26 އޮކްޓޯބަރ 2023
މީގެ ދުވަސްކޮޅެއް ކުރިން ޝޫޓިން ފެށި ބޮލީވުޑްގެ ތަރި ޝާހިދު ކަޕޫރްގެ އާ ފިލްމުގެ ނަން އިއްޔެ އިއުލާންކޮށްފި އެވެ.
މީގެ ދުވަސްކޮޅެއް ކުރިން ޝޫޓިން ފެށި ބޮލީވުޑްގެ ތަރި ޝާހިދު ކަޕޫރްގެ އާ ފިލްމުގެ ނަން އިއްޔެ އިއުލާންކޮށްފި އެވެ.
އެ ފިލްމަށް ކިޔަނީ "ދޭވާ" އެވެ. އެ ފިލްމުގެ ނަން ޝާހިދު އިއުލާންކުރީ ސޯޝަލް މީޑިއާ މެދުވެރިކޮށެވެ.
އަދިތިޔާ ރޯއި ކަޕޫރު ޕްރޮޑިއުސްކުރާ މި އެކްޝަން ތުރިލާ ފިލްމު ޑައިރެކްޓުކުރަނީ ރޯޝަން އެންޑްރިއުސް އެވެ. އެ ފިލްމުގެ މުހިންމު ރޯލަކުން ޕޫޖާ ހެޖް ވެސް ފެންނާނެ އެވެ.
ފިލްމުގެ ނަމުގެ އިތުރުން، ފިލްމު ރިލީޒްކުރާ ތާރީހު ވެސް ޝާހިދު އިއްޔެ އިއުލާންކުރި އެވެ. އެ ފިލްމު ސިނަމާތަކަށް ގެންނަނީ އަންނަ އަހަރު އޮކްޓޯބަރު 11 ގަ އެވެ.
ޝާހިދު ވަނީ އެ ފިލްމުގައި އޭނާ ފެންނާނެ ގޮތުގެ "ފަސްޓް ލުކް" ފޮޓޯއެއް ވެސް އިންސްޓަގްރާމްގައި ޕޯސްޓުކޮށްފަ އެވެ.
ޝާހިދުގެ ފިލްމަކަށް އެންމެ ފަހުން ނުކުތީ މިދިޔަ ޖޫން މަހު ނެޓްފްލިކްސް އިން ސްޓްރީމް ކުރަން ފެށި އެކްޝަން ތުރިލާ "ބްލަޑީ ޑެޑީ" އެވެ.
"ޖަބް ވީ މެޓް"ގެ ސީކުއެލްއެއް ވެސް ހަދަނީ
ކޮޕީކުރިކަމުގެ ތުހުމަތާއެކު "ޖާޒީ" ފަސްކޮށްފި
ވިކީ އަށް "ޕަދުމާވަތު" ގެއްލުނީ ދީޕިކާއާ ހެދި
ކޮވިޑްގެ ބިރާ ހެދި ޝާހިދުގެ "ޖާޒީ" ފަސްކޮށްފި
ޑިމްޕަލް އާއި ޕަންކަޖްގެ ވާހަކައެއް
ކެޓްރީނާއާ އެކު ކުޅެން ލިބުނު ފިލްމު ދޫކޮށްލީ ޝާހިދު
ޝާހިދުގެ "ބްލަޑީ ޑެޑީ" ގެ މަސައްކަތް ދުބާއީގައި
ޝާހިދުގެ "ޖާޒީ" ދައްކާލައިފި
ޝާހިދު ދޫކޮށްލި "ޔޯދާ" ސިދާތާ އެކު ފްރެންޗައިޒަކަށް
ޝާހިދުގެ ފިލްމަށް ބޫމީ ބުނީ ނޫނެކޭ