14 އޮކްޓޯބަރ 2023
ސޯފީ ޓާނާ އާއި ޕްރިޔަންކާ ޗޯޕްރާ އިންސްޓަގްރާމްގައި އެކަކު އަނެކަކު އަން-ފޮލޯކޮށްފި އެވެ.
ސޯފީ ޓާނާ އާއި ޕްރިޔަންކާ ޗޯޕްރާ އިންސްޓަގްރާމްގައި އެކަކު އަނެކަކު އަން-ފޮލޯކޮށްފި އެވެ.
ސޯފީ އަކީ ޕްރިޔަންކާ ފިރިމީހާ ނިކް ޖޯނަސްގެ ބޭބެ، ޖޯ ޖޯނަސްގެ ކުރީގެ އަންހެނުންނެވެ. ކައިވެނިކޮށްގެން ހަތަރު އަހަރު އުޅުމަށް ފަހު ސޯފީ އާއި ޖޯ ވަރިވީ މިދިޔަ މަހުގަ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އެ ދެމީހުން ވަރިވި ފަހުން ޖޯގެ އާއިލާގެ އެއްވެސް މީހަކާ ސޯފީ ގާތް ގުޅުމެއް ނުބާއްވަ އެވެ. އެ އަޑުތައް ފެތުރިފައި ވަނިކޮށް، ސޯފީ ވަނީ އިންސްޓަގްރާމުން ޕްރިޔަންކާ އަން-ފޮލޯކޮށްފަ އެވެ. އަދި ޕްރިޔަންކާ ވެސް ވަނީ ސޯފީ އަން-ފޮލޯކޮށްފަ އެވެ.
ސޯފީ ޕްރިޔަންކާ އަން-ފޮލޯކުރި ނަމަވެސް، ޖޯ އާއި ޖޯގެ ބޭބެ ކެވިން ޖޯނަސް އަދި އެމީހުންގެ މަންމަ ޑެނީސް މިލާ ޖޯނަސް އަށް ފޮލޯކުރެ އެވެ. އަދި ޕްރިޔަންކާގެ ފިރިމީހާ ނިކް އަށް ވެސް އޭނާ އަދިވެސް ފޮލޯކުރެ އެވެ.
ނިކްއާ ކައިވެނި ކުރި ފަހުން ޕްރިޔަންކާ އާއި ސޯފީ އަކީ ވަރަށް ގާތްކޮށް އުޅުނު ދެމީހުންނެވެ.
ޖޯ އާއި ސޯފީ ވަރިވާން ނިންމައި މިދިޔަ މަހު ނެރުނު ނޫސްބަޔާނުގައި ބުނީ އެމީހުންގެ ވަރިއާ ގުޅޭ ގޮތުން މީޑިއާގައި ދެކެވޭ ގިނަ ވާހަކަތަކަކީ ދޮގެއް ކަމަށެވެ. ވަރިވާން ނިންމީ ދެ މީހުންނަށް ވެސް އެކުގައި އުޅެވެން ނެތުމުން ކަމަށާއި ނަމަވެސް، ދެމީހުން ގުޅުން ގޯސް ނޫން ކަމަށް އެ ބަޔާނުގައި ބުންޏެވެ.
ޖޯއީ އާއި ސޯފީ އެންމެ ފުރަތަމަ ބައްދަލުވީ 2016 ވަނަ އަހަރެވެ. އޭގެ ފަހުން 2017 ވަނަ އަހަރު އެންޖޭޖުވެ، ކައިވެނިކުރީ 2019 ވަނަ އަހަރެވެ. އެ މީހުންގެ ކައިވެންޏަށް ދެ އަންހެން ކުދިން ލިބިފައިވެ އެވެ. އެއީ ތިން އަހަރުގެ ކުއްޖަކާއި އެއް އަހަރުގެ ކުއްޖެކެވެ.
ޖޭސަން މޮމޯ އާއި ލީސާ ވަރިވެއްޖެ
ވަރީގެ ވާހަކަ އަށް ރައްދު ދިނީ ޕޯސްޓަކުން
ޕްރިޔަންކާގެ ނަމުން "ޖޯނަސް" އުނިކޮށްފި
ކައިވެނީގެ އުންމީދު ބޮޑު: ޖޭލޯ
އެންޖެލީނާ އާއި ވީކެންޑް މާފޮޅުވަނީ؟
ބްރެޑް އާއި އެންޖެލީނާ ދިމާނުވާނެ ގޮތް ހަދައިފި
ކައިވެނީގެ އަހަރީ ދުވަހު ޖެނިފާ ވަރިވާން ނިންމައިފި
ހެއިލީ އާއި ޖަސްޓިން ވަރިވާން އުޅޭ ވާހަކަ ދޮގުކޮށްފި
މި އަހަރުގެ މެޓް ގާލާ އަށް ޕްރިޔަންކާ ނުދާނެ
ޕްރިޔަންކާ ކަނޑުފޭރޭ މީހެއްގެ ރޯލު ކުޅެނީ