Roadha Mihaaru
ސައިކަލެއް ފޭރިގަނެގެން ދަނިކޮށް އެކްސިޑެންޓް ވެއްޖެ

މީހެއްގެ އަތުން ސައިކަލެއް ފޭރިގަނެގެން ދަނިކޮށް އެކްސިޑެންޓް ވެއްޖެ

08 އޮކްޓޯބަރ 2023

މީހެއްގެ އަތުން ސައިކަލެއް ފޭރުމަށްފަހު އެ ސައިކަލުގައި ދުއްވަނި ކޮށް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މީހެއްގެ އަތުން ސައިކަލެއް ފޭރުމަށްފަހު އެ ސައިކަލުގައި ދުއްވަނި ކޮށް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

އެކްސިޑެންޓް ހިނގާފައި ވަނީ މިރޭ 7:02 ހާއިރު ލިލީ މަގުގަ އެވެ.

ފުލުހުން ބުނީ ލިލީ މަގުގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިގާފައިވާ މައްސަލައެއް މިރޭ ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

އެކްސިޑެންޓްވި އެއް ސައިކަލަކީ މީހެއްގެ އަތުން ފޭރުމަށްފަހު ދުއްވާފައި ދިޔަ ސައިކަލެއް ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެކްސިޑެންޓްވި ދެ ސައިކަލުގައި ތިބި މީހުންނަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ފުލުހުން ނުދެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެ އެކްސިޑެންޓް ހިނގާފައި ވަނީ ލިލީ މަގުގެ ދިވެހި އިންޝުއަރެންސް ކައިރީގަ އެވެ. އެ ސަރަހައްދު ފުލުހުން ވަނީ ބަނދު ކޮށްފަ އެވެ.

އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، މީގެ ކުރިން ވެސް ފޭރުމަށްފަހު ފިލަން ސައިކަލުގައި ދުއްވި މީހަކު އެކްސިޑެންޓް ވެގެން ވަނީ ހޮސްޕިޓަލުގައި ފަރުވާ ދީފަ އެވެ.