30 އޮކްޓޯބަރ 2023
އިޒްރޭލު ސިފައިން މިދިޔަ ހުކުރު ދުވަހު އެއްގަމު މަގުން ގާޒާ އަށް އަރައިގަންނަމުން ގާޒާގެ މުވާސަލާތީ ޚިދުމަތްތައް ކަނޑާލާފައިވަނިކޮށް އެ ޚިދުމަތްތައް އަލުން ދިނުމުގެ މަސައްކަތް ކުރަމުން އަންނަނިކޮށް، އިޒްރޭލުން އަނެއްކާ ވެސް އެ ޚިދުމަތްތައް ކަނޑާލައިފި އެވެ.
އިޒްރޭލު ސިފައިން މިދިޔަ ހުކުރު ދުވަހު އެއްގަމު މަގުން ގާޒާ އަށް އަރައިގަންނަމުން ގާޒާގެ މުވާސަލާތީ ޚިދުމަތްތައް ކަނޑާލާފައިވަނިކޮށް އެ ޚިދުމަތްތައް އަލުން ދިނުމުގެ މަސައްކަތް ކުރަމުން އަންނަނިކޮށް، އިޒްރޭލުން އަނެއްކާ ވެސް އެ ޚިދުމަތްތައް ކަނޑާލައިފި އެވެ.
ގާޒާގެ އާންމު ފޯންލައިންތަކާއި އިންޓަނެޓް އަދި މޮބައިލް ވިއުގައިގެ ޚިދުމަތްތައް މެދުކެނޑުނީ، ގާޒާގެ އުތުރުކޮޅުން އިޒްރޭލު ސިފައިން ގާޒާ އަށް ވަދެގަތުމުގެ ތެރޭގައި އެއްގަމާއި ވަޔާއި ކަނޑުމަގުން ދިން ވަރުގަދަ ހަމަލާތަކުގަ އެވެ. ގާޒާގެ މުވާސަލާތީ ޚިދުމަތާ ގުޅުން ހުރި އިންފްރާސްޓްރަކްޗާ އަށް އަމާޒުކޮށް ދިން ހަމަލާތަކުގައި ފޯނާއި އިންޓަނެޓް ކޭބަލްތަކާއި އެހެން އާލާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.
އެ ގެއްލުންތައް މަރާމާތުކޮށް ގާޒާގެ މުވާސަލާތީ ވިއުގަ އަލުން ޚިދުމަތަށް ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފަލަސްތީނުގެ މުވާސަލާތީ ކުންފުނި، ޕަލްޓެލް އިން ބުނީ އިއްޔެ އެވެ. އެ މަސައްކަތުގެ ތެރެއިން ގާޒާގެ ބައެއް ސަރަހައްދުތަކަށް އިއްޔެ ފޯނާއި އިންޓަނެޓާއި މޮބައިލް ފޯނުގެ ޚިދުމަތް ލިބެން ފެށި އެވެ.
ނަމަވެސް އިއްޔެ އާއި ރޭ އިޒްރޭލު ސިފައިން ގާޒާ އަށް ދިން ވަރުގަދަ ހަމަލާތަކުގެ ސަބަބުން، އިއްޔެ އަލުން ޚިދުމަތް ލިބުނު ސަރަހައްދުތަކުން އަނެއްކާ ވެސް ފޯނާއި އިންޓަނެޓްގެ ޚިދުމަތް މިހާރު ވަނީ ކެނޑިފަ އެވެ. އޭގެ އިތުރުން ގާޒާގެ ބައެއް ސަރަހައްދުތަކުގައި ހަމާސް އިން ހިންގަމުން އަންނަ އިންޖީނުގެތަކަށް އިޒްރޭލު ސިފައިން ރޭ ދިން ހަމަލާތަކުގެ ސަބަބުން، ގާޒާގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓު ކެނޑިފަ އެވެ.
ގާޒާގެ ގާތްގަނޑަކަށް 80 ޕަސެންޓުގައި ބޭނުންކުރަމުން އަންނަނީ އިޒްރޭލުން ގާޒާ އަށް ފޯރުކޮށްދީފައި އޮންނަ ކަރަންޓެވެ. ބާކީ 20 ޕަސެންޓުގައި ބޭނުންކުރަނީ، ހަމާސް ޖަމާއަތުން ހިންގާ އިންޖީނުގެތަކެވެ. ނަމަވެސް މި މަހުގެ 7 ވަނަ ދުވަހު ހަނގުރާމަ ފެށުމަށް ފަހު، އިޒްރޭލުން ވަނީ ގާޒާ އަށް ދޫކޮށްފައި އޮންނަ ކަރަންޓު ކަނޑާލައިފަ އެވެ.
އިޒްރޭލުން ދިން ހަމަލާއެއްގައި އިމާރާތްތައް ބިމާ ހަމަކޮށްފައި
ގާޒާގެ މުވާސަލާތީ ޚިދުމަތްތައް ކެނޑުމާ ގުޅިގެން، ގާޒާގައި ތިބި މީހުންނާއި އެހެން ގައުމުތަކާއި ހުޅަނގު އައްސޭރީގައި ތިބި ފަލަސްތީނުގެ ރައްޔިތުންނާ ދެމެދު މުވާސަލާތު ކުރެވޭނެ ގޮތެއް ނެތުމުން، ގާތްތިމާގެ މީހުންގެ ހާލު ބެލޭނެ ގޮތެއް ނެތްތާ ތިން ދުވަސްވީ އެވެ.
ހިޒްރޭލުގެ ހިސޯރުގެ ސަބަބުން ގާޒާގައި ތާށިވެފައި ތިބި ފަލަސްތީނުގެ އާންމު ރައްޔިތުން ބުނާ ގޮތުގައި މިދިޔަ ހުކުރު ދުވަހު އިޒްރޭލުގެ އެއްގަމު ސިފައިން ގާޒާ އަށް ވަދެގަތް ފަހުން، މިސައިލާއި ބޮމާއި ބޮޑުބަޑީގެ އަޑު އެންމެ ހިނދުކޮޅަކަށް ވެސް ކަނޑައިގެން ނުދެ އެވެ.
އިޒްރޭލުން ގާޒާ އަށް ހަމަލާ ދެމުންދަނީ، އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް، އަގްސާ ތޫފާންގެ ނަމުގައި މިމަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ފެށި ހަނގުރާމައަށް ބަދަލު ހިފުމުގެ ގޮތުން، "އެކަތައިގެ ކަނޑިތައް" ނަމުގައި ހަމަ އެ ދުވަހު އިޒްރޭލުން ފަށާފައިވާ ހަނގުރާމައިގަ އެވެ.
އިޒްރޭލުން ފަލަސްތީނުގެ ގާޒާ އަށް މިހާރު ދެމުންދާ އަސްކަރީ ހަމަލާތަކުގައި 24 ވަނަ ދުވަހަށް އިރު އެރި އިރު، ފަލަސްތީނުގެ 8000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައި 20000 އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލައިފި އެވެ. ޝަހީދުވި މީހުންގެ ތެރޭގައި 3340 އަށް ވުރެ ގިނަ ކުޑަކުދިންނާއި 2060 އަށް ވުރެ ގިނަ އަންހެނުންނާއި 460 އަށް ވުރެ ގިނަ މުސްކުޅިން ހިމެނެ އެވެ.
އޭގެ އިތުރުން ގާޒާގެ ހަނގުރާމައާ ދެކޮޅަށް ހުޅަނގު އައްސޭރީގެ ޒުވާނުން އަޑުއުފުލަން ފެށުމާ ގުޅިގެން ހުޅަނގު އައްސޭރިއަށް އިޒްރޭލު ސިފައިން ވަދެގަނެ ހިންގަމުން ދާ އުދުވާނީ އަމަލުތަކަށް ތިން ހަފުތާ ވެގެން ދިޔައިރު، ޝަހީދުވި މީހުންގެ އަދަދު 120 އަށް އަރައިފި އެވެ. އަދި އިތުރު 2000 އަށް ވުރެ ގިނަ މީހުން ވަނީ، ހުޅަނގު އައްސޭރިން ޒަޚަމްވެފަ އެވެ.
އަގްސާ ތޫފާންގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކުގައި އިޒްރޭލުން މަރުވި މީހުންގެ އަދަދު 1500 އަށް ވުރެ މައްޗަށް ގޮސްފައިވާ އިރު ޒަޚަމްވި މީހުންގެ އަދަދު ވަނީ 5130 އަށް ވުރެ މަތިވެފަ އެވެ. މަރުވި މީހުންގެ ތެރޭގައި އިޒްރޭލު ސިފައިންގެ 310 މީހަކު ވެސް ހިމެނެ އެވެ. އޭގެ އިތުރުން އިޒްރޭލުގެ ތެރެއިން ހައްޔަރުކޮށްފައިވާ 239 މީހުން އަސީރުންގެ ގޮތުގައި ހަމާސްގެ ބެލުމުގެ ދަށުގައި އެބަތިއްބެވެ.
ގާޒާގެ މުވާސަލާތީ ގުޅުން އަލުން ހިދުމަތަށް
އިޒްރޭލަށް ދާ ކޮންމެ ބޯޓަކީ އަހަރެމެންގެ އަމާޒެއް
އެމިރޭޓްސްގެ ގަރާރު ވެސް އެމެރިކާ އިން ވީޓޯކޮށްފި
ޣައްޒާގެ އާންމުން މެރުމަށް އެމެރިކާގެ އިތުރު ހަތިޔާރު
ހަމަލާ ނުދޭ މުއްދަތު އަނެއްކާ އިތުރުކޮށްފި
ރައީސް ބައިޑެން އާއި ދެ ވަޒީރަކަށް ދައުވާކޮށްފި
އިޒްރޭލު މީހުން ބަރޯސާވަނީ އަބޫ އުބައިދާގެ ވާހަކައަށް
އިޒްރޭލުން ބިސްމަޅި ދުއްވާ ސިންވާރަކީ ކާކު؟
ނަތަންޔާހޫ އެ ތަކުރާރުކުރަނީ ނާޒީންގެ އަމަލުތައް
ގާޒާގެ އަމަން ބަލަހައްޓާނީ އިޒްރޭލުން: ނަތަންޔާހޫ