Roadha Mihaaru
ރީތިގޮތަކީ ނަޝީދު އަމިއްލައަށް މަގާމުން ދުރުވުން: އެމްޑީޕީ

ރީތިގޮތަކީ މަޖިލީހުގެ ރިޔާސަތުން ނަޝީދު އަމިއްލަ އަށް ދުރުވުން: އެމްޑީޕީ

26 އޮކްޓޯބަރ 2023

އެންމެ ރީތިގޮތަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަމިއްލަފުޅަށް ރިޔާސަތުން އެކަހެރިވެވަޑައިތުން ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ބުނެފި އެވެ. މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީގެ 49 މެންބަރުން ސޮއިކުރައްވައި ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލަ އާދިއްތަ ދުވަހަށް އެޖެންޑާކޮށްފައިވީ ނަމަވެސް، ޖަލްސާ ބޭއްވޭނެ ކަމާމެދު ސުވާލު އުފައްދާފައިވަނިކޮށް އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ، އެ މައްސަލަ ކުރިއަށް ނުގެންދިއުމަށް ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތް ކުށްވެރިކުރާ ކަމަށެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

"އެ މަގާމުގައި ހުންނަވަން ވާނީ އިތުބާރު ނެތްކަމުގެ ވޯޓާ ވެސް ކުރިމަތިލައްވަން ކެރިވަޑައިގަންނަވާ، ޑިމޮކްރެޓިކް ހަމަތައް ގަބޫލު ކުރައްވާ ފަރާތެއްކަމަށް މި ޕާޓީން ދެކެމެވެ. އެ މަޖިލީހުގެ މެންބަރުންގެ އިތުބާރު ނެތް ރައީސަށް އެންމެ ރިވެތި ގޮތަކީ މަޖިލީހުގެ ރިޔާސަތުން އެކަހެރިވެވަޑައިގަތުމެވެ،" އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އޭގެ ބަދަލުގައި ނަޝީދުގެ ފަރާތުން ފެނިގެންދަނީ ޑިމޮކްރެސީއާ ހިލާފަށް ކަންކަން ކުރައްވަމުން ގެންދަވާތަން ކަމުގައި އެމްޑީޕީން ބުނެފައިވެ އެވެ.

އެމްޑީޕީން ބުނީ، ރިޔާސީ އާ ދައުރެއް ފެށެން ކައިރިވެފައިވަނިކޮށް، ގާނޫނުއަސާސީގެ ބާރު ކަނޑުވާލައި ރައްޔިތުންގެ މަޖިލީހުގެ ގަވައިދާ ހިލާފަށް މަޖިލިސް ކުރިއަށް ގެންދިއުމަށް އެ ޕާޓީއިން ޖާގަ ނުދޭނެ ކަމަށެވެ. ގާނޫނު އަސާސީއާއި މަޖިލިސް ގަވައިދު ބައްޓަން ކޮށްފައިވަނީ އެއްވެސް ފަރާތަކަށް، ގާނޫނު ހެދުމުގެ ބާރު ހިސޯރުކުރެވޭނެ ގޮތަކަށް ނޫން ކަން ފާހަގަކޮށް، ބަޔާނުގައި ވަނީ އެ މައްސަލަ ކުރިއަށް ގެންދެވޭނެ ގޮތަށް ކަންކަން ފަހިކުރުމަށް ގޮވާލައިފަ އެވެ.