20 ސެޕްޓެމްބަރ 2023
އަޒަރްބައިޖާންގެ ސިފައިން އެ ގައުމުގެ ހުޅަނގު ދެކުނުގައި އޮންނަ، ނަގޯރްނޯ-ކަރްބާޚް ސަރަހައްދުގައި ދިރިއުޅޭ އަރްމީނިޔާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް އަސްކަރީ ޚާއްސަ ހަރަކާތްތަކެއް އިއްޔެ ފަށައިފި އެވެ.
އަޒަރްބައިޖާންގެ ސިފައިން އެ ގައުމުގެ ހުޅަނގު ދެކުނުގައި އޮންނަ، ނަގޯރްނޯ-ކަރްބާޚް ސަރަހައްދުގައި ދިރިއުޅޭ އަރްމީނިޔާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް އަސްކަރީ ޚާއްސަ ހަރަކާތްތަކެއް އިއްޔެ ފަށައިފި އެވެ.
އަވައްޓެރި އަރްމީނިޔާ އިން ތުހުމަތުކުރި ގޮތުގައި އަޒަރީ ސިފައިންގެ މި ހަރަކާތަކީ އަޒަރްބައިޖާންގައި ދިރިއުޅޭ އަރްމީނިޔާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް ހިންގާ ނަސްލު ފޮހެލުމުގެ ހަރަކާތެކެވެ. އަޒަރްބައިޖާން ސިފައިން އިއްޔެ އެ ސަރަހައްދުގައި ހިންގި ހަރަކާތްތަކުގައި އަރްމީނިޔާ ދަރިކޮޅުގެ 100 މީހަކު މަރާލައި އިތުރު އެތައް ސަތޭކަ ބަޔަކު ވަނީ ޒަޚަމްކޮށްލައިފަ އެވެ.
ނަގޯރްނޯ-ކަރްބާޚްއަކީ ގާނޫނީ ގޮތުން އަޒަރްބައިޖާންގެ ބިމުގެ ސަރަހައްދެއް ކަމަށް ވިޔަސް އެ ސަރަހައްދުގެ ބޮޑު ބައެއް އޮންނަނީ، ވަކި ވެރިކަމެއް ގާއިމުކުރުމަށް މަސައްކަތް ކުރާ އަރްމީނިޔާ ދަރިކޮޅުގެ މީހުންގެ ބާރުގެ ދަށުގަ އެވެ. އަޒަރީ ސިފައިން އިއްޔެ ވަދެފައިވަނީ އަރްމީނިޔާ ދަރިކޮޅު މީހުންގެ ބާރުގެ ދަށުގައި އޮންނަ ސަރަހައްދަށެވެ.
އަޒަރްބައިޖާންގެ މި އުދުވާން ހުއްޓުވައިދިނުމަށް އެދި، އަރްމީނިޔާ އިން މިހާރު ވަނީ އދ.ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވައިދިނުމަށް އެދިފަ އެވެ. އަޒަރީ ސިފައިންގެ އެ އަމަލުތައް ކުށްވެރިކޮށް އެ އުދުވާން ހުއްޓުވައިދިނުމަށް އެދި އަރްމީނިޔާ އިން ހުށަހެޅި ހުށަހެޅުމާ އެއްގޮތަށް، ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް މާދަމާ ބޭއްވުމަށް މިހާރު ވަނީ ތާވަލުކޮށްފަ އެވެ.
ނަގޯރްނޯ-ކަރްބާޚްގައި އަޒަރީ ސިފައިން ފަށާފައިވާ އަސްކަރީ ހަރަކާތްތައް ވަގުތުން ހުއްޓާލައި، 2020ގެ ސުލްހައިގެ އެއްބަސްވުމަށް އަމަލުކުރަން ފެށުމަށް ރަޝިޔާއިން މިއަދު ވަނީ އަޒަރްބައިޖާން އަށް ގޮވާލައިފަ އެވެ. ނަގޯރްނޯ-ކަރްބާޚްގެ ދެ ވަނަ ހަނގުރާމަ ހުއްޓައިލުމަށް 2020 ވަނަ އަހަރު އެކުލަވައިލި ސުލްހައިގެ މުއާހަދާގައި ސޮއިކޮށްފައިވަނީ ރަޝިޔާ އާއި އަޒަރްބައިޖާން އަދި އަރްމީނިޔާ އެވެ.
ރަޝިޔާގެ ޚާރިޖިއްޔާ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ނަގޯރްނޯ-ކަރްބާޚްގައި ސުލްހަ ގާއިމުކޮށް މައްސަލަ ހައްލު ކުރެވޭނީ، 2020ގެ ސުލްހައިގެ މުއާހަދާ އަށް ފުރިހަމައަށް އަމަލު ކުރުމުންނެވެ. އަދި އެ މުއާހަދާ އަށް އަމަލުކުރުމަކީ، ދެ ފަރާތުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން ހައްލުކުރަން އޮތް އެންމެ ކުރު މަގު ކަމަށް ވެސް ރަޝިޔާ އިން ބުންޏެވެ.
ރަޝިޔާ އިން ބުނި ގޮތުގައި ދެ ފަރާތުގެ މެދުގައި އަރާރުން އުފެދިފައިވާ ސަރަހައްދުގައި ގާއިމުވެ ތިބި ރަޝިޔާގެ ސުލްހަ ބަލަހައްޓާ ލަޝްކަރުގެ ސިފައިން މިހާރު މަސައްކަތް ކުރަމުން އަންނަނީ، ހަމަނުޖެހުން ހިނގަމުންދާ ސަރަހައްދުގައި ތިބި އާންމުން އެ ތަނުން ނެރުމަށެވެ.
ނަގޯރްނޯ-ކަރްބާޚްގައި ފަށާފައިވާ އަސްކަރީ ހަރަކާތްތައް ހުއްޓުވުމާ ބެހޭ ގޮތުން އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން އިއްޔެ ވަނީ އަޒަރްބައިޖާންގެ ރައީސް އިލްހާމް އަލީޔޭވްއާ ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވައިފަ އެވެ. މި މަޝްވަރާތަކުގައި ރައީސް އިލްހާމް ވިދާޅުވީ ނަގޯރްނޯ-ކަރްބާޚްގައި ތިބި އަރްމީނިޔާ ދަރިކޮޅުގެ މީހުންގެ ހަތިޔާރު ބަހައްޓައިފި ނަމަ، އެ ސަރަހައްދުގައި ފަށާފައިވާ ޓެރަރިޒަމާ ދެކޮޅު ހަރަކާތް ނިމުމަކަށް ގެންނާނެ ކަމަށެވެ.
ރައީސް އިލްހާމް ވިދާޅުވި ގޮތުގައި ނަގޯރްނޯ-ކަރްބާޚްގައި އަސްކަރީ ޚާއްސަ ހަރަކާތެއް ފަށަން ޖެހުނީ، ވަކި ވެރިކަމެއް ގާއިމުކުރަން މަސައްކަތް ކުރާ ސަރަހައްދުގައި، އަރްމީނިޔާ ދަރިކޮޅުގެ ހަނގުރާމަވެރިން ބިން މައިން ވަޅުލައި ޓެރަރިޒަމްގެ އަމަލުތައް ހިންގަމުން ދާތީ އެވެ. އޭގެ އިތުރުން އަރްމީނިޔާ ދަރިކޮޅުގެ ހަނގުރާމަވެރިން އަޒަރީ ސިފައިންނަށް ދޭ ހަމަލާތައް ވެސް މިހާރު އިތުރުވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނައިޖަރުން ފަރަންސޭސި ސިފައިން ބޭލުމަށް މަޝްވަރާކުރަނީ
ސުލްހައިގެ ވާހަތަކުން ސޫދާން ސިފައިން ވަކިވެއްޖެ
ސޫދާންގެ ސުލްހައިގެ ވާހަކަތަކުން އުންމީދު ބޮޑު
މަޝްވަރާގެ މުއްދަތުގައި ހަނގުރާމައެއް ނޯންނާނެ
ސޫދާން: ހަމަލާތައް 72 ގަޑިއިރަށް މެދުކަނޑާލައިފި
ސޫދާން ހަނގުރާމައިގެ ހަގީގަތަކީ ކޮބާ؟
ބޭރުގެ ޑިޕްލޮމޭޓުން ސޫދާނުން ބޭރަށް
ސޫދާންގެ އެތައް ހާސް ބަޔަކު ވެރިރަށުން ބޭރަށް
ސޫދާން ހަނގުރާމައިގައި 185އަށް ވުރެ ގިނަ މަރު
ރަޝިޔާގެ މުޒާހަރާތަކުން 700 މީހުން ހައްޔަރުކޮށްފި