29 ސެޕްޓެމްބަރ 2023
ރައްޔިތުންގެ މެދުގައި ފިތުނަ އުފެދޭ ވާހަކަތައް ނުދެއްކެވުމަށް އިދިކޮޅު، ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިނު ތަރުޖަމާން މުހައްމަދު ތޮލާލް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް މިއަދު ގޮވާލައިފި އެވެ.
ރައްޔިތުންގެ މެދުގައި ފިތުނަ އުފެދޭ ވާހަކަތައް ނުދެއްކެވުމަށް އިދިކޮޅު، ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިނު ތަރުޖަމާން މުހައްމަދު ތޮލާލް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް މިއަދު ގޮވާލައިފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިނަށް ރޭ ސޯސަން ޖަގަހައިގައި ބޭއްވި އެއްވުމުގައި އިމްރާން ވަނީ ފުލުހުންގެ އިސް ބައެއް ވެރިންނާ ވާހަކަ ދައްކަވައިލެއްވުމުން މުއިއްޒު އެކުލަވާލާ ކެބިނެޓަކީ ޑްރަގް ވިޔަފާރިކުރާ މީހުންގެ ކޮންޓްރޯލްކުރާނެ ސަރުކާރެއް ކަމަށް އެނގިވަޑައިގެންފައިވާ ކަމަށް ވިދާޅުވެފަ އެވެ.
އެ ކަމަށް ރައްދު ދެއްވައި ތޮލާލް ވިދާޅުވީ، އެ މަގާމުގައި ހުންނަވައިގެން އެފަދަ ވާހަކަ ދެއްކެވުމުން ވެއްޓެނީ ފުލުހުންގެ އަގު ކަމަށެވެ.
"ފުލުހުންގެ ތެރޭގައި ނެތޭ އެފަދަ ވާހަކައެއް ހޯމް މިނިސްޓަރާ ހަމައަށް ގެންދެވި އެއްވެސް ވެރިއަކު. އެހެންވީމާ މި ކަހަލަ ވާހަކަތައް ދައްކައިގެން ފުލުހުންގެ އަގު ވައްޓާނުލުމަށް އިމްރާނަށް ދަންނަވަން،" ތޮލާލް ވިދާޅުވި އެވެ.
"ފިތުނަ އުފެދޭ ކަހަލަ ވާހަކަ ނުދައްކަވާށޭ، ދީނީ އިލްމުވެރިއަކަށް ޝޭޚެއްގެ ތާކިހާ އަޅުއްވައިގެން ފިތުނަ އުފެދޭ ކަންކަން ނުކުރައްވާށޭ."
ތޮލާލް ވިދާޅުވީ، ވެރިކަން ބޭނުން ވެފައި ހުންނެވި ވަރުން އެ ވަރުގެ ބޮޑެތި ދޮގުތަކުގެ ސަބަބުން ގެއްލެނީ އިތުބާރު ކަމަށާއި ރޭގެ ވާހަކައިގެ ސަބަބުން ވެސް އެމްޑީޕީ އަށް ލިބެން އޮތް އެތައް ވޯޓެއް ގެއްލިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ، ވާދަވެރިންގެ ކަމަކަށް އޮތީ މުއިއްޒު ބަދުނާމުކޮށް، އެކި ވާހަކަތައް ދައްކައި އެންޓިކެމްޕެއިނު ކުރުން ކަމަށެވެ.
"ތިމާމެން ތާއީދުކުރާ ކެންޑިޑޭޓުގެ ގާބިލު ކަމެއް ނެތީމާ، އޭނާ ޕްރޮމޯޓު ކުރަން ދައްކާނެ ވާހަކައެއް ނެތީމާ ދެން މި ކުރާ ކަމަކީ އަޅުގަނޑުމެންގެ ކެންޑިޑޭޓުގެ އަގު ވައްޓާލުން،" އޭނާ ވިދާޅުވި އެވެ.
ތޮލާލް ވިދާޅުވީ، އަނިޔާވެރިކަމާ ދެކޮޅަށް މަސައްކަތް ކުރާނެ، އަމާންކަމާއި މިނިވަންކަން ދެމެހެއްޓުމަށް ވޯޓު ދޭންވީ ކެންޑިޑޭޓަކީ މުއިއްޒު ކަމަށެވެ.
ފްލެޓާއި ގޯތި ދިނަސް ވޯޓު ދޭކަށް ނުޖެހޭ: ޕީޕީއެމް
މުއިއްޒުގެ ތަރުޖަމާނަކަށް ޕީޕީއެމްގެ އެސްޖީ ތޮލާލް
ކަންކަން ރީތިކޮށް ކުރުމުގެ ފުރުސަތަށް އެދެން: މުއިއްޒު
އެގްރީމަންޓެއް ނުފޮރުވާނެ ކަމަށް ޔަގީން ކުރަން:މުއިއްޒު
"ފުރަތަމަ ދުވަހުން ފެށިގެން ބާރަށް ސަރުކާރު ހިނގާނެ"
ޒިންމާދާރުއިދިކޮޅުޕާޓީއަކަށް ވާން މުއިއްޒު ގޮވާލައްވައިފި
އަޅުގަނޑަށް ހިނގާނީ ރައްޔިތުންގެ ބާރު އެކަނި:މުއިއްޒު
މުއިއްޒު ދެއްވީ ސިފައިން ފޮނުވާލާނެ ކަމުގެ ކަށަވަރުކަން
އިންތިހާބީ ރައީސަށް މާލޭ ސިޓީ ކައުންސިލްގެ މަރުހަބާ
މުއިއްޒުގެ ކާމިޔާބީ ފާހަގަކުރާ ޖަލްސާ މިރޭ ބާއްވަނީ