01 އޯގަސްޓް 2023
މާވެލް ސްޓޫޑިއޯސްގެ "ލޯކީ"ގެ ދެވަނަ ސީޒަން ޓްރެއިލާ އިއްޔެ ނެރެފި އެވެ.
މާވެލް ސްޓޫޑިއޯސްގެ "ލޯކީ"ގެ ދެވަނަ ސީޒަން ޓްރެއިލާ އިއްޔެ ނެރެފި އެވެ.
ޑިޒްނީ ޕްލަސް އިން ގެނެސްދޭ މި ސީރީޒްގައި ލީޑު ރޯލު ކުޅެނީ އިނގިރޭސި އެކްޓަރު، ޓޮމް ހިޑްލްސަން އެވެ. އޭނާ އަކީ މާވެލްގެ ފިލްމުތަކުގައި ލޯކީގެ ކެރެކްޓާ ކުޅޭ އެކްޓަރެވެ.
ފުރަތަމަ ސީޒަންގައި ވެސް ފެނުނު އެކްޓަރުންނާ އަދި ބައެއް އާ އެކްޓަރުން ވެސް އާ ސީޒަންގެ ކާސްޓުގައި ހިމެނެ އެވެ. ފުރަތަމަ ސީޒަންގައި މޮބިއަސްގެ ރޯލު ކުޅުނު އޯވެން ވިލްސަން، ހަމަ އެ ރޯލުން މި ސީޒަންގައި ވެސް ފެންނާނެ އެވެ.
ސީރީޒްއާ އަލަށް ގުޅުނު ތަރިންގެ ތެރޭގައި މިދިޔަ އަހަރު ނުކުތް ފިލްމު "އެވްރީތިން އެވްރީވެއާ އޯލް އެޓް ވަންސް" އިން އޮސްކާ ހޯދި އެކްޓަރު، ކީ އީ ކުއާން އާއި "ގޭމް އޮފް ތުރޯންސް"ގެ އެކްޓްރެސް، ކޭޓް ޑިކީ ހިމެނެ އެވެ.
ފުރަތަމަ ސީޒަންއާ އެއްގޮތަށް މި ސީޒަންގައި ވެސް ގެނެސްދެނީ ހަ އެޕިސޯޑެވެ.
އާ ސިޒަން ސްޓްރީމް ކުރަން ފަށަނީ އަންނަ އޮކްޓޯބަރު މަހު ހައެއްގަ އެވެ.
މުސްލިމު ސުޕަހީރޯ އަށް ގިނަ ބައެއްގެ ލޯބި ލިބިއްޖެ
މާވެލްގެ ފުރަތަމަ މުސްލިމް ސުޕަހީރޯގެ މަންޒަރުތަކެއް
"ޑެއާޑެވިލް" ގެނެސްދެނީ އަންނަ އަހަރު މާޗުގައި
ބިލިއަން ޑޮލަރު ހޯދި ދެވަނަ ފިލްމަކަށް "ޑެޑްޕޫލް"
"ފެންޓާސްޓިކް ފޯ" އަށް ޕެޑްރޯ ޕަސްކަލް؟
"މެޑަމް ވެބް"ގެ ޓްރެއިލާ ނެރެފި
މާވެލް އިން ލޯކީ ދެން ނުފެންނާނެ ކަމުގެ އިޝާރާތެއް
"ދަ މާވެލްސް"ގެ ފައިނަލް ޓްރެއިލާ ނެރެފި
މާވެލްގެ "އެކޯ" އަންނަ ޖެނުއަރީ މަހު 10 ގައި
ތޯ: ލަވް އެންޑް ތަންޑާގެ ފުރަތަމަ ޓީޒާ ދައްކާލައިފި