Roadha Mihaaru
ޓޭލާ އާއި ޓްރެވިސްގެ ގުޅުން ވަރަށް ސީރިއަސް

ޓޭލާ އާއި ޓްރެވިސްގެ ގުޅުން ވަރަށް ސީރިއަސް

19 އޮކްޓޯބަރ 2023

އެމެރިކާގެ ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓާއި އޭނާ މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅޭ އެމެރިކާގެ ފުޓުބޯޅަ ކުޅުންތެރިޔާ ޓްރޭވިސް ކެލްސީގެ ގުޅުން ވަރަށް ސީރިއަސް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އެމެރިކާގެ ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓާއި އޭނާ މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅޭ އެމެރިކާގެ ފުޓުބޯޅަ ކުޅުންތެރިޔާ ޓްރޭވިސް ކެލްސީގެ ގުޅުން ވަރަށް ސީރިއަސް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޓޭލާ އާއި ޓްރޭވިސްގެ ގުޅުން މިހާރު ވެފައި ވަނީ ބޭރުގެ މުނިފޫހިފިލުވުމުގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުގެ ފަލަ ސުރުހީތައް އަބަދުވެސް އަތުލަމުން އަންނަ ގުޅުމަކަށެވެ. ހަމަ އެގޮތަށް ޓޭލާގެ ފޭނުންނާއި އާންމުން ވެސް މި ގުޅުމުގެ ވާހަކަ ވަރަށް ގަދަ އަށް އަންނަނީ ދައްކަމުންނެވެ.

ގިނަ ބަޔަކަށް މި ޖޯޑު ވަރަށް ކަމުދެ އެވެ.

އެމެރިކާގެ ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓާއި އޭނާ މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅޭ އެމެރިކާގެ ފުޓުބޯޅަ ކުޅުންތެރިޔާ ޓްރޭވިސް ކެލްސީ

އެމެރިކާގެ ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓާއި އޭނާ މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅޭ އެމެރިކާގެ ފުޓުބޯޅަ ކުޅުންތެރިޔާ ޓްރޭވިސް ކެލްސީ

ޓޭލާ އަންނަނީ ޓްރޭވިސް ކުޅޭ މެޗުތަކަށް ދަނޑަށް ގޮސް، އޭނާ އަށް ސަޕޯޓު ދެމުންނެވެ. ޓޭލާގެ ޝޯތަކަށް ޓްރޭވިސް ވެސް ދެ އެވެ. އަދި ދެ މީހުން އެކުގައި ޑިނާ ޑޭޓްތަކަށް ވެސް ދެ އެވެ.

އެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަން އާންމުންނަށް ޔަގީންކޮށްދިނީ ވެސް މިދިޔަ ހަފުތާގައި ބޭއްވި "ސަޓަޑޭ ނައިޓް ލައިވް" ޝޯގެ އާފްޓަ-ޕާޓީ އަށް ދެ މީހުން އެކުގައި ދިޔަ ފަހުންނެވެ.

ދެ މީހުން ވަރަށް ލޯބިން އުޅޭ ތަން މަގުމަތިން ވެސް ފެނެ އެވެ. ޕަޕަރާޒީން އަންނަނީ އެ މަންޒަރުތަކުގެ ފޮޓޯ އާއި ވީޑިއޯ ނަގައި ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ.

ބައެއް ރިޕޯޓްތައް ބުނި ގޮތުގައި، ޓޭލާ އާއި ޓްރޭވިސް ޑޭޓް ކުރުން ފައްޓައި އެ ގުޅުން ސީރިއަސް ވާން ފެށުމުން މިހާރު ވަނީ ދެމީހުން އެކަކު އަނެކަކުގެ ރައްޓެހިންނަށް ވެސް ތައާރަފުކޮށްދީފަ އެވެ. އަދި ޓްރޭވިސްގެ މަންމައާ ވެސް ޓޭލާ ބައްދަލުކުރި ކަމަށްވެ އެވެ.

ޓޭލާ، 33، އާއި ޓްރޭވިސް، 34، ވެސް ވަނީ ކުރިން އެކި މީހުންނާ ޑޭޓުކޮށްފަ އެވެ.