01 އޮކްޓޯބަރ 2023
ރާއްޖޭގެ ދައުލަތުގެ ހިންގުމުގެ ނިޒާމު ބަދަލު ކުރުމުގެ މަސައްކަތުގެ ތެރެއިން ގާނޫނު އަސާސީއަށް އިތުރު އިސްލާހެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އަދި މަޖިލީހުގެ ޖަލްސާއެއް މާދަމާ ބާއްވަން އެޖެންޑާކޮށްފި އެވެ.
ރާއްޖޭގެ ދައުލަތުގެ ހިންގުމުގެ ނިޒާމު ބަދަލު ކުރުމުގެ މަސައްކަތުގެ ތެރެއިން ގާނޫނު އަސާސީއަށް އިތުރު އިސްލާހެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އަދި މަޖިލީހުގެ ޖަލްސާއެއް މާދަމާ ބާއްވަން އެޖެންޑާކޮށްފި އެވެ.
ގާނޫނު އަސާސީ މިހާރު އޮންނަ ގޮތުން ނިޒާމު ބަދަލު ކުރެވޭނީ ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލެއް މަޖިލީހުން ފާސްކުރުމަށްފަހު އެ ބިލް ރައީސް ތަސްދީގު ކުރެއްވުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށްފަހު އެވެ.
ނަމަވެސް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ހުށަހެޅުއްވީ ބިލް ފާސްކުރުމުގެ ކުރިން ފެންނަ ނުފެންނަ ވޯޓެއް ނަގާފައިވާ ނަމަ އިތުރު ވޯޓަކަށް ދާން ނުޖެހޭ ގޮތަށް ހެދުމަށެވެ. ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ މި ބިލުގެ ފުރަތަމަ ކިޔުން މާދަމާ އިއްވާނެ އެވެ.
މަޖިލީހުން ކުރިން އޮތީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން ފެންނަ ނުފެންނަ ވޯޓަކަށް ދާން ގަރާރެއް ފާސްކޮށްފަ އެވެ. ނަމަވެސް އޭރު އެގޮތަށް ފާސްކުރީ ރައްޔިތުންގެ ހިޔާލު ހޯދުމަށް މަޖިލީހަށް ލިބޭ ބާރުގެ ތެރެއިންނެވެ.
ނިޒާމީ ވޯޓާ ގުޅޭގޮތުން މަޖިލީހުން ގަރާރެއް ފާސްކޮށްފައި ވިޔަސް ރައްޔިތުންނާ އަހަންވީ ކޮން ސުވާލެއް ކަން އެ ގަރާރުން ސާފު ނުވާތީ އެކަން ސާފު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ މަޖިލީހަށް ސިޓީއެއް ފޮނުވައިފަ އެވެ. މާދަމާގެ ޖަލްސާއަށް ވަނީ މި ސިޓީއާ ގުޅޭ މައްސަލަ ވެސް އެޖެންޑާ ކޮށްފަ އެވެ.
ބަރުލަމާނީ ނިޒާމުގެ ވޯޓާ ގުޅޭ ގަރާރު މަޖިލީހުން ފާސްކޮށް އިލެކްޝަންސް ކޮމިޝަނަށް ފޮނުވާފައިވާ އިރު އެ ކޮމިޝަނުގެ ނިންމުމަކީ އަންނަ މަހުގެ 29 ގައި ބަރުލަމާނީ ވޯޓު ނެގުމެވެ.
ރިޔާސީ އިންތިހާބުގައި އެމްޑީޕިއަށް ކުރިމަތިވި ނާކާމިޔާބަށް ފަހު އެ ޕާޓީން ވަނީ ބަރުލަމާނީ ތާއީދު ކުރުމަށް ދެކޮޅު ހަދައިފަ އެވެ. މަޖިލިސް ތެރެއިން ކަމެއް ފާސްކުރާނަމަ އެމްޑީޕީ މެންބަރުންގެ ތާއީދު މުހިންމު ވާނެ އެވެ.
ނިޒާމީ ވޯޓުގެ ވާހަކަ ޑިމޮކްރެޓުން ހުއްޓާލައިފި
ވަކިކޮޅަކަށް ތާއީދު ނުކުރަން އެއްބަސްވުމެއް ނެތް
ކޯރަމް ހަމަނުވާތީ ބަރުލަމާނީ މަސައްކަތް ކުރިއަށް ނުދިޔަ
ނިޒާމް ބަދަލުކޮށް ބާރުތައް ބަހާނެ ވަގުތާ މެދު ސުވާލެއް
ބަރުލަމާނީ ގަރާރު އަވަސްކުރަން އެއްބަސްވެއްޖެ
ބަރުލަމާނީގައި ވަޒީރުންގެ ޖަވާބު ލަހެއް ނުވާނެ: ނަޝީދު
ނިޒާމީ ވޯޓަށް ހިޔާލު ހޯދަން އިންކާރުނުކުރެވޭނެ: ނަޝީދު
ބަރުލަމާނީ ޕެޓިޝަންގައި 50،000 އަށް ވުރެ ގިނަ މީހުން ސޮއިކޮށްފި
ދެ ރައީސުންގެ ސިޔާސީ ވާދަވެރިކަމުގައި އާންމުން ފިތިފައި
ޖެނުއަރީން ފެށިގެން މުސާރައެއް ނުނަގަން: ނަޝީދު