23 އޮކްޓޯބަރ 2023
ފަލަސްތީނުގެ މައުސޫމް ރައްޔިތުންނަށް އަމާޒުކޮށް އިޒްރޭލުން ހުއްޓުމެއްނެތި ދެމުންދާ ހަމަލާތައް ހުއްޓުވުމަށް، އދ. އެމަޖެންސީ ސްޕެޝަލް ސެޝަން ބާއްވައި ދިނުމަށް ރާއްޖޭން އެދިއްޖެ އެވެ.
ފަލަސްތީނުގެ މައުސޫމް ރައްޔިތުންނަށް އަމާޒުކޮށް އިޒްރޭލުން ހުއްޓުމެއްނެތި ދެމުންދާ ހަމަލާތައް ހުއްޓުވުމަށް، އދ. އެމަޖެންސީ ސްޕެޝަލް ސެޝަން ބާއްވައި ދިނުމަށް ރާއްޖޭން އެދިއްޖެ އެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ގާޒާއަށް ދެމުންދާ ހަމަލާތައް އިޒްރޭލުން އިތުރަށް ވަރުގަދަ ކުރުމާ އެކު، އދ. ގެ 10 ވަނަ އެމެޖެންސީ ސްޕެޝަލް ސެޝަން ބާއްވައި ދިނުމަށް އެހެން ގައުމުތަކާ ގުޅިގެން ރާއްޖޭން އެދިފައިވާ ކަމަށެވެ.
ދުނިޔޭގެ ސުލްހަ އާއި ހަމަޖެހުން ގާއިމުކޮށްފައި ބޭއްވުމުގެ ޒިންމާ އދ. ގެ ސެކިޔުރިޓީ ކައުންސިލަށް އަދާނުކުރެވޭ ކަމަށް މެމްބަރު ގައުމުތަކަށް ފެންނަ ހާލަތްތަކުގައި އެމެޖެންސީ ސްޕެޝަލް ސެޝަނަކަށް ގޮވައިލުމުގެ އިހުތިޔާރު ދޭން ނިންމީ 1950 ވަނަ އަހަރެވެ.
The continuous attacks by the Israeli military on innocent Palestinian civilians, especially children, have gone on for far too long.
— Abdulla Shahid (@abdulla_shahid) October 23, 2023
Under President @ibusolih's guidance, with other countries, we are requesting the President of the General Assembly to resume the 10th Emergency…
އދ. ގެ ސެކިޔުރިޓީ ކައުންސިލުގައި ވީޓޯ ކުރުމުގެ ބާރު ލިބިފައިވާ ފަސް ގައުމުތަކުގެ ތެރޭގައި އިޒްރޭލަށް ވާގިދޭ ގައުމުތައް ތިބި އިރު، އެމެޖެންސީ ސްޕެޝަލް ސެޝަނަކީ އދ. ހުއްޓުވާފައި ބޭއްވުމުގެ ޖާގަ ގެއްލުވާލަން އެހެން މެމްބަރު ގައުމުތަކަށް ލިބޭ ހަމައެކަނި ފުރުސަތެވެ.
ފަލަސްތީނުގެ ހައްގުގައި އދ. ގެ 10 ވަނަ އެމެޖެންސީ ސްޕެޝަލް ސެޝަން ފެށީ 1997 ވަނަ އަހަރެވެ. އެއީ އިޒްރޭލުން ފަލަސްތީނުގެ ބިމުގައި 6،000 އަށް ވުރެ ގިނަ ގެދޮރު އަޅަން ނިންމުމާ ގުޅިގެންނެވެ.
އެ ސެޝަންގެ ބައްދަލުވުމެއް އެންމެ ފަހުން ބޭއްވީ 2018 ވަނަ އަހަރުގެ ޖޫން މަހު އެވެ. އެ ފަހަރު އިޒްރޭލުން ގާޒާގެ އިތުރުން ރޮކެޓު ހަމަލާތައް ދިނުން ވަގުތުން ހުއްޓައިލަން މެމްބަރު ގައުމުތަކުން ގަރާރެއް ފާސްކުރި އެވެ.
މި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ގާޒާއަށް ހަމަލާ ދެމުންދާ އިރު، އެކަން ހުއްޓުވަން އދ. ގެ ސެކިޔުރިޓީ ކައުންސިލަށް ހުށަހެޅި ގަރާރު ފާސްކުރެވޭ ގޮތެއް ނުވި އެވެ.
އެއާ އެކު ފަލަސްތީނާ ގުޅޭ ސެޝަން ފަށައި ދޭން ރާއްޖޭން އެދިފައި މިވަނީ، ގާޒާގެ މަދަނީ ކޮންމެ ތަނަކީ އިޒްރޭލުގެ އަމާޒަކަށް ހަދައި، މުޅި ގާޒާ އެކުގައި ސުންނާފަތި ކުރަން ފަށާފައިވަނިކޮށެވެ.
މިސްކިތްތަކާއި ހޮސްޕިޓަލުތަކާއި މަދަރުސާތަކުގެ އިތުރުން، އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ މަރުކަޒުތަކަށް ވެސް، އެއްވެސް ބެލުމެއް ނެތި ވައިގެ މަގުން ހަމަލާ ދީ އެތައް ބަޔަކު ޝަހީދުކޮށްލައިފި އެވެ. ހަމާސްގެ ކިބައިން ބަދަލު ހިފުމުގެ ނަމުގައި ގާޒާ އަށް ހަމަލާ ދޭން ފެށި ނަމަވެސް، ހަމާސްގެ ހަނގުރާމަވެރިންނަށް ހަމަލާ ދިނުމުގެ ބަދަލުގައި އިޒްރޭލުގެ ހަމަލާތައް ގަސްދުގައި އަމާޒުކުރަމުން ދަނީ އާންމުންނަށެވެ.
ގާޒާގައި 2.2 މިލިއަނަށް ވުރެ ގިނަ މީހުން ދިރިއުޅޭ އިރު، މިހާރު ކުރަމުންދާ ހަނގުރާމައިގައި އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ދިރިނުއުޅެވޭ ވަރުވެފައިވާތީ، ގާޒާގެ 1.5 މިލިއަނަށް ވުރެ ގިނަ މީހުން މިހާރު ތިބީ ގެދޮރު ނެތި ހާލުގައި ޖެހިފަ އެވެ. ގަދަފަދަ ހަމަލާތަކުގައި އިމާރާތްތައް ފުނޑުފުނޑު ކުރަމުން ދިއުމުގެ އިތުރުން، ގާޒާގެ ދެކުނަށް ހިޖްރަކުރުމަށް ތަކުރާރުކޮށް އިޒްރޭލުން އިންޒާރު ދެމުން ދާތީ، ގާޒާގެ އުތުރުކޮޅުގައި މިހާރު ތިބީ ވަރަށް މަދު އަދަދެއްގެ ބައެކެވެ.
ހަނގުރާމައިގެ ހާލަތުގައި ވެސް ހަމަލާ ދިނުން މަނާ ތަންތަނަށް އިޒްރޭލުން ދިން ހަމަލާތަކުގެ ތެރެއިން ވެސް އެންމެ ފާހަގަކޮށްލެވެނީ، ގާޒާގެ އުތުރުކޮޅުގައި ހުންނަ މަޢުމަދާނީ ހޮސްޕިޓަލް (އަލް އަހްލީ ހޮސްޕިޓަލް) އަށް މި މަހުގެ 17 ވަނަ ދުވަހުގެ ރޭ އިރާކޮޅު ދިން ވަރުގަދަ ހަމަލާ އެވެ. އެ ހަމަލާގައި ގާތްގަނޑަކަށް 500 މީޙުން މަރުވެ އެތައް ސަތޭކަ ބަޔަކު ޒަޚަމްވި އެވެ.
އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނު ރައްޔިތުންގެ އަދަދު ވަނީ 4750 އަށް ވުރެ މަތިވެފަ އެވެ. ގާޒާ އަށް ދެމުންދާ ހަމަލާތައް އަމާޒުކުރަނީ ހަމާސްގެ ހަނގުރާމަވެރިންނަށް ކަމަށް އިޒްރޭލުން ބުނާއިރު، ގާޒާ އިން ޝަހީދުވި މީހުންގެ ތެރޭގައި 1870 އަށް ވުރެ ގިނަ ކުޑަކުދިންނާއި 1020 އަށް ވުރެ ގިނަ އަންހެނުން ހިމެނެ އެވެ.
ރާއްޖެ ކުޑަޔަސް ފަލަސްތީނަށްޓަކައި އުފުލާ އަޑު ގަދަ
ފަލަސްތީނުގެ އަޑު އެއް ވޯޓުން ކަނޑުވައިލުން ލަދުވެތި
އިޒްރޭލު ވަނީ ގަތުލުއާންމާބެހޭ މުއާހަދާއާ ހިލާފުވެފައި
ފަލަސްތީނުގެ އޮނަރަރީ ކައުންސުލްއާ ޝާހިދު ބައްދަލުކޮށްފި
އިޒްރޭލު މީހުންނާއި އިމްޕޯޓު މަނާކުރަން ގޮވާލައިފި
ރާއްޖެއިން ފަލަސްތީނަށް ދެ މިލިއަން މަސްދަޅު ފޮނުވަނީ
އިޒްރޭލުގެ މީހުން ރާއްޖެ އަށް ދަތުރުނުކުރަން އަންގައިފި
ކުދި ގައުމުތަކަށް ސެކިއުރިޓީކައުންސިލް ގޮނޑިއެއް ހޯދަނީ
އިޒްރޭލުން ހިންގަނީ ހަނގުރާމައިގެ ޖަރީމާއެއް:ރާއްޖެ
ފަލަސްތީނަށް އެހީވާ އައިއޭސީގެ ގުދަނަކަށް ހަމަލަދީފި