12 އޮކްޓޯބަރ 2023
ވޯލްޑް ކަޕް ކޮލިފައިންގެ ޕްލޭއޮފްގައި ރާއްޖޭން މޮޅުވާންދަނިކޮށް، ބަންގްލަދޭޝްއިން ފަހު ވަގުތުކޮޅުގެ ތެރޭގައި ލަނޑު ޖަހައި 1-1 ން ހަމަހަމަ ކޮށްފި އެވެ.
ވޯލްޑް ކަޕް ކޮލިފައިންގެ ޕްލޭއޮފްގައި ރާއްޖޭން މޮޅުވާންދަނިކޮށް، ބަންގްލަދޭޝްއިން ފަހު ވަގުތުކޮޅުގެ ތެރޭގައި ލަނޑު ޖަހައި 1-1 ން ހަމަހަމަ ކޮށްފި އެވެ.
މިއީ ރާއްޖެ އާއި ބަންގްލަދޭޝްގެ ކުރިމަތިލުންތަކުގެ ތެރެއިން ރާއްޖޭގެ ދަނޑުގައި ބަންގްލަދޭޝްގެ މައްޗަށް މޮޅެއް ނުހޯދި ރާއްޖޭން މެޗު ނިންމާލި ދެވަނަ ފަހަރެވެ. ރާއްޖޭގެ ފުޓްބޯޅަ ޢަށް 50 އަހަރު ފުރުމާ ދިމާކޮށް ބޭއްވި ގޯލްޑަން ޖުބްލީ މުބާރާތުގައި ރާއްޖެ އާއި ބަންގްލަދޭޝް ކުޅުނު މެޗު ނިމުނީ އެއްވަރުވެގެންނެވެ.
މިއަދުގެ މެޗުގައި ރާއްޖޭގެ ސަޕޯޓަރުންނަށް ވުރެ ގިނައި ދަނޑަށް ވަނީ ވެސް ބަންގްލަދޭޝްގެ ސަޕޯޓަރުންނެވެ. ދަނޑުގައި ގުގުމާލީ ވެސް އެ ޓީމުގެ ސަޕޯޓަރުންގެ އަޑެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގެ 18 ވަނަ މިނެޓްގައި އަލީ ފާސިރު (ސެންޓޭ) އަށް ނުރައްކާތެރި ފުރުސަތެއް ލިބުނެވެ. އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ކަނަށެވެ. މެޗުގެ 23 ވަނަ މިނެޓްގައި އޭރިއާގެ ބޭރުން ލިބުނު ހިލޭ ޖެހުމެއްގައި ވެސް ނުރައްކާކުރަން ފުރުސަތު ލިބުނެވެ. ނަމަވެސް އެ ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.
ފުރަތަމަ ހާފުގައި ބަންގްލަދޭޝް އަށް ލިބުނު އެންމެ ނުރައްކާތެރި ފުރުސަތު ލިބުނީ ރާކިބް ހުސައިންއަށެވެ. މެޗުގެ 25 ވަނަ މިނެޓްގައި ބަންގްލަދޭޝްގެ ކައުންޓަ އެޓޭކް ފުރުސަތުގައި އޭނާ އަށް ލިބުނު ފުރުސަތުގައި ރާއްޖޭގެ ޑިފެންޑަރު ކައިރިން ނައްޓާލައި ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ދަނޑިކައިރިން ބޭރަށެވެ.
މެޗުގެ 28 ވަނަ މިނެޓްގައި ރާއްޖޭގެ ހުސައިން ޝިފާޒް (ޑުންގާ) ނަގައިދިން ބޯޅަ މުހައްމަދު ނާއިމް ބޮލުން ފޮނުވާލި ބޯޅައިގައި މާބޮޑު ބާރެއް ނެތި ދިޔައީ ބޭރަށެވެ.
ރާކިބް އަށް ފަހުން ވެސް ފުރުސަތެއް ލިބުނެވެ. އެކަމަކު ބަންގްލަދޭޝް އަށް ފުރަތަމަ ހާފުގައި ލިބުނު އެންމެ ރަނގަޅު ފުރުސަތު ލިބުނީ އެ ޓީމުގެ ފައިސަލް އަހްމަދަށެވެ. ރާއްޖޭގެ ޑިފެންޑަރު އަހްމަދު ނޫމާނަށް ހެދުނު މިސްޓޭކެއްގެ ފައިދާ ނަގައި ލިބުނު ބޯޅަ އޭނާ ގޯލް ކުރިމަތީގައި ހުރެ ފޮނުވާލި ނަމަވެސް ގޯލަށް އަމާޒުކުރެވޭ ގޮތެއް ނުވި އެވެ. ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.
ދެވަނަ ހާފްގައި ބަންގްލަދޭޝްއިން ފެށީ ވަރުގަދަކޮށެވެ. ހާފް ފެށިގޮތަށް އެ ޓީމުން ރާއްޖޭގެ ފަހަތަށް ބާރުބޮޑު ކުރަން ފެށި އެވެ. އެ ޓީމުގެ ރާކިބް އާއި މުހައްމަދު ފައިސަލް އަށް ވަރަށް ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ.
އޭރިއާގެ ތެރެއަށް ވަދެ ރާކިބް ފޮނުވާލި ބޯޅަ ދިޔައީ ގޯލް ހުރަސްވެގން ގޮސް ގޯލް ދަނޑި ކައިރިން ބޭރަށެވެ. ފައިސަލް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލް ދަނޑިއަށެވެ.
މުޅި މެޗުގައި ވެސް ލިބުނު އެންމެ ހުސް ފުރުސަތު ލިބުނީ ސެންޓޭ އަށެވެ. މުޅިން ހުސްކޮށް އަރަރި އޭނާ ފޮނުވާލި ބޯޅަ ދިޔައީ ބަންގްލަދޭޝްގެ ކީޕަރު މިޓުލް މާމާ އަތުގައި ޖެހިފައި ބޯޅަ ބޭރުވީ ކޯނަރަކަށެވެ.
ރާއްޖެ އަށް ލީޑް ނަގައި ދިން ލަނޑު މެޗުގެ 87 ވަނަ މިނެޓްގައި ޖެހީ ހަސަން ނަޒީމް (ޗޯޓް) އެވެ. އިބްރާހިމް މަހްދީ ހުސައިން (ފޭދޫއިއްބެ) އޭރިއާ ތެރެއަށް ހުރަސް ނަގައިދިން ބޯޅަ ބަންގްލަދޭޝްގެ ތޯރިގް ކާޒީ ބޮލުން ދިފާއު ކުރި ބޯޅަ ރަނގަޅަށް ސާފުކޮށް ނުލެވުމުން ބޯޅަ ވެއްޓުނީ ބަންގްލަދޭޝްގެ އޭރިއާގެ ތެރެއަށެވެ. އެ ބޯޅަ ލިބިގަނެ ޗޯޓް ވަނީ ގޯލްގެ ތެރެއަށް ބޯޅަ ފޮނުވައިލައިފަ އެވެ.
ލީޑް ނަގައި ރާއްޖެ އަށް ހިތްހަމަޖައްސާލައިގެން ތިބެވުނީ ކުޑަ ވަގުތުކޮޅެއްގަ އެވެ. ރާކިބް ހުސައިން އޭރިއާ ތެރެއަށް ނަގައިދިން ބޯޅައިން ސާދުއްދީން ބަންގްލަދޭޝް އަށް ނަތީޖާ ހަމަހަމަކޮށް ދިނެވެ.
ވަރުގަދަ މެޗެއް؛ ކޮރެއާއަށް ރާއްޖޭގައި ބޮޑު ލަދެއް
މިއީ ރާއްޖޭގެ ފެއިލިއާއެއް: ސުޒޭން
ރާއްޖޭގެ މެޗަކީ ބަންގްލަދޭޝްއަށް އެންމެ މުހިންމު މެޗު
ބަންގްލަދޭޝްގެ ދަނޑު ރަނގަޅު، އެޑްވާންޓޭޖް ރާއްޖެއަށް
ކުޅުންތެރިންގެ ފަރާތުން ފެނުނީ ހުސް ޕޮޒިޓިވްކަންކަން
އަހްނަފަށް ދިފާއީ މަގާމު ދޭން ސުޒޭން ޖެހިލުމެއްނުވޭ
އަނެއް ބުރަށް އިންޑިއާ ނުދެވިއްޖެނަމަ އިސްތިއުފާ ދޭނަން
ރާއްޖޭގެ އުންމީދު ފެނަށް، ކޮލިފައިންއިން ޖާގަ ނުލިބުނު
ރާއްޖެ-ބަންގްލަދޭޝްގެ މެޗުގެ ޓިކެޓް މިރޭ ވިއްކަނީ
އުޒުރެއް ނުދައްކާނަން، ޓީމު ރަނގަޅަށް ތައްޔާރު