Roadha Mihaaru
ރަސްމީކޮށް މައްސަލަ ހުށަހަޅާ، ތަހުގީގު ކުރާނަން

ރަސްމީކޮށް މައްސަލަ ހުށަހަޅާ، ތަހުގީގު ކުރާނަން: ޓްރީ ޓޮޕް

17 އޮކްޓޯބަރ 2023

ޓްރީ ޓޮޕް ހޮސްޕިޓަލުގެ އިހުމާލުން މީހަކު މަރުވެފައިވާ ކަމަށް ބުނެ އާއިލާއަކުން އެ ހޮސްޕިޓަލް ކުރިމަތީ މުޒާހަރާ ކުރަމުންދާތީ އެ މައްސަލަ ރަސްމީކޮށް ހުށަހެޅުމަށް އެ ހޮސްޕިޓަލުން އެދެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ޓްރީ ޓޮޕް ހޮސްޕިޓަލުގެ އިހުމާލުން މީހަކު މަރުވެފައިވާ ކަމަށް ބުނެ އާއިލާއަކުން އެ ހޮސްޕިޓަލް ކުރިމަތީ މުޒާހަރާ ކުރަމުންދާތީ އެ މައްސަލަ ރަސްމީކޮށް ހުށަހެޅުމަށް އެ ހޮސްޕިޓަލުން އެދެފި އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލާ ދެކޮޅަށް އެ އާއިލާއިން މުޒާހަރާ ކުރާ ކުރަން ފެށީ މިދިޔަ އާދިއްތަ ދުވަހު އެވެ. އެ ހޮސްޕިޓަލުން އިހުމާލު ވެފައިވާ ކަމަށް ބުނެ އިތުރު އާއިލާތަކުން ވެސް ވަނީ ބައިވެރިވެ އެވެ.

އެ މީހުން ބުނާގޮތުން ހޮސްޕިޓަލުގެ އިހުމާލުން އެތައް ބަޔަކު ވަނީ މަރުވެފަ އެވެ. ހޮސްޕިޓަލުން އެކަމަށް ބަހެއް ބުނަން ބޭނުން ނުވާ ކަމަށާއި ނަމަވެސް އަޅާ ނުލާ ކަމަށް ވެސް ބުންޏެވެ.

ހޮސްޕިޓަލް ދޮރުމަތީގައި ކުރަމުންދާ މުޒާހަރާއާ ގުޅިގެން ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނީ ހޮސްޕިޓަލުގެ ހިދުމަތަކާ ގުޅިގެން ޝަކުވާއެއް ނުވަތަ ކަންބޮޑުވުމެއް އޮތް ނަމަ އެ ހޮސްޕިޓަލުގެ ރަސްމީ މުއާމަލާތީ ނިޒާމުން އެކަން ހުށަހެޅުމަށް އެދޭ ކަމަށެވެ.

"ޓްރީ ޓޮޕް ހޮސްޕިޓަލަށް ރަސްމީކޮށް ހުށަހެޅޭ ކޮންމެ ޝަކުވާއަކާ ކަންބޮޑުވުމެއް، ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާއާ އެކު ވީ އެންމެ އަވަސް މުއްދަތެއްގައި ތަހުގީގު ކުރެވޭނެ ކަމުގެ ޔަގީންކަން އަޅުގަނޑުމެން އަރުވަމެވެ،" އެ ބަޔާނުގައިވެ އެވެެ.

ހޮސްޕިޓަލުން އެދެނީ ޝަކުވާއެއް އޮތް ނަމަ care@treetophospital.com އަށް އީމެއިލް ކުރުމަށެވެ.