10 އޮކްޓޯބަރ 2023
ފަލަސްތީނުގެ ހަމާސް ޖަމާއަތާ ދެކޮޅަށް އިޒްރޭލުން މިހާރު އިއުލާން ކޮށްފައިވާ ހަނގުރާމައިގައި، ދުރާލާ އިންޒާރު ދިނުމެއް ނެތި، ގާޒާ އަށް ދޭ ކޮންމެ ހަމަލާއަކަށް، ހަމާސްގެ ބެލުމުގެ ދަށުގައި ތިބި ރަހީނުންގެ ތެރެއިން ރަހީނަކު މަރާނެ ކަމަށް އެ ޖަމާއަތުން އިންޒާރުކޮށްފި އެވެ.
ފަލަސްތީނުގެ ހަމާސް ޖަމާއަތާ ދެކޮޅަށް އިޒްރޭލުން މިހާރު އިއުލާން ކޮށްފައިވާ ހަނގުރާމައިގައި، ދުރާލާ އިންޒާރު ދިނުމެއް ނެތި، ގާޒާ އަށް ދޭ ކޮންމެ ހަމަލާއަކަށް، ހަމާސްގެ ބެލުމުގެ ދަށުގައި ތިބި ރަހީނުންގެ ތެރެއިން ރަހީނަކު މަރާނެ ކަމަށް އެ ޖަމާއަތުން އިންޒާރުކޮށްފި އެވެ.
ހަމާސް ޖަމާއަތުން މި މޭރުމުން އިންޒާރު ކުރީ، މި ދިޔަ ހޮނިހިރު ދުވަހު އެ ޖަމާއަތުން އިޒްރޭލާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައަށް ރައްދު ދިނުމުގެ ގޮތުން އިޒްރޭލުން އިއުލާންކޮށްފައިވާ ހަނގުރާމައިގައި ގާޒާ އަށް ދެމުންދާ ހަމަލާތައް ވަރުގަދަކުރުމާ ގުޅިގެންނެވެ. މިދިޔަ 48 ގަޑިއިރުގެ ތެރޭގައި އިޒްރޭލު ސިފައިން ވައިގެ މަގުން ގާޒާ އަށް ދިން މިސައިލާއި ބޮމުގެ ހަމަލާތަކުގައި އާންމުން ދިރިއުޅޭ އެތައް އިމާރާތެއް ބިމާ ހަމަކޮށްލައިފި އެވެ.
އެ ހަމަލާތަކުގައި ގާޒާ އިން ޝަހީދުވި މީހުންގެ އަދަދު 700 އަށް ވުރެ މައްޗަށް ގޮސްފައިވާ އިރު، އޭގެ ތެރޭގައި 143 ކުޑަކުދިންނާއި 105 އަންހެނުން ހިމެނޭ ކަމަށް ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާ އިން ބުނެ އެވެ. އަދި ޒަޚަމްވެގެން ހޮސްޕިޓަލުތަކަށް ގެނައި މީހުންގެ އަދަދު 4000 އަށް ވުރެ މައްޗަށް ގޮސްފައިވާ އިރު، ހޮސްޕިޓަލުތައް ފުރިގެން ޚިދުމަތް ދިނުން ވަނީ ދަތިވެފަ އެވެ.
އިޒްރޭލުގެ ހަމަލާތައް ވަރުގަދަވެފައި ހަމަލާތަކަށް މެދުކެނޑުމެއް ނާންނާތީ، ޝަހީދުވި މީހުންގެ ޖަނާޒާގެ ކަންތައް ނުކުރެވި މޯޗަރީތައް ވެސް ފުރިފައިވާ ކަމަށް ފަލަސްތީނުން ބުނެ އެވެ. އިޒްރޭލުން ގާޒާ އަށް ދެމުންދާ ހަމަލާތައް މިހާރު މައިގަނޑު ގޮތެއްގައި އަމާޒު ކުރަނީ، ގާޒާގައި ހުންނަ އާންމުން ދިރިއުޅޭ ބޮޑެތި އުސް އިމާރާތްތަކަށެވެ.
ރޮކެޓު ހަމަލާގައި ގާޒާގެ ކާރެއްގައި ރޯވެ އަނދަމުންދާއިރު އިޒްރޭލު ސިފައިންގެ މީހަކު އެތާ ކައިރީގައި މަޑުކޮށްގެން: ކޮންމެ ހަމަލާ އަކަށް ރަހީނަކު މަރާނެ ކަމަށް ހަމާސް އިން ބުނޭ.-- ފޮޓޯ: އޭއެފްޕީ
ހަމާސް ޖަމާއަތުގެ އަސްކަރީ ގޮފި އަލްގައްސާމް ބްރިގޭޑްގެ ތަރުޖަމާނު އަބޫ އުބައިދާ ވިދާޅުވީ، ރަހީނުންގެ ގޮތުގައި އެ ޖަމާއަތުގެ ބެލުމުގެ ދަށުގައި ތިބި މީހުންނާ މެދު މުއާމަލާތު ކުރަމުން އަންނަނީ، އިސްލާމް ދީނުގައި އަސީރުންނާ މެދު ކަން ކުރުމަށް އަންގާފައިވާ ގޮތަށެވެ. ނަމަވެސް، އިޒްރޭލުގެ ލާއިންސާނީ އަމަލުތައް ހައްދުފަހަނައަޅާފައިވާތީ، ރަހީނުންނާ މެދު އެނޫން ވިސްނުމެއް ގެންގުޅެން މަޖުބޫރުވެފައިވާ ކަމަށް ވެސް އަބޫ އުބައިދާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އާންމުން ދިރިއުޅޭ އިމާރާތްތަކަށް އިޒްރޭލުން މިސައިލާއި ބޮމުގެ ހަމަލާތައް ދެނީ ގަސްދުގައި ދުރާލައި ރާވައިގެންނެވެ. އެހެންކަމުން އިޒްރޭލުގެ އެ އަމަލުތައް ހުއްޓުވަން ޖެހިފައިވާ ކަމަށް އަބޫ އުބައިދާ ވިދާޅުވި އެވެ.
އެ ގޮތުން މިހާރު އޮތް ވިސްނުމަކީ، ދުރާލައި އިންޒާރު ދިނުމެއް ނެތި، އާންމު ދިރިއުޅޭ އެއްވެސް އިމާރާތަކަށް އިޒްރޭލުން ހަމަލާއެއް ދީފި ނަމަ، އެއިން ކޮންމެ ހަމަލާއަކަށް ރަހީނަކު މަރައިލުމެވެ. އަދި އެގޮތަށް ރަހީނުން މަރައިލާ ވީޑިއޯ އާންމު ކުރާނެ ކަމަށް ވެސް އަބޫ އުބައިދާ ވިދާޅުވި އެވެ.
އަލްގައްސާމް ބްރިގޭޑްގެ ހަނގުރާމަވެރިން، މިދިޔަ ހޮނިހިރު ދުވަހު އިޒްރޭލާ ދެކޮޅަށް ފެށި ވަރުގަދަ ހަނގުރާމައިގައި މަރުވި އިޒްރޭލު މީހުންގެ އަދަދު މިހާރު 1000 އަށް ވުރެ މަތިވާނެ ކަމަށް ބެލެވެ އެވެ. އަދި އިތުރު 2000 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނާ އިރު، ރަހީނުކުރި މީހުންގެ ސާފު އަދަދެއް އަދި ނޭނގެ އެވެ.
ބައެއް މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ހަމާސް އިން އަސީރުކޮށް ރަހީނުންގެ ގޮތުގައި ހިފަހައްޓާފައިވާ އިޒްރޭލުގެ ސިފައިންނާއި އާންމުންގެ އަދަދު 150 އަށް ވުރެ މަތިވާނެ އެވެ. ރަހީނުކޮށްފައިވަނީ ކިތައް މީހުން ކަމެއް ހަމާސް ޖަމާއަތުން ވެސް އަދި ނުބުނެ އެވެ.
އިޒްރޭލަށް ދާ ކޮންމެ ބޯޓަކީ އަހަރެމެންގެ އަމާޒެއް
އެމިރޭޓްސްގެ ގަރާރު ވެސް އެމެރިކާ އިން ވީޓޯކޮށްފި
ޣައްޒާގެ އާންމުން މެރުމަށް އެމެރިކާގެ އިތުރު ހަތިޔާރު
ހަމަލާ ނުދޭ މުއްދަތު އަނެއްކާ އިތުރުކޮށްފި
ރައީސް ބައިޑެން އާއި ދެ ވަޒީރަކަށް ދައުވާކޮށްފި
އިޒްރޭލު މީހުން ބަރޯސާވަނީ އަބޫ އުބައިދާގެ ވާހަކައަށް
އިޒްރޭލުން ބިސްމަޅި ދުއްވާ ސިންވާރަކީ ކާކު؟
ނަތަންޔާހޫ އެ ތަކުރާރުކުރަނީ ނާޒީންގެ އަމަލުތައް
ގާޒާގެ އަމަން ބަލަހައްޓާނީ އިޒްރޭލުން: ނަތަންޔާހޫ
ފަލަސްތީނުގެ ރައީސަށް 24 ގަޑިއިރުގެ މުހުލަތެއް