26 އޮކްޓޯބަރ 2023
އިޒްރޭލު ސިފައިން ގާޒާ އަށް ދެމުންދާ އުދުވާނީ ހަމަލާތަކާ ބެހޭ ހަބަރުތައް ވަގުތުން ގެނެސްދިނުމަށް ގާޒާގައި ހަރަކާތްތެރިވަމުން އައި އަލް ޖަޒީރާ އަރަބި ޗެނަލްގެ ނޫސްވެރިޔާ ވާއިލް ދަހްދޫހްގެ އާއިލާ، އިޒްރޭލު ސިފައިން ރޭ ދިން ބޮމުގެ ހަމަލާއެއްގައި ޝަހީދުކޮށްލައިފި އެވެ.
އިޒްރޭލު ސިފައިން ގާޒާ އަށް ދެމުންދާ އުދުވާނީ ހަމަލާތަކާ ބެހޭ ހަބަރުތައް ވަގުތުން ގެނެސްދިނުމަށް ގާޒާގައި ހަރަކާތްތެރިވަމުން އައި އަލް ޖަޒީރާ އަރަބި ޗެނަލްގެ ނޫސްވެރިޔާ ވާއިލް ދަހްދޫހްގެ އާއިލާ، އިޒްރޭލު ސިފައިން ރޭ ދިން ބޮމުގެ ހަމަލާއެއްގައި ޝަހީދުކޮށްލައިފި އެވެ.
ގާޒާގެ މެދުތެރޭގައި އޮންނަ ނުސައިރާ ރެފިއުޖީ ކޭމްޕުގައި ތިމާގެ ބަޔަކާއެކު ދަހްދޫހްގެ އާއިލާގެ މެމްބަރުން ތިއްބައި އިޒްރޭލު ސިފައިން އެ ތަނަން ބޮން އެޅީ، ދުރާލައި އެއްވެސް އިންޒާރެއް ދިނުމެއް ނެތި އެވެ. ވާއިލްގެ އާއިލާ ތިބި ރެފިއުޖީ ކޭމްޕަކީ، ގާޒާގެ ރައްކާތެރި ސަރަހައްދު ކަމަށް އިޒްރޭލުން ބުނެ، ގާޒާގެ އުތުރުގައި އުޅޭ މީހުން ދާން އަންގާފައި އޮތް ސަރަހައްދެވެ.
ވާއިލްގެ އާއިލާ އެކުގައި މަރައިލި ހަބަރު އޭނާ އަށް ލިބުނީ، ރޭގެ މެންދަމުން އަލިވި ފަހުން އިޒްރޭލު ސިފައިން ގާޒާގެ އިމާރާތްތަކަށް ދިން މިސައިލް ހަމަލާތަކެއްގެ މަންޒަރު ވަގުތުން ދައްކަމުން، އެ ހަމަލާގެ ތަފްސީލުތައް ޓީވީ ބެލުންތެރިންނަށް ކިޔައިދޭން ހުއްޓަ އެވެ. މި ހަމަލާގައި ވާއިލްގެ އަންހެނުންނާއި އަންހެން ދަރިއަކާއި ފިރިހެން ދަރިއަކާއި ކާފަ ކިޔާ ފިރިހެން ދަރިއަކު ވެސް ވަނީ ޝަހީދުވެފަ އެވެ.
The family of Al Jazeera’s Gaza bureau chief Wael Dahdouh has been killed in an Israeli attack at the Al Nuseirat Camp in central Gaza, where they had forcibly evacuated to shelter from Israeli bombardments ⤵️ pic.twitter.com/ya64Lgunbp
— Al Jazeera English (@AJEnglish) October 25, 2023
ވާއިލްގެ އާއިލާ އިން ރޭގެ ހަމަލާގައި ޝަހީދުވީ ވާއިލްގެ އަންހެނުން އާމިނާ އާއި އެ ދެމަފިރިންގެ، އުމުރުން 16 އަހަރުގެ ފިރިހެން ދަރި މަހްމޫދާއި އުމުރުން ހަ އަހަރުގެ އަންހެން ދަރި ޝާމް އެވެ. ދެން ޝަހީދުވީ ވާއިލްގެ ދޮށީ ދަރިފުޅު ހަމްޒާ އަށް މީގެ 45 ދުވަސް ކުރިން ލިބުނު އާދަމް އެވެ. ވާއިލްގެ އެހެން ފިރިހެން ދަރިއެއް ކަމަށްވާ ޔަހްޔާ ޒަހަމްތަކަކާ އެކު ފުރާނަ ސަލާމަތްވި އެވެ.
ރޭގެ ހަމަލާގައި ވާއިލްގެ އާއިލާ އެ ވަގުތު ތިބި އިމާރާތް ބިމާ ހަމަވެގެން ދިޔައިރު، އޭނާގެ އާއިލާގެ ބައެއް މީހުން ވީ ވެއްޓުނު އިމާރާތުގެ ދަށުގައި ވަޅުލެވިފަ އެވެ. ވެއްޓުނު އިމާރާތުގެ ދަށުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ހުއްޓާނުލައި ކުރަމުން ދިޔަ ނަމަވެސް، ދިރިހުރި މީހެއް ފެނުމުގެ އުއްމީދު ވަނީ ކުޑަވެފަ އެވެ.
އިޒްރޭލުގެ ރަހުމެއް ނެތް މި ހަމަލާގައި ވާއިލްގެ އާއިލާގެ ހަތަރު މެމްބަރުން ޝަހީދުވެގެން މި ދިޔައީ، ގާޒާގެ އުތުރުކޮޅުގައި ދިރިއުޅެމުން ދަނިކޮށް، އެ ސަރަހައްދަކީ ހަނގުރާމައިގެ ސަރަހައްދެއް ކަމަށް އިޒްރޭލުން ކަނޑައަޅައި، އެ ސަރަހައްދުގެ އެންމެން ގާޒާގެ މެދުތެރެ އާއި ދެކުނަށް ދާން އެންގުމުން އެ ސަރަހައްދަށް ދިޔަތާ ހަފުތާއެއް ވެސް ނުވަނީހެވެ. ގާޒާގެ އުތުރުން ފައިބައިގެން ދިޔަ ވަރަށް ގިނަ ބަޔަކު ވަގުތީ ގޮތުން ތިބީ، ނުސައިރާ ރެފިއުޖީ ފޭލިގެ އަވަށުގަ އެވެ.
ގާޒާގެ އެހެން އާންމު ރައްޔިތުންނެކޭ އެއްފަދައިން ވާއިލަކީ ވެސް އިޒްރޭލުގެ އަނިޔާތަކާ ކިތަންމެ ފަހަރަކު ކުރިމަތިލާން ޖެހުނު މީހެކެވެ. އެ ގޮތުން ފަލަސްތީނުގެ ފުރަތަމަ އިންތިފާލާގައި ބައިވެރިވުމުގެ ތުހުމަތުގައި 1988 ވަނަ އަހަރު ހައްޔަރުކޮށް ހަތް އަހަރު ވަންދެން އިޒްރޭލުގެ ޖަލުގައި ގެންގުޅުނެވެ.
ޖަލުން މިނިވަންވުމުން ގާޒާގައި ހުންނަ އިސްލާމިކް ޔުނިވަސިޓީން ނޫސްވެރިކަމުގެ ދާއިރާ އިން 1998 ވަނަ އަހަރު ފުރަތަމަ ޑިގްރީ ހާސިލުކުރި އެވެ. މާސްޓާސް އަށް ކިޔަވަން ހުޅަނގު އައްސޭރީގެ އަބޫ ދީސް ޔުނިވަސިޓީ އަށް ދާން އުޅުމުން އިޒްރޭލުން އެކަމަށް ހުރަސްއަޅައި ގާޒާ އިން ބޭރުވިޔަ ނުދީ ހިފެހެއްޓި އެވެ.
އިޒްރޭލުގެ ދުއްތުރާލާ ހެދި އިތުރަށް ނުކިޔެވުމުން، ފަލަސްތީނުގެ ތަފާތު ނޫސްތަކުގައި ނޫސްވެރިއެއްގެ ގޮތުގައި ވާއިލް މަސައްކަތް ކުރަން ފެށި އެވެ. އަދި ފަލަސްތީނުގައި ހުންނަ ރިޕޯޓަރެއްގެ ގޮތުގައި 2004 ވަނަ އަހަރު އަލްޖަޒީރާގެ އަރަބި ޗެނަލާ ގުޅުނެވެ.
އަލްޖަޒީރާގެ ފަލަސްތީނު ބިއުރޯގެ ޗީފްގެ މަގާމުގައި ހުރި ވާއިލް، އަލް ޖަޒީރާއާ ގުޅުނު ފަހުން، އިޒްރޭލުން ގާޒާގައި ހިންގި ހުރިހާ އުދުވާނީ އަމަލުތަކެއްގެ ހަބަރުތައް ގެނެސްދިނުމުގައި އޭނާ މުހިންމު ދައުރެއް އަދާކުރި އެވެ. އޭނާ ނޫސްވެރިކަމުގެ ތެރެއަށް ވަން ފަހުން، އިޒްރޭލުގެ ތަފާތު ހަމަލާތަކުގައި އޭނާގެ އާއިލާގެ 20 މެމްބަރަކު މީގެ ކުރިން ވަނީ ޝަހީދުވެފަ އެވެ.
އިޒްރޭލުން ގާޒާ އަށް ހަމަލާ ދެމުންދަނީ، އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް، އަގްސާ ތޫފާންގެ ނަމުގައި މިމަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ފެށި ހަނގުރާމައަށް ބަދަލު ހިފުމުގެ ގޮތުން، "އެކަތައިގެ ކަނޑިތައް" ނަމުގައި އިޒްރޭލުން ފެށި ހަނގުރާމައިގަ އެވެ.
އިޒްރޭލުން ފަލަސްތީނުގެ ގާޒާ އަށް މިހާރު ދެމުންދާ އަސްކަރީ ހަމަލާތަކުގައި 20 ވަނަ ދުވަހަށް އިރު އެރި އިރު، ފަލަސްތީނުގެ 6،500 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައި 17،500 އަށް ވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި އެވެ. މަރުވި މީހުންގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަކީ ކުޑަކުދިންނެވެ.
އަގްސާ ތޫފާންގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކުގައި އިޒްރޭލުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 1،500 އަށް ވުރެ މައްޗަށް ގޮސްފަ އެވެ. އޭގެ ތެރޭގައި އިޒްރޭލު ސިފައިންގެ 308 މީހަކު ވެސް ހިމެނެ އެވެ. އޭގެ އިތުރުން އިޒްރޭލުގެ 200 އަށް ވުރެ ގިނަ މީހުން އަސީރުންގެ ގޮތުގައި ހަމާސްގެ ބެލުމުގެ ދަށުގައި އެބަތިއްބެވެ.
މިހާތަނަށް 86 ނޫސްވެރިން ޝަހީދުކޮށްލައިފި
ނޫސްވެރިން މެރުމުގެ ރެކޯޑް ވެސް އިޒްރޭލަށް
އިޒްރޭލުން ފަލަސްތީނުގެ 4،000 މީހުން ހައްޔަރުކޮށްފި
ގާޒާގެ މުޖާހިދުންގެ ހިތްވަރަށް ބަދަލެއް ނާދޭ: އިޒްރޭލް
ގާޒާގެ ބިންގަރާސްތަކަށް އިޒްރޭލުން ލޮނު އަޅަނީ
ޣައްޒާގެ ގަތުލުއާންމު ހުއްޓައިލަން ދުނިޔެ ގޮވާލައިފި
ޣައްޒާ ހަނގުރާމައިގައި މަރުވި އަދަދު 18000 އަށް
ޣައްޒާގެ ދެބައިކުޅަ އެއްބައި ތިބީ ހައިހޫނުކަމުގައި
އިޒްރޭލަށް ދާ ކޮންމެ ބޯޓަކީ އަހަރެމެންގެ އަމާޒެއް
އެމިރޭޓްސްގެ ގަރާރު ވެސް އެމެރިކާ އިން ވީޓޯކޮށްފި