20 ސެޕްޓެމްބަރ 2023
މުޅި މަޖިލީހުގެ ކޮމިޓީ އަށް މެމްބަރުން ހާޒިރުވެވަޑައިގަތުމާ މެދު މަޖިލިސް ތަމްސީލު ކުރާ މައި ތިން ޕާޓީން އަދިވެސް މަޝްވަރާ ކުރާތީ، ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ހުޅުދޫ ދާއިރާގެ ޑިމޮކްރެޓްސްގެ މެމްބަރު އިލްޔާސް ލަބީބް ހުށަހަޅުއްވާފައިވާ ގަރާރުގެ މަސައްކަތް ކުރިއަށް ނުގެންދެވި، ލަސްވެއްޖެ އެވެ.
މުޅި މަޖިލީހުގެ ކޮމިޓީ އަށް މެމްބަރުން ހާޒިރުވެވަޑައިގަތުމާ މެދު މަޖިލިސް ތަމްސީލު ކުރާ މައި ތިން ޕާޓީން އަދިވެސް މަޝްވަރާ ކުރާތީ، ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ހުޅުދޫ ދާއިރާގެ ޑިމޮކްރެޓްސްގެ މެމްބަރު އިލްޔާސް ލަބީބް ހުށަހަޅުއްވާފައިވާ ގަރާރުގެ މަސައްކަތް ކުރިއަށް ނުގެންދެވި، ލަސްވެއްޖެ އެވެ.
އަންނަ އޮކްޓޯބަރު 30 ގެ ކުރިން ސީދާ މަޖިލީހުން ނިޒާމީ ވޯޓަށް އެހުމަށް އިލްޔާސް ހުށަހެޅުއްވި ގަރާރު މަޖިލީހަށް އިއްޔެ ބަލައިގެންފައިވަނީ، ފަހު ވަގުތު އެމްޑީޕީން ވެސް ދޫދީ އެ އަށް ތާއީދު ކުރުމުންނެވެ. އެ ގަރާރު ބަލައިގަނެ، މުޅި މަޖިލީހުގެ ކޮމިޓީގައި ބަހުސްކުރަން ވެސް ހޯމަ ދުވަހާއި އިއްޔެގެ ޖަލްސާގެ ބޮޑުބައެއް ބޮއިކޮޓް ކުރި އެމްޑީޕީން އިއްޔެ ތާއީދުކުރި އެވެ.
އެކަމަކު، މިއަދުގެ ޖަލްސާ ފަށައި، މުޅި މަޖިލީހުގެ ކޮމިޓީގެ ނުފެށުނީ ބޭނުންވާ 26 މެމްބަރުން ނެތިގެން ކަމަށް ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި އެމްޑީޕީ އާއި މަޖިލީހުގެ އާ މައިނޯރިޓީ ޕާޓީ ޑިމޮކްރެޓްސްގެ އިތުރުން މައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ގެ އިސް މެމްބަރުން ތިއްބެވީ މަޝްވަރާގަ އެވެ.
"ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާ ކުރެވެމުން ދަނީ. އަޅުގަނޑު ހިތުން އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރާއި އަދި ޕީޕީއެމް/ޕީއެންސީގެ ލީޑަރުންނާއި ޑިމޮކްރެޓުންގެ ލީޑަރުން ދަނީ މަޝްވަރާ ކުރެވެމުން. މަޝްވަރާ ކުރެވެމުން މިދަނީ މަޖިލީހަށް ބޭފުޅުން ވަޑައިގަންނަވާނެތޯ ނުވަތަ ނޫންތޯ،" ވަރަށް ބޮޑަށް ހިނިފުޅުވަޑުވަމުން ނަޝީދު ވިދާޅުވި އެވެ.
އަދި އެ މަޝްވަރާ އަށް ޖާގަ ދިނުމަށް ނަޝީދު ވަނީ 9:45 އަށް މުޅި މަޖިލީހުގެ ކޮމިޓީން ފެށުން ފަސްކުރައްވައިފަ އެވެ.
ޑިމޮކްރެޓްސްގެ ގަރާރަށް އެމްޑީޕީން އިއްޔެ ދޫދިނުމަށްފަހު، މިއަދު އިތުރަށް މަޝްވަރާ ކުރަނީ ކޮންކަމަކާ ކަމެއް އަދި ސާފެއް ނުވެ އެވެ.
އަދި މަޖިލީހުގެ ހަތަރު ބައިކުޅަ ތިން ބައިގެ ތާއީދާ އެކު، ވެރިކަމުގެ ނިޒާމު ބަދަލުކުރަން ވޯޓަށް އަހަން ފެންނަ ކަމަށް ނިންމައިފި ނަމަ، އެކަން ކުރަން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން އިލެކްޝަން ކޮމިޝަންގައި އެދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އިއްޔެ ވަނީ ވިދާޅުވެފަ އެވެ.
"މިހާރު ހުށަހަޅާފައި އެ އޮތީ އޮކްޓޯބަރު 30 ގައި ވޯޓު ނަގަން. އެހެންވިއްޔާ އެއީ ވާހަކަ ދައްކައިގެން ކުރިއަށް ގެންދެވިދާނެ ކަމެއް. އެކަމަށް ތައްޔާރުވާން އެންމެ ކުޑަކޮށް ވެސް 30 ދުވަސް ލިބެންޖެހޭ ކަމަށް އިލެކްޝަން ކޮމިޝަނުން ވެސް ބުނި. އަނެއްކާ މިކަހަލަ ކަމެއްގައި ރައްޔިތުން ހޭލުންތެރިކުރަން ވެސް ޖެހޭނެ،" ރައީސް އިއްޔެ ވިދާޅުވި އެވެ. "ރިޔާސީ އިންތިހާބުގެ ފަހުން މަޖިލީހުން ވަކި މުއްދަތެއްގެ ތެރޭ އެ ވޯޓު ނަގަން ކަނޑައަޅައިފި ކަަމަށްވާ ނަމަ، ދެވަނަ ބުރުގެ ވޯޓު ނެގުމުގެ ކުރިން އިލެކްޝަން ކޮމިޝަނަށް އެކަން ކުރުމަށް އަޅުގަނޑަށް ރިކްއެސްޓް ކުރެވޭނެ."
"ނަޝީދު ވަކިކުރަން އުޅެގެން އެމްޑީޕީ ވާނީ ބަލި"
ނަޝީދު ވަކިކުރުން: މަޖިލިސްގައި އަނެއްކާ މަރުތަޅެއް؟
ސީދާ މަޖިލީހުން ނިޒާމީ ވޯޓަށް އަހަން ފާސްކޮށްފި
އެމްޑީޕީން ދޫދީ، ނިޒާމީ ވޯޓުގެ ގަރާރު ބަލައިގެންފި
ޑިމޮކްރެޓުން ލާން ކޮމިޓީތައް އަލުން އެކުލަވާލަނީ؟
އީވާ ވަކިކުރާ މައްސަލަ ވެސް މަޑުޖެހުމުގެ ފުރުސަތު ބޮޑު
މަޖިލީހުގެ ރައީސްކަމާ ހަވާލުވާން އަސްލަމް ތައްޔާރު
އަފީފް ރިޔާސަތު ބަލަހައްޓަވަނީ ގަވާއިދާ ހިލާފަށް!
އެމްޑީޕީއަށް ބަހުސް އަނބުރާ އާ އުކުޅު ހުއްޓުވައިފި
މާދަމާގެ ޖަލްސާ އެމްޑީޕީ އާއި ޑިމޮކްރަޓްސްއިން ބޮއިކޮޓް