Roadha Mihaaru
އަހަރަކަށް ވުރެ ގިނައިން މުއިއްޒަށް ވެރިކަން ނުކުރެވޭނެ

ހޮވުނަސް އަހަރަކަށް ވުރެ ގިނަ ދުވަހު މުއިއްޒަށް ވެރިކަން ނުކުރެވޭނެ: އިމްރާން

29 ސެޕްޓެމްބަރ 2023

އިދިކޮޅު، ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އިންތިހާބު ކާމިޔާބުވެއްޖެ ހާލަތެއްގައި ވެސް އަހަރަަކަށް ވުރެ ގިނަ ދުވަހު ވެރިކަން ނުކުރެވޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

އިދިކޮޅު، ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އިންތިހާބު ކާމިޔާބުވެއްޖެ ހާލަތެއްގައި ވެސް އަހަރަަކަށް ވުރެ ގިނަ ދުވަހު ވެރިކަން ނުކުރެވޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޯލިޝަން ޕާޓްނަރު އިމްރާން ވިދާޅުވީ، ޕީޕީއެމްގެ ހިޔަނީގައި މުއިއްޒު ވެރިކަމަށް ވަޑައިގެންފައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި އެ ޕާޓީން ބޭނުން ނުވާ ގޮތަކަށް ކަންކަން ނުކުރެވޭނެ ކަމަށެވެ.

އޭނާ ވަނީ މުއިއްޒު "ރީތިކޮށް" ކުރައްވާ ކަންކަމުން ޕީޕީއެމްގެ މެންބަރުން މަޑުމަޑުން ބަލަން ނުތިބޭނެ ކަމަށެވެ.

"އަޅުގަނޑުމެން މިފަހަރު ހަމަ ބަލާލަން ތިބެން ކަންނޭނގެ ޖެހޭނީ. އެ ބޭފުޅުން އެ ބޭފުޅުންނާ ތޮޅެ އަރައިރުންވެ، ރައްޔިތުން އެ ބޭފުޅުންގެ ރައްޔިތުން ނުކުމެ މުއިއްޒު ދުރުކުރާނެ،" އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ މިއީ ސިޔާސީ ހަގީގަތް ކަމަށާއި އިދިކޮޅުގެ އެންމެ އިސް ފަރާތްތަކުން މުއިއްޒާ ދޭތެރޭ ގެންގުޅޭ އިހާނެތިކޮށް ހިތާ ތަނާއި ދެކޮޅަށް ގެންގުޅޭ ނިކަމެތި ގޮތްތައް ފެންނަ ކަމަށެވެ.

"މުއިއްޒާ ދޭތެރޭ ކަންތައް ކުރެވޭ އިހާނެތި ގޮތުން ހިނގި ކަމެއްގައި އަޅުގަނޑު ހީކުރީ އެތާގައި އެއްޗެއް ގޮވަނީއޭ، ރަނގަޅަށް ބަލާލިއިރު މުއިއްޒަށް އިހާނެތިކޮށް ކަންތައް ކުރުމުން ހިނގި ހާދިސާއެއްގައި އެ މެސެޖު ލިބުނީ،" އިމްރާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަދި ނުހޮވިގެން އުޅޭއިރު ކަންކަން މި ހިސާބުގައި ހުރިއިރު، މާދަމާ ހޮވުމުން ޑިމާންޑުތަކާއި ވާދަވެރިކަން އަންނާނެ ވަރު ސިފަކޮށްލެވޭނެ ކަމަށެވެ.

ޕީޕީއެމްގެ ކުރީގެ ވެރިކަމުގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން ކުށްކުރާ ގުރޫޕުތަކުން ގިނަ މާރާމާރީތަކެއް ހިންގާފައިވާ ކަމަށާއި މި ވެރިކަމުގައި އެކަން ވަރަށް ބޮޑަށް މަދުކުރެވިފައިވާ ކަމަށް އިމްރާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޭރު އޮތް ބިރުވެރިކަން އިއާދަވާ މަންޒަރު މިހާރު ވެސް ފެންނަމުންދާ ކަމަށާއި ފެންނަމުން ދަނީ އާދައިގެ ކަންކަން ނޫން ކަމަށެވެ.

"ހަމަ ހަގީގަތުގައި ވެސް ވަރަށް ބިރުވެރި. މި ގައުމުގެ މައްޗަށް މި ރައްޔިތުންގެ މައްޗަށް ކުށްކުރާ ބޮޑެތި ކުށުގެ ޖަމާއަތްތަކުން ކުށްކުރާ ގުރޫޕުތަކުން މި ތަނުގެ ކޮންޓްރޯލް ނަގާ، ހަމަ ޔަގީނުން ވެސް އަޅުގަނޑަކަށް ނުދެންނެވޭނެ ހިލާލީގޭގައި އޮންނާނީ އެ ބާރު ނޫން ކަމަކަށް،" އިމްރާން ތުހުމަތު ކުރެއްވި އެވެ.

އޭނާ ވިދާޅުވީ، ފުލުހުންނާއި ކޯޓުތަކުގައި ސިފައިންގެއަށް ވެސް އެ މީހުންގެ ބާރު ފޯރުވާނެ ކަމުގެ މައުލޫމާތު މިހާރު ވެސް ލިބިފައިވާ ކަމަށެވެ.

ގައުމުގެ މިފަދަ ހަލާކެއްގެ ތެރެއަށް ވައްޓާނުލުމަށް އިމްރާން ވަނީ ހިޔާލުތަފާތުވުންތަކާ ގުޅިގެން ސަރުކާރާ ފެޔަށް ޖެހިފައިވާ މީހުންނަށް އިލްތިމާސްކުރައްވައިފަ އެވެ.