23 ސެޕްޓެމްބަރ 2023
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ބާތިލް ވޯޓު ގިނަވާން މެދުވެރި ސަބަބުތައް ބަލައި، ދެ ވަނަ ބުރުގައި އެކަން މަދުކުރުމަށް ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ބާތިލް ވޯޓު ގިނަވާން މެދުވެރި ސަބަބުތައް ބަލައި، ދެ ވަނަ ބުރުގައި އެކަން މަދުކުރުމަށް ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.
މި މަހުގެ 9 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 4،000 އަށް ވުރެ ގިނަ ވޯޓު ބާތިލް ކަމަށް ކަނޑައަޅާފައިވެ އެވެ. ގިނަ ވޯޓުތައް ބާތިލް ވެފައި ވަނީ ފާހަގަ މަތިން ދެ ފަހަރަށް ފާހަގަ ޖަހާފައި ހުރުމުންނެވެ. އެއް ފާހަގަ އަށް ވުރެ ގިނައިން ވޯޓު ކަރުދާހުގައި ލާފައިވާ ނަމަ އީސީން ކަނޑައަޅާފައިވާ އުސޫލުގައިވާ ގޮތުން ވޯޓު ބާތިލްވާނެ އެވެ.
މިކަމާ ގުޅިގެން އެމްޑީޕީން ވަރަށް ބޮޑަށް އިލެކްޝަން ކޮމިޝަނަށް ފާޑިކިޔާފައި ވެސް ވެ އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ، ވޯޓު ކަރުދާހުގައި ފާހަގަ ޖަހަން ކަރުދާސްކޮޅު ބާއްވާ ތަނުގައި ބްރިސިލްބޯޑެއް ދެން އޮންނާނެ ކަމަށެވެ. އޭގެ ބޭނުމަކީ ފާހަގަ ޖަހަން ފަސޭހަ ކޮށްދިނުން ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ފާހަގަ ޖަހަން ބޭނުންކުރާ ގަލަންތައް ވެސް ދެލި ހިނގާ ގަލަންތަކަށް ބަދަލުކޮށްފައިވާނެ ކަމަށާއި ގަލަމުން ދެލި ނުހިނގައިގެން އުޅެން ނުޖެހޭނެ ކަމަށެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ ވޯޓު ލުމަށް ބޫތުގެ ތެރެއަށް ވަރަށް ބޮޑަށް ވަންނަންޖެހޭ ގޮތަށް ބޫތުގެ ޑިޒައިން ބަދަލުކޮށްފައިވާނެ ކަމަށް ވެސް ހަބީބް ވިދާޅުވި އެވެ.
"ފަސޭހަ ވާނެ މިހާރު ފާހަގަ ޖަހަން، އަޅުގަނޑުމެން ޓެސްޓް ވެސް ކޮށްފިން. އެއްވެސް މައްސަލައެއް ނުޖެހޭނެ ފާހަގަލުމުގައި،" އޭނާ ވިދާޅުވި އެވެ.
ފުރަތަމަ ބުރުގައި ރަށަކުން ބާތިލްކަމަށް ކަނޑައަޅާފައިވާ ބައެއް ވޯޓު.
— Ahmed Mahloof (@AhmedMahloof) September 12, 2023
އަޅުގަނޑު ދެކެނީ މިއީ ހައްލެއް ބޭނުންވާ މައްސަލައެއްކަމަށް.
މިކަމުގެ ގެއްލުން 2 ކެންޑިޑޭޓުންނަށްވެސް ލިބިދާނެ. pic.twitter.com/43vKbs2kpK
ހަބީބް ވިދާޅުވި ގޮތުގައި ފުރަތަމަ ބުރުގެ ތަޖުރިބާ އަށް ބަލައި ދެ ވަނަ ބުރުގައި ރަނގަޅު ކުރަންވީ ކަންކަން ވަނީ ފާހަކޮށްފަ އެވެ. އެހެންވެ. އެ ކަންކަމަށް ފޮށިތަކުގެ އޮފިޝަލުން ހޭލުންތެރިކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ހާއްސަ ގޮތެއްގައި ވޯޓުގެ ސައްހަކަން ކަށަވަރު ކުރުމަށް، ކޮމިޝަނުން ދީފައިވާ އިރުޝާދުތަކަށް އޮފިޝަލުން އަހުލުވެރިކުރުމުގެ މަސައްކަތް ކުރަމުންދާކަން އޭނާ ފާހަގަކުރެއްވި އެވެ.
"ވަރަށް ބޮޑަށް ޝަކުވާ ލިބިފައި ހުރީ ބާތިލް ވޯޓު ކަނޑައެޅުމުގައި އެކި މަރުކަޒުތަކުގައި އެކި ގޮތަށް އަމަލުކޮށްފައިވާ ކަމުގެ. ސައްހަ ވޯޓާއި ބާތިލް ކަނޑައެޅުމުގައި ބައެއް މަރުކަޒުތަކުގައި އެބަހުރި ގޮންޖެހުންތައް ދިމާވެފައި،" ހަބީބް ވިދާޅުވި އެވެ.
"ވަރަށް ބޮޑަށް މޮނީޓަރުންނާއި އޮބްޒާވަރުން މަރުކަޒުގެ ވެރިންގެ މައްޗަށް ނުފޫޒު ފޯރުވައިގެން ސައްހަ ވޯޓު ބާތިލް ވޯޓަކަށް ބަދަލުކޮށްފައި އެބަހުރި. އެއީ ވަރަށް ނުރައްކާ ކަމެއް."
އޮފިޝަލުން އެފަދަ ނުފޫޒުތަކުން ދުރުވާން ޖެހޭނެ ކަމަށާއި މޮނީޓަރުންނާއި އޮބްޒާވަރުންނަށް އެފަދަ އަމަލުތައް ހިންގައިގެން ނުވާނެ ކަމަށް ހަބީބް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސައްހަ ވޯޓާއި ބާތިލް ވޯޓާ ގުޅޭ ގޮތުން ރައްޔިތުން އިތުރަށް ހޭލުންތެރިކުރުމުގެ މަސައްކަތް ވެސް އިލެކްޝަންސް ކޮމިޝަނުން އަންނަނީ ކުރަމުންނެވެ.
ތާރީހުގައި ވެސް އެންމެ ގިނަ ބާތިލް ވޯޓު، ކީއްވެ؟
ވާދޫގެ ވޯޓު ފޮށި ފަޅާލައިފި
"ކަރުދާސް ދޭ އޮފިޝަލުން އަތުގައި ގަލަމެއް ނޯންނާނެ"
މިފަހަރު ފާހަގަ ޖަހާނީ ވައަތުގެ މެދު އިނގިލީގައި
ފުރަތަމަ ބުރުގައި އުޅުނު އޮފިޝަލުންގެ އެލަވަންސް ދެނީ
ރީރަޖިސްޓްރޭޝަންގެ އެކްސެސް، އެއްވެސް މީހަކަށް ނުދޭ
ރީރަޖިސްޓްރީ ވާން ދެ ދުވަސް ތެރޭ 25،000 ފޯމު
ދެވަނަ ބުރަށް ރީ-ރަޖިސްޓާކުރަން 9،000 ފޯމު
ވޯޓުލާ ގަޑި ހަވީރު 5 އަށް އިތުރުކުރަނީ
ވޯޓުލާން ނުކުތް އަދަދު މަދު، އުޅެނީ 75 ޕަސެންޓުގައި