26 އޮކްޓޯބަރ 2023
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރުމުގެ މައްސަލަ ބޭއްވޭނެ ކަމާމެދު ސުވާލު އުފައްދާފައިވަނިކޮށް، އާދިއްތަ ދުވަހަށް ޖަލްސާ ތާވަލްކޮށް، އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރުމުގެ މައްސަލަ ބޭއްވޭނެ ކަމާމެދު ސުވާލު އުފައްދާފައިވަނިކޮށް، އާދިއްތަ ދުވަހަށް ޖަލްސާ ތާވަލްކޮށް، އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާކޮށްފި އެވެ.
މަޖިލީހުގެ އިދާރާއިން އާންމުކުރި އާދިއްތަ ދުވަހުގެ އެޖެންޑާގައި އޮތީ ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ މައްސަލައާ މެދު ގޮތެއް ނިންމުން އެކަންޏެވެ.
މަޖިލީހުގެ ގަވައިދުގައިވާ ގޮތުން އިތުބާރު ނެތްކަމުގެ ގަރާރުގެ 14 ދުވަހުގެ ނޯޓިސް ހަމަވުމުން ޖަލްސާ ބާއްވަން ޖެހެ އެވެ. އާދީއްތަ ދުވަހަކީ އާންމު މަޖިލިސް އޮންނަ ދުވަހަކަށް ނުވާތީ، ނަޝީދުގެ މައްސަލަ އެ ދުވަހަށް އެޖެންޑާކުރާނެކަން މަޖިލީހުގެ އިދާރާއިން ވަނީ މެމްބަރުންނަށް މި ހަފްތާގައި އަންގައިފަ އެވެ.
މި ޖަލްސާ އެޖެންޑާކޮށްފައިވާއިރު، އެ ޖަލްސާއަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ހާޒިރުވެ ވަޑައިނުގެން، ޖަލްސާ ކުރިއަށް ގެންދަން ފުުރުސަތު ނުދޭން ނަޝީދުގެ ޑިމޮކްރެޓްސް އިން ރާވާފައިވާ ކަމަށް އެމްޑީޕީން ވަނީ ތުހުމަތުކޮށްފަ އެވެ.
މަޖިލީހުގެ ގަވައިދުގައި ބުނާ ގޮތުން، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ނައިބު ރައީސެވެ. މަޖިލީހުގެ ނައިބު ރައީސް ވަޑައިނުގަންނަވާ ހާލަތެއްގައި ވާނެ ގޮތެއް ގަވާއިދުގައި ސާފުކޮށް ބުނެފައެއް ނެތެވެ.
މީގެ ކުރިން ނަޝީދު ވަކި ކުރަން ހުށަހެޅި މައްސަލަ ވެސް ކުރިއަށް ނުގެންދެވުނީ އެހެންވެ އެވެ. އެ ފަހަރު ނަޝީދާ އެކު އީވާ ވަކިކުރަން ވެސް ގަރާރެއް ވެއްދުމުން، ދެ ބޭފުޅުން ވެސް ރިޔާސަތާ ހަވާލުވާން އުޒުރުވެވަޑައިގެންނެވި އެވެ. އެއާ އެކު، އެ ދެ ގަރާރު އަނބުރާ ނެގުމާ ހަމައަށް ވެސް ގަވާއިދުން އަންނަ "ހުސްކަމަށް" އޮތީ ހައްލެއް ނުހޯދި އެވެ.
އެމްޑީޕީން އެދެނީ މަޖިލީހުން ގަވައިދާ ހިލާފު ނުވާން
އިތުރު ޖަލްސާއެއް ނުބޭއްވޭނެކަމަށް ކަނޑައަޅަން އެދިއްޖެ
އެމްޑީޕީ މެންބަރުން ތަޅުމުން ނުނިކުމެ އިހުތިޖާޖުގައި
"ނަޝީދު ވަކިކުރަން އުޅެގެން އެމްޑީޕީ ވާނީ ބަލި"
ރީތިގޮތަކީ ނަޝީދު އަމިއްލައަށް މަގާމުން ދުރުވުން: އެމްޑީޕީ
އެއްވެސް ކަމެއް ކުރާނީ ނަޝީދު ވަކިކޮށްފައި: އެމްޑީޕީ
ނަޝީދު ވަކިކުރަން އެމްޑީޕީން ތްރީލައިން ވިޕް ނެރެފި
ނަޝީދު ވަކިކުރުން: މަޖިލިސްގައި އަނެއްކާ މަރުތަޅެއް؟
ސީދާ މަޖިލީހުން ނިޒާމީ ވޯޓަށް އަހަން ފާސްކޮށްފި
ބަރުލަމާނީ ގަރަރުގެ މަޝްވަރާ އަނެއްކާ ލަސްވެއްޖެ