Roadha Mihaaru
އެމްއެންޕީއާ ގުޅިގެން މަޖިލީހަށް ނުކުންނަ ވާހަކައެއް ނުދެއްކި

އެމްއެންޕީއާ ގުޅިގެން މަޖިލިސް އިންތިހާބަށް ނުކުންނަ ވާހަކަ ދައްކަން ޕީޕީއެމް/ޕީއެންސީން ދެކޮޅު

12 އޮކްޓޯބަރ 2023

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެމްއެންޕީއާ ގުޅިގެން ވާދަކުރުމާ ގުޅޭގޮތުން ވާހަކަދައްކަވަން، ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ މިއަދު ދެކޮޅު ހައްދަވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެމްއެންޕީއާ ގުޅިގެން ވާދަކުރުމާ ގުޅޭގޮތުން ވާހަކަދައްކަވަން، ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ މިއަދު ދެކޮޅު ހައްދަވައިފި އެވެ.

އިންތިހާބީ ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެސްގައި، ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަގާމު ވެސް ފުރުއްވާ އަބްދުއްރަހީމް، އޭނާގެ ވާހަކަ ފެއްޓެވުމުގެ ކުރިން ވަނީ އެ ތަނަށް ވަޑައިގެންނެވީ އިންތިގާލީ އޮފީސްގެ ވެރިއެއްގެ ހައިސިއްޔަތުން ކަމަށެވެ.

އެހެންވެ، އެ ޕްރެސްގައި މައުލޫމާތު ދެއްވާނީ ވެސް އެކަމާ ގުޅޭ ސުވާލުތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ޕްރެސްގައި އަޅުގަނޑު ހަމައެކަނި ޖަވާބުދާރީވާނީ މިހާރު އަޅުގަނޑުމެން މި ކުރާ މަސައްކަތްތަކާ ގުޅޭގޮތުން. އަޅުގަނޑު ދަންނަވައިފިން އަޅުގަނޑު މި ތަނަށް އައިސް މި ހުއްޓުނީ ޑައިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަންގެ ހައިސިއްޔަތުންނޭ، އެހެންވީމަ އެކަމާ ގުޅޭ ސުވާލެއް އަތުވެއްޖިއްޔާ އެއަށް ޖަވާބެއް ދޭނަން." އަބްދުއްރަހީމް ވިދާޅުވި އެވެ.

އިންތިހާބީ ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެސްގައި، ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އިންތިހާބީ ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެސްގައި، ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އޭގެ ފަހުން އެމްއެންޕީއާ ގުޅިގެން މަޖިލީހަށް ވާދަކުރުމާ ގުޅޭ އެއްބަސްވުމެއް އޮންނާނެތޯ ނޫސްވެރިން ކުރި ސުވާލުތަކަށް ވެސް ޖަވާބެއް ނުދެއްވަ އެވެ.

މަޖިލިސް އިންތިހާބަށް އެމްއެންޕީއާ ގުޅިގެން ވާދަކުރުމާ ގުޅޭ ސުވާލުތަކަށް ޖަވާބު ދޭން އިންކާރުކުރިއިރު، އެމްއެންޕީން މިދިޔަ އަންގާރަ ދުވަހުގެ ރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި އެ ޕާޓީގެ ރައީސް، ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވަނީ ކުރިއަށް އޮތް ހުރިހާ އިންތިހާބެއްގައި ގުޅިގެން ވާދަ ކުރަން ޕީޕީއެމް/ޕީއެންސީއާ އެކު އެއްބަސްވެފައިވާ ކަމަށް ވިދާޅުވެފަ އެވެ.

"އިންތިހާބެއް ކުރިމަތިވުމުން ޕްރައިމަރީއެއް ބާއްވަން ޖެހިއްޖެ ނަމަ ޕްރައިމަރީއެއް ބާއްވައި އެ ޕްރައިމަރީ އިން މޮޅުވާ މީހަކަށް ހުރިހާ ޕާޓީއަކުން ތާއީދު ކުރާނީ،" ޕީޕީއެމް/ޕީއެންސީއާ އެކު މިދިޔަ މަހުގެ 12 ވަނަ ދުވަހު ހެދި އެއްބަސްވުމުގައި މަޖިލިހުގެ އިންތިހާބަށް ވާދަކުރުމާ ގުޅޭ މާއްދާ ތަފުސީލް ކޮށްދެއްވަމުން ނާޒިމް ވިދާޅުވި އެވެ. އެ ޕާޓީން ޕީޕީއެމް/ޕީއެންސީއާއެކު އެއްބަސްވުން ހެދީ ދެ ވަނަ ބުރަށް ކޯލިޝަން ހެދުމަށެވެ. ނާޒިމް އެ ދުވަހު ވިދާޅުވީ ކޯލިޝަން ސަރުކާރެއް އަތުވެއްޖެ ނަމަ އެމްއެންޕީގެ އެއްވެސް ޑިމާންޑެއް ނޯންނާނެ ކަމަށެވެ. ޝަރުތެއް ނެތި ޑރ. މުއިއްޒު ވިދާޅުވާ ކަމެއް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.