Roadha Mihaaru
ވަގަށް ގެނައި ރަން ނެގުމުން ދައުލަތަށް 10 މިލިއަން

ވަގަށް އެތެރެކުރި ރަންތައް ނެގުމުން އަހަރެއްގެ ތެރޭގައި ދައުލަތަށް 10 މިލިއަން ރުފިޔާ

27 ސެޕްޓެމްބަރ 2023

ރާއްޖެއަށް ވަގަށް އެތެރެކުރި ރަންތައް ދައުލަތަށް ނަގައިގެން ވޭތުވެދިޔަ އަހަރެއްހާ ދުވަހު 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ލިބިފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖެއަށް ވަގަށް އެތެރެކުރި ރަންތައް ދައުލަތަށް ނަގައިގެން ވޭތުވެދިޔަ އަހަރެއްހާ ދުވަހު 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ލިބިފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

ޕީޖީ އޮފީހުން ބުނީ ދައުވާ ކުރުމުގެ ސިޔާސަތަށް ގެނައި ބަދަލުގެ ދަށުން، ވަގަށް ރަން އެތެރެކުރާ މީހުންގެ މައްޗަށް ޖިނާއީ ދައުވާކޮށް، ރަންތައް ދައުލަތަށް ނަގަން ނިންމި ކަމަށެވެ. އެހެންވެ، ވޭތުވެދިޔަ އަހަރެއްހާ ދުވަހު ވަގަށް އެތެރެކުރަން އުޅުނު 11 ކިލޯގެ ރަން ދައުލަތަށް ނަގާފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.

ޕީޖީ އޮފީހުން ބުނިގޮތުގައި ދުނިޔޭގެ ބާޒާރުގައި ރަނުގެ އަގުހުރި މިންވަރަށް ބަލާއިރު، އެ ރަންތައް ދައުލަތަށް ނެގުމުން 10.1 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ލިބިފައިވެ އެވެ.

އާންމު ގޮތެއްގައި ވަގަށް ރަން އެތެރެކުރަނީ ބިދޭސީންނެވެ. ގިނަ މައްސަލަތަކުގައި އެ މީހުންގެ މައްޗަށް ކުށް ސާބިތުވުމުން ޖަލަށްލުމުގެ ބަދަލުގައި އިއްވަނީ ޖޫރިމަނާގެ އަދަބެކެވެ.

ރާއްޖޭގެ ގާނޫނު އޮންނަ ގޮތުން 6000 ރުފިޔާއަށް ވުރެ އަގު ބޮޑު މުދާތައް ރާއްޖެ އެތެރެކުރުމުގެ ކުރިން ކަސްޓަމްސްގައި ޑިކްލެއާ ކުރަން ޖެހެ އެވެ. އަދި އެއަށް ވުރެ އަގު ދަށް ވިޔަސް، ހާއްސަ ހުއްދައެއް ބޭނުންވާ ބައެއް ބާވަތުގެ މުދާ ޑިކްލެއާ ކުރަންޖެހެ އެވެ.