރޯ ސީރީޒް "އެކޯ" އަންނަ ޖެނުއަރީ މަހު 10 ގައި ސްޓްރީމް ކުރަން ފަށަން ނިންމައިފި އެވެ.

މާވެލް ސްޓޫޑިއޯސްގެ ކުރިއަށް އޮތް ސުޕަހީރޯ ސީރީޒް "އެކޯ" އަންނަ ޖެނުއަރީ މަހު 10 ގައި ސްޓްރީމް ކުރަން ފަށަން ނިންމައިފި އެވެ.

އެ ސީރީޒް ސްޓްރީމް ކުރަން ފަށާ ދުވަސް އިއުލާންކޮށް މާވެލް އިން މިހާރު ވަނީ އޭގެ ޓްރެއިލާ ވެސް ނެރެފަ އެވެ. ރިޕޯޓްތައް ބުނި ގޮތުގައި، އެ ސީރީޒްގައި ގެނެސްދޭނީ ފަސް އެޕިސޯޑެވެ.

"އެކޯ" އަކީ މާވެލްގެ 10 ވަނަ ސީރީޒެވެ.

އެ ސީރީޒްގެ ލީޑު ރޯލު ނުވަތަ އެކޯގެ ރޯލު ކުޅެނީ އަލަކުއާ ކޮކްސް އެވެ. ޑެއާޑެވިލްގެ ރޯލުން ޗާލީ ކޮކްސް ވެސް މި ސީރީޒްގައި ފެންނާނެ އެވެ. އަދި ކިންގްޕިންގެ ރޯލުން ވިންސެންޓް ޑިއޮނޮފްރިއޯ ވެސް ފެންނާނެ އެވެ.

މާވެލް ސްޓޫޑިއޯސް އިން މިހާރު ވެސް އަންނަނީ ސީރީޒެއް ގެނެސްދެމުންނެވެ. އެއީ "ލޯކީ"ގެ ދެވަނަ ސީޒަނެވެ.

އެ ސްޓޫޑިއޯގެ ކުރިއަށް އޮތް ފިލްމު "ދަ މާވެލްސް" އަންނަ ހުކުރު ދުވަހު ޕްރިމިއާ ކުރަން ވެސް އަންނަނީ ތައްޔާރުވަމުންނެވެ.